Roadha Mihaaru
ސީޓީ ސްކޭން ހަދަން އައިޖީއެމްއެޗުން ޓްރީޓޮޕަށް ފޮނުވަނީ

އައިޖީއެމްއެޗުގައި ސީޓީ ސްކޭން ހެދުން މެދުކެނޑިއްޖެ، ޓްރީ ޓޮޕާ އެކު އެއްބަސްވުމެއް

14 ޖޫން 2019

އައިޖީއެމްއެޗުގައި މިއަދު ހިނގި އަލިފާނުގެ ހާދިސާއާ ގުޅިގެން އެ ހޮސްޕިޓަލުގައި ސީޓީ ސްކޭން ހެދުން މެދުކެނޑިފައިވާތީ، އިމަޖެންސީކޮށް ސީޓީ ހަދަން ޖެހޭ މީހުން ޓްރީ ޓޮޕަށް ފޮނުވަން ނިންމައިފި އެވެ.

އަހުމަދު ސާއިލް އަލީ އަހުމަދު ސާއިލް އަލީ

އައިޖީއެމްއެޗުގައި މިއަދު ހިނގި އަލިފާނުގެ ހާދިސާއާ ގުޅިގެން އެ ހޮސްޕިޓަލުގައި ސީޓީ ސްކޭން ހެދުން މެދުކެނޑިފައިވާތީ، އިމަޖެންސީކޮށް ސީޓީ ހަދަން ޖެހޭ މީހުން ޓްރީ ޓޮޕަށް ފޮނުވަން ނިންމައިފި އެވެ.

ސަރުކާރުގެ މައި ހޮސްޕިޓަލުން ނެރުނު ބަޔާނެއްގައި ބުނީ އެމަޖެންސީކޮށް ހަދަން ޖެހޭ ސީޓީތައް، ހުޅުމާލޭގައި ހުންނަ ޓްރީޓޮޕަށް ފޮނުވަން އެ ހޮސްޕިޓަލާއި އާސަންދައާ އެކު އެއްބަސްވުމަކަށް އާދެވިފައިވާ ކަމަށެވެ. އައިޖީއެމްއެޗުގައި އަލުން އެ ޚިދުމަތް ފެށޭނެ ދުވަހެއް ބަޔާނުގައި ބުނެފައެއް ނުވެ އެވެ.

IGMH ge engine room gai alifaanuge haadhisaaeh hingaifi

IGMH ge engine room gai alifaanuge haadhisaaeh hingaifi

The most trusted news source in the Maldives

Mihaaru

އައިޖީއެމްއެޗްގައި އަލިފާނުގެ ހާދިސާއެއް ހިނގުން---

އަލިފާނުގެ ހާދިސާ ހިނގީ އެ ހޮސްޕިޓަލްގެ ސީޓީ ސްކޭން މެޝިނާއި އައިޓީ ބައެއް ތަކެއްޗަށް ބެކަޕް ކަރަންޓް ދޭން ބޭނުންކުރާ ޔޫޕީއެސް ސިސްޓަމްގެ ބެޓެރި ބޭންކްގަ އެވެ. އަލިފާންގަނޑު ނުފެތުރެނީސް ސިފައިން ވަނީ ނިއްވާލައިފަ އެވެ.

އެ ހާދިސާގައި އައިޖީއެމްއެޗުގައި ކުއްލި ފަރުވާދޭ (އީއާރު)ގެ ޔެލޯ ޒޯނާއި ގްރީން ޒޯންގެ އިތުރުން އޮޕަރޭޝަން ތިއޭޓަ ކޮމްޕްލެކްސް އަށް ދުމުގެ އަސަރުކުރި އެވެ. އެކަމަކު އެއްވެސް މީހަކަށް ގެއްލުމެއް ނުވާ ކަމަށް އެ ހޮސްޕިޓަލުން ބުންޏެވެ.

ޔެލޯ ޒޯންގައި ފަރުވާ ދެމުން ދިޔަ 22 މީހަކު ކުރިން ފިޒިއޮތެރަޕީގެ ޚިދުމަތް ދިން ސަރަހައްދަށް ބަދަލުކޮށްފައިވާ އިރު ގްރީން ޒޯންގައި ތިބި މީހުން ކުރިން އެތެރެހަށީގެ ބަލިތަކުގެ އޯޕީޑީ ސަރަހައްދަށް ބަދަލުކޮށްފައިވާ ކަމަށް އެ ހޮސްޕިޓަލުން ބުނެ އެވެ.

އައިޖީއެމްއެޗުން ބުނީ އެ ހޮސްޕިޓަލުން ދެމުން އަންނަ ހިދުމަތްތައް މެދު ނުކެނޑި ދިނުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.