Roadha Mihaaru
ސަލްމާނާއި ކެޓްރީނާގެ "ޓައިގާ 3" ފަސްކޮށްފި

ސަލްމާނާއި ކެޓްރީނާގެ "ޓައިގާ 3" ފަސްކޮށްފި

16 އޮކްޓޯބަރ 2022

ބޮލީވުޑްގެ ތަރި ސަލްމާން ޚާނާއި ބަތަލާ ކެޓްރީނާ ކައިފް ލީޑު ކުޅޭ ފިލްމު، "ޓައިގާ 3" ނެރޭ ދުވަސް ފަސްކޮށްފި އެވެ.

ބޮލީވުޑްގެ ތަރި ސަލްމާން ޚާނާއި ބަތަލާ ކެޓްރީނާ ކައިފް ލީޑު ކުޅޭ ފިލްމު، "ޓައިގާ 3" ނެރޭ ދުވަސް ފަސްކޮށްފި އެވެ.

ފިލްމުގެ ޕޯސްޓަރަކާ އެކު ފިލްމު ނެރުން ލަސްކުރިކަން އިއުލާންކުރީ ސަލްމާން އެވެ. ކުރިން ފިލްމު ނެރެން އޮތީ އަންނަ އަހަރުގެ އޭޕްރީލްގައި ނަމަވެސް މިހާރު ނިންމާފައި ވަނީ އަންނަ އަހަރުގެ ދިވާލީއާ ދިމާކޮށް ފިލްމު އަޅުވާށެވެ. އެއީ އަންނަ އަހަރުގެ ނޮވެމްބަރު ހިސާބެވެ.

ކެޓްރީނާ އާއި ސަލްމާންގެ އިތުރުން އެމްރާން ހާޝިމީ ވެސް ފެނިގެންދާ އެ ފިލްމު ތިން ބަހަކުން ނެރޭނެ އެވެ. އެއީ ހިންދީ އާއި ތަމަޅަ އަދި ތެލޫގޫ އެވެ.

ޓައިގާ 3 ގެ ޓީޒާއަކާ އެކު ފިލްމު ރަސްމީކޮށް އިއުލާންކުރީ މިއަހަރުގެ މާޗް މަހުގަ އެވެ. ޔަޝްރާޖް ފިލްމްސް އިން އާންމުކުރި ޓީޒާގައި ފެންނަނީ ކެޓްރީނާ، ކޮރެއަން ސްޓަންޓް ޓީމަކާ އެކު އެކްޝަން ސީކުއެންސަށް ތައްޔާރުވާ މަންޒަރެވެ.

އެ ފިލްމުގެ އެންމެ ފުރަތަމަ ބައި ނެރުނީ މީގެ 10 އަހަރުކުރިން "އެކްތާ ޓައިގާ" ގެ ނަމުގަ އެެވެ. އަދި "ޓައިގާ ޒިންދާ ހޭ" ގެ ނަމުގައި ފިލްމުގެ ދެވަނަ ބައި ރިލީޒްކުރީ 2017 ގަ އެވެ.