19 ޖޫން 2019
މިދިޔަ އަހަރު ޓެކްސްގެ ގޮތުގައި ލިބުނު ފައިސާގެ 58.5 ޕަސެންޓަކީ ޑޮލަރު ކަމަށް ދައުލަތުގެ ޓެކްސް އިދާރާ މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރިޓީ (މީރާ) އިން ބުނެފި އެވެ.
މިދިޔަ އަހަރު ޓެކްސްގެ ގޮތުގައި ލިބުނު ފައިސާގެ 58.5 ޕަސެންޓަކީ ޑޮލަރު ކަމަށް ދައުލަތުގެ ޓެކްސް އިދާރާ މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރިޓީ (މީރާ) އިން ބުނެފި އެވެ.
މީރާގެ 2018 ވަނަ އަހަރުގެ އަހަރީ ރިޕޯޓުން ދައްކާ ގޮތުން ޓެކްސްގެ އާމްދަނީގެ ގޮތުގައި 623 މިލިއަން ޑޮލަރު ލިބުނެވެ. މީގެ ތެރެއިން 311 މިލިއަން ޑޮލަރަކީ ޓީޖީއެސްޓީ އެވެ.
މިއީ 2017 ވަނަ އަހަރު ލިބުނު އަދަދަށް ވުރެ ބޮޑު އަދަދެކެވެ. އެ އަހަރު ޑޮލަރުން ލިބުނު ޓެކްސްގެ އަދަދު އުޅެނީ 567 މިލިއަންގަ އެވެ. ޓީޖީއެސްޓީގެ އިތުރުން ޓޫރިޒަމް ލޭންޑް ރެންޓްގެ ގޮތުގައި 99 މިލިއަން ޑޮލަރު ލިބިފައިވެ އެވެ. އަދި ގްރީން ޓެކްސްގެ ގޮތުގައި 52 މިލިއަން ޑޮލަރު ލިބުނެވެ.
މިދިޔަ އަހަރު މީރާ މެދުވެރިކޮށް 16.35 ބިލިއަން ރުފިޔާގެ އާމްދަނީ ދައުލަތަށް ލިބުނު އިރު އެއީ ޖުމްލަ އާމްދަނީ 78 ޕަސެންޓެވެ.
އެންމެ ބޮޑު އާމްދަނީއެއް ޓީޖީއެސްޓީން ލިބުނު އިރު، މީރާ އަށް އެންމެ ގިނަ ޓެކްސް ދައްކަނީ ރާއްޖޭގެ ޓޫރިސްޓް ރިސޯޓުތަކުންނެވެ. ރާއްޖޭގައި މިހާރު 139 ރިސޯޓު އަންނަނީ ހިންގަމުންނެވެ.
ޓީޖީއެސްޓީ އެންމެ ގިނައިން ލިބެނީ ކ އަތޮޅުންނެވެ. ކ. އަތޮޅަކީ އެންމެ ގިނަ ރިސޯޓު ހިންގާ ސަރަހައްދެވެ. އެގޮތުން މިދިޔަ އަހަރު 1.8 ބިލިއަން ރުފިޔާ މި ސަރަހައްދުން ހޯދާފައިވެ އެވެ. ކ. އަތޮޅުގައި 44 ރިސޯޓު ހިންގާ އިރު 121 ގެސްޓްހައުސް ހިންގަ އެވެ.
ދެވަނަ އަށް އެންމެ ގިނަ ޓީޖީއެސްޓީ ދެއްކި އދ. އަތޮޅުން 517 މިލިއަން ޑޮލަރު ލިބިފައިވެ އެވެ. އަދި ބ. އަތޮޅުން 506 މިލިއަން ޑޮލަރު ލިބިފައިވެ އެވެ. އެންމެ މަދުން ޓެކްސް ލިބުނީ، ފުވައްމުލަކު ސިޓީ އާއި ފ. އަތޮޅުންނެވެ. އެ ދެ އަތޮޅުން ވެސް ޓެކްސްގެ ގޮތުގައި ލިބުނީ ލައްކައެއްހާ ރުފިޔާ އެވެ.
ނުލިބި ހުރި ފައިސާއިން 639 މިލިއަން ރުފިޔާ ހޯދައިފި
ހަތް މަހުން ޓެކްސްއަށް 15 ބިލިއަން ރުފިޔާ
ކުލި/ޓެކްސް ނުދައްކާ މީހުން "ފިލިޔަ" ދީގެން ނުވާނެ!
މީރާއަށް ބަލައިގަތް އާމްދަނީ ލަފާކުރި ވަރަށް ވުރެ ދަށް
ލަފާކުރި ވަރަށް ވުރެ މިދިޔަ މަހުގެ އާމްދަނީ އިތުރު
ޑޮލަރުން ލިބުނު އާމްދަނީ 113 މިލިއަނަށް އިތުރުވެއްޖެ
މާޗް މަހުގެ އާމްދަނީ 26 ޕަސެންޓް ދަށްވެއްޖެ
މިދިޔަ މަހު ދައުލަތަށް 2.1 ބިލިއަން ރުފިިޔާ ލިބުނު
ފުރަތަމަ ކުއާޓާގައި ދައުލަތަށް 4.9 ބިލިއަން ރުފިޔާ
މިދިޔަ މަހު ދައުލަތަށް 1.4 ބިލިއަން ރުފިޔާ ލިބިއްޖެ