16 ޖެނުއަރީ 2017
ރާއްޖޭގެ ސިއްހީ ހިދުމަތް ދޭ ގިނަ ތަންތަން މިހާރު ބަރޯސާވެފައި ވަނީ ސަރުކާރުން ހިންގާ އިންޝުއަރެންސް ޚިދުމަތް، އާސަންދައިގެ މައްޗަށެވެ. އެ ނިޒާމްގެ ތެރެއަށް ސަރުކާރުގެ ހޮސްޕިޓަލްތަކާއި އަމިއްލަ ބައެއް ކްލިނިތަކާއި ގިނަ އަދަދެއްގެ ބޭސްފިހާރަތައް ވެސް ވަނީ ވަދެފަ އެވެ. އޭގެ މައިގަނޑު ސަބަބަކީ އާސަންދައިގައި ބައިވެރިނުވެ ވިޔަފާރިކުރަން ދަތިތަކަކާ ކުރިމަތިވުމެވެ.
ރާއްޖޭގެ ސިއްހީ ހިދުމަތް ދޭ ގިނަ ތަންތަން މިހާރު ބަރޯސާވެފައި ވަނީ ސަރުކާރުން ހިންގާ އިންޝުއަރެންސް ޚިދުމަތް، އާސަންދައިގެ މައްޗަށެވެ. އެ ނިޒާމްގެ ތެރެއަށް ސަރުކާރުގެ ހޮސްޕިޓަލްތަކާއި އަމިއްލަ ބައެއް ކްލިނިތަކާއި ގިނަ އަދަދެއްގެ ބޭސްފިހާރަތައް ވެސް ވަނީ ވަދެފަ އެވެ. އޭގެ މައިގަނޑު ސަބަބަކީ އާސަންދައިގައި ބައިވެރިނުވެ ވިޔަފާރިކުރަން ދަތިތަކަކާ ކުރިމަތިވުމެވެ.
އާސަންދައިގައި އަމިއްލަ ފަރާތްތަކުން ބައިވެރިވި ނަމަވެސް އޭގެ މާ ބޮޑު ހިތްހަމަޖެހުމެއް ނެތެވެ. އެންމެ ބޮޑު ޝަކުވާއަކީ ލިބެން ޖެހޭ ފައިސާ ގަވާއިދުން ލިބެމުން ނުދިއުމެވެ. ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ސަރުކާރުގައި 2011 ވަނަ އަހަރު ބައެއް ކްލިނިކްތަކާއި ބޭސްފިހާރަތައް އާސަންދައިގެ ހިދުމަތުން ވަކި ވެސް ވި އެވެ.
ހަމަ އެ މައްސަލަ މިހާރު ވެސް އެބަ އޮތެވެ. ރާއްޖޭގައި ސިއްހީ ޚިދުމަތް ދޭ ބޮޑެތި ބައެއް ތަންތަނާއި ބޭސްފިހާރަތައް ހިންގާ ފަރާތްތަކުން ބުނަނީ ފައިސާ ލިބުމުގައި ކުރިއެކޭ މިހާރެކޭ މާ ބޮޑު ތަފާތެއް ނެތް ކަމަށެވެ.
"އަޅުގަނޑުމެންނާ އެކު ސޮއިކޮށްފައިވާ އެއްބަސްވުމުގައިވާ ގޮތުން 30 ދުވަހުގެ ތެރޭގައި ފައިސާ ދައްކަން ޖެހޭ. އެކަމަކު ޕޭމަންޓް ޕްރޮސެސްކުރުމަށޭ ކިޔާފައި 90 ދުވަސް އެބަ ހޭދަކުރޭ. އެކަމަކު އެ 90 ދުވަސް ހަމަވާއިރު ވެސް ޕޭމަންޓް ނުލިބޭ. ވަރަށް އުނދަގުލުން ޕޭމަންޓެއް ލިބެނީ،" މާލޭގައި ގިނަ އަދަދެއްގެ ބޭސްފިހާރަ ހިންގާ ކުންފުންޏެއްގެ ވެރިއަކު، ނަން ނުޖަހާ ގޮތަށް، ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ އެތަނުން ގަނޑުކޮށް ބޭސް ގަނެގެން ގެންގޮސްފައިވާ ރަށްރަށުގެ ބައެއް ބޭސްފިހާރަތަކަށް މިލިއަނުން ފައިސާ ނުލިބި އެބަހުރި ކަމަށެވެ.
"ހަމަ ޔަގީނުން ވެސް އައްޑޫގައި ވެސް އެއް ތަނަށް ހަތް މިލިއަން އަދި އެހެން ތަނަކަށް ނުވަ މިލިއަން ދައްކަން އެބަ އޮތް. އަދި ކުޅުދުއްފުށީގެ ބޭސްފިހާރައަކަށް ވެސް ހަ މިލިއަން ދައްކަން އެބަ އޮތް. އެތަންތަނުން އަޅުގަނޑުމެންނަށް ލިބެން ޖެހޭ ގިނަ އަދަދެއްގެ ފައިސާ ނުލިބި އެބަހުރި،" އެ ވިޔަފާރިވެރިޔާ ވިދާޅުވި އެވެ.
މާލޭގައި ފުޅާ ދާއިރާއެއްގައި ބޭހުގެ ވިޔަފާރިކުރާ ގިނަ ފަރާތްތަކުން ރަށްރަށުގެ ބޭސް ފިހާރަތަކަށް ސަޕްލައިކުރަނީ ވަކި މުއްދަތެއްގެ ތެރޭގައި ފައިސާ ދައްކާ ގޮތަށެވެ. އަދި އެ ފައިސާ އެ ތަންތަނުން ނުދައްކާ ނަމަ މާލެއިން ސަޕްލައިކުރުން ހުއްޓާލަ އެވެ. އޭގެ ސަބަބުން ރަށްރަށުގެ މީހުންނަށް ބޭސް ފޯރުކޮށްދޭން ދަތިތަކަކާ ކުރިމަތިވެ އެވެ.
އޭޑީކޭ އިން ހިންގާ ފާމަސީއެއް: އާސަންދައިގެ ދަށުން ގިނަ ތަންތަނުން ޚިދުމަތް ލިބޭ
"މިތަނަށް ވެސް އެބަހުރި ބައެއް ރަށްރަށުގައި ހިންގާ ފާމަސީތަކުން މިލިއަނަކަށް ވުރެ ގިނަ ރުފިޔާ ދައްކަން. އެ ތަންތަނަށް ދީފައިވާ ލިމިޓް ހަމަވުމުން ބޭހެއް ދުލެއް ނުކުރަން. އެއީ އަޅުގަނޑުމެންނަށް ވެސް ބޭސް އިމްޕޯޓްކުރުމަށް ދަތިތަކެއް ކުރިމަތިވުމުން،" އެ ވިޔަފާރިވެރިޔާ ވިދާޅުވި އެވެ.
މާލޭގައި ބޭހުގެ ވިޔަފާރިކުރާ އެހެން ވިޔަފާރިވެރިއަކު ވިދާޅުވީ އާސަންދަ މެދުވެރިކޮށް މިދިޔަ އަހަރު ދޫކުރި ބޭސްތަކަށް ހަތް މިލިއަނަށް ވުރެ ގިނަ ރުފިޔާ ނުލިބި އެބަހުރި ކަމަށެވެ. އަދި އެ ފައިސާ ހޯދަން އެކި ފަހަރުމަތިން އާސަންދަ ކުންފުނީގެ އޮފީހަށް ގޮސްގެން ވެސް އަދި ލިބޭވަރު ނުވާ ކަމަށް އޭނާ ވިދާޅުވި އެވެ.
"އަޅުގަނޑުމެންނާ އެކު ސޮއިކޮށްފައިވާ މުއްދަތަކަށް މިއިން ޒަމާނަކު ވެސް ފައިސާއެއް އާސަންދަ ކުންފުންޏަކުން ނުދައްކާ. އެހެންވުމުން އަޅުގަނޑުމެންނަށް ކްރެޑިޓަށް ބޭސް ދޫކުރާ ބޭރުގެ ކުންފުނިތަކަށް ޕޭމަންޓް ނުހެދި ލަސްވެ، ބައެއް ފަހަރު ބޭހުގެ ސްޓޮކް ވެސް އެބަ ހުސްވޭ،" އެ ވިޔަފާރިވެރިޔާ ވިދާޅުވި އެވެ.
މާލޭގައި ހިންގާ ގިނަ ކްލިނިކްތަކުން އާސަންދަ މެދުވެރިކޮށް ފަރުވާ ލިބެ އެވެ. ނަމަވެސް އެ ތަންތަނުގެ އެންމެ ބޮޑު ޝަކުވާއަކީ ވެސް އާސަންދައިން ލިބެން ޖެހޭ ޕޭމަންޓްތައް ގަވައިދުން ލިބެމުން ނުދިއުމެވެ.
މާލޭގެ ބޮޑު ކްލިނިކަކުން ވާހަކަދެއްކެވި ވެރިޔަކު ވިދާޅުވީ އެތަނަށް އާސަންދައިން 10 މިލިއަން ރުފިޔާ ނުލިބި އެބަހުރި ކަމަށެވެ.
"އެ ފައިސާ ހޯދަން ވަރަށް ގިނަ މަސައްކަތްކޮށްފިން. އާސަންދަ ކުންފުނިން ބުނަނީ ވަރަށް އަވަހަށް ޕޭމަންޓް ލިބޭނެ ކަމަށް. އެކަމަކު ބުނާ ދުވަހަށް ނުލިބުމުން މުވައްޒަފުންގެ މުސާރަ އާއި ތަނުގެ ކުއްޔާއި އެހެނިހެން ހަރަދުތައް ހަމަޖައްސަން ޖެހެނީ އެކި ވިޔަފާރިވެރިންގެ އަތުން ދަރަންޏަށް ނަގައިގެން،" އޭނާ ވިދާޅުވި އެވެ.
"ސަރުކާރަކަށް އެއްގޮތަކަށް ވެސް ނުވިސްނޭ އެ ޕޭމަންޓްތައް ނުލިބި ލަސްވީމަ އަޅުގަނޑުމެންނަށް ވާނެ ގެއްލުން."
"މިހާރު" އަށް އެނގިފައިވާ ގޮތުގައި މިދިއަ އަހަރު ނިމުނު އިރު އާސަންދަ ކުންފުނިން ރާއްޖެ އާއި ބޭރުގެ އެކި ފަރާތްތަކަށް ނުދައްކާ ހުރި ފައިސާގެ މިންވަރު 1.2 ބިލިއަން ރުފިޔާ އަށް އަރަ އެވެ.
އާސަންދަ ކުންފުނިން ބުނަނީ ވަރަށް އަވަހަށް ޕޭމަންޓް ލިބޭނެ ކަމަށް. އެކަމަކު ބުނާ ދުވަހަށް ނުލިބުމުން މުވައްޒަފުންގެ މުސާރަ އާއި ތަނުގެ ކުއްޔާއި އެހެނިހެން ހަރަދުތައް ހަމަޖައްސަން ޖެހެނީ އެކި ވިޔަފާރިވެރިންގެ އަތުން ދަރަންޏަށް ނަގައިގެން. ސަރުކާރަކަށް އެއްގޮތަކަށް ވެސް ނުވިސްނޭ އެ ޕޭމަންޓްތައް ނުލިބި ލަސްވީމަ އަޅުގަނޑުމެންނަށް ވާނެ ގެއްލުން،" ކްލިނިކެއް ހިންގާ ފަރާތެއް
ސިއްހީ ހިދުމަތް ދޭ ބޮޑު ކުންފުންޏެއްގެ ވެރިއަކު، ނަން ނުޖެހުމަށް އެދިވަޑައިގެން، ވިދާޅުވީ އާސަންދައިން ލިބެން ޖެހޭ ފައިސާ ހޯދުމަކީ ވަރަށް އުނދަގޫ ކަމެއް ކަމަށެވެ. އެ ފައިސާ ހޯދަން ކޮންމެ ދުވަހަކު އުޅެން ޖެހޭ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
"އާސަންދަ ކޮމްޕެނީން ހޮސްޕިޓަލެއް އެބަ އޮޕަރޭޓްކުރޭ. އެހެންވީމަ އަޅުގަނޑުމެންނަށް ފައިސާ ދޭން އިސްކަމެއް ނުދޭނެ. ދެން އެންމެ ބޮޑު ކްލިއަންޓަކީ އައިޖީއެމްއެޗް. އެތަނަށް ފައިސާ ނުދިނަސް އެ މީހުންގެ ޝަކުވާއެއް ނޯންނާނެ،" އޭނާ ވިދާޅުވި އެވެ.
"ނަމަވެސް އަޅުގަނޑުމެންނަށް އެގްރިމަންޓްގައި އޮންނަ މުއްދަތުގައި ފައިސާ ނުލިބޭ ނަމަ ވަރަށް ބޮޑު ދަތިތަކަކާ ކުރިމަތިވޭ."
އޭނާ ވެސް ވިދާޅުވީ އާސަންދައިން ދައްކަން ޖެހޭ އެތައް މިލިއަން ރުފިޔާއެއް ނުލިބި އެބައޮތް ކަމަށެވެ.
"ޝަކުވާކުރަން ފެށުމުން ކޮންމެވެސް މިންވަރެއް ދޭ. ނަމަވެސް އިންވޮއިސްކުރާ މިންވަރަކަށް ފައިސާ ދުލެއް ނުކުރޭ."
އަމިއްލަ ކްލިނިކްތަކާއި ބޭސް ފިހާރަތަކަށް ދައްކަން ޖެހޭ ފައިސާގެ އަދަދު މިލިއަނުން އުޅޭއިރު، އާސަންދަ ކުންފުނިން ބުނަނީ އެތަންތަނަށް ދައްކަން ޖެހޭ ޕޭމަންޓް ގަވައިދު ދައްކަމުން އަންނަ ކަމަށެވެ. އަދި ކޮންމެ ބަޔަކާ އެކު ހަދާފައިވާ އެއްބަސްވުމުގައި އޮންނަ މުއްދަތު ހަމަވުމުގެ ކުރިން ފައިސާ ދައްކަމުން އަންނަ ކަމަށް ވެސް އެ ކުންފުނިން ބުންޏެވެ.
އާސަންދަ ކުންފުނީގެ އޮފީސް ހުންނަ ތަން މޮބައިލް ފޯނަކުން ދައްކާލަނީ: އާސަންދައިން އެކި ފަރާތްތަކަށް ދައްކަން ޖެހޭ ފައިސާ ނުލިބޭކަމުގެ ޝަކުވާ ގިނަ. ފޮޓޯ: އާސަންދަ
އާސަންދަ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު މައުމޫން އަބްދުއް ސަމަދު ވިދާޅުވީ އާސަންދަ މެދުވެރިކޮށް ހިދުމަތް ދޭ ތަންތަނަށް ލިބެން ޖެހޭ ފައިސާއާ ބެހޭ ޝަކުވާއެއް ނުލިބޭ ކަމަށެވެ.
"އަބަދުވެސް ޕޭމަންޓްތައް ހުންނާނެ. އެކަމަކު 90 ދުވަސް ތެރޭގައި އެ ފައިސާ ދައްކަން. އާސަންދައިގައި 400 ވަރަކަށް ތަން އުޅޭއިރު ޕޭމަންޓްތައް އަބަދުވެސް ދައްކަމުން އެބަ ދޭ،" އޭނާ ވިދާޅުވި އެވެ.
މައުމޫން ވިދާޅުވީ އާސަންދަ މެދުވެރިކޮށް ހިދުމަތް ދޭ ތަންތަނާ އެކު ވެފައިވާ އެއްބަސްވުމުގައި އޮންނަ 90 ދުވަސް ހަމަވުމުގެ ކުރިން ފައިސާ ދައްކަމުން އަންނަ ކަމަށެވެ.
"ހުރިހާ ތަނަކަށް ވެސް އޮންނާނެ 90 ދުވަސް. ބައެއް ތަންތަނުން ފައިސާ ނުލިބިގެން ދަތިވެގެން ރިކްއެސްޓްކުރީމަ ހުންނާނެ މުއްދަތު ހަމަވުމުގެ ކުރިން ވެސް ދޫކޮށްފައި. ކުރިން ގިނަ ފަރާތްތަކުން ދިޔައީ އާސަންދައާ ދުރަށް. ނަމަވެސް މި ސަރުކާރު އައި ފަހުން އާސަންދައިގެ ޕޭމަންޓްގެ މައްސަލައެއް ނޫޅޭ. އަބަދުވެސް މިދަނީ ދައްކަމުން،" އޭނާ ވިދާޅުވި އެވެ.
މައުމޫން ވިދާޅުވީ އެ ކުންފުންޏަށް ދޭން ޖެހޭ ފައިސާ ފިނޭންސް މިނިސްޓްރީން ބަރާބަރަށް ލިބެމުން އަންނަ ކަމަށެވެ.
އެކަމަކު އާސަންދައިގެ ދަށުން ޚިދުމަތް ފޯރުކޮށްދޭ ބައެއް ތަންތަނުން ބުނަނީ އާސަންދައިން ފައިސާ ލިބުމުގެ ދަތިތަކާ ހުރެ މައްސަލަތައް ކުރިމަތިވާ ކަމަށެވެ. އޭގެ ސަބަބުން ޚިދުމަތަށާއި މުވައްޒަފުންނަށް ބުރޫތަކެއް އަރާ ކަމަށް ވެސް އެ ތަންތަނުން ބުނެ އެވެ.
އާސަންދަ ރިފޯމްވީމަ އަމިއްލައަށް ކުރާ ހޭދަ ކުޑަވާނެ
ފަރުވާގެ އަގު ކޮންޓްރޯލްކުރަން އެބަޖެހޭ: އާސަންދަ
މިލިއަނުން ނަގައިގެން ކްލިނިކްތަކުން ހިންގަނީ ސްކޭމެއް
ބޭހަށް އާސަންދައިން ދޭ އަގުތައް މުރާޖައާކުރަން ފަށައިފި
މަރުވި އަންހެންމީހާގެ މައުލޫމާތު ލިސްޓް ހެދިއިރު ނުލިބޭ
ސެނަހިޔާގައި އެމްއާރުއައިގެ ހިދުމަތް ފަށަނީ
އައިޑީކާޑް މުއްދަތު ހަމަވިޔަސް މިހާރު އާސަންދަ ލިބޭނެ
ކުރިއެކޭ އެއްގޮތަށް އާސަންދަ ލިބޭ ގޮތް ހަމަޖައްސައިފި
އަމިއްލަ ތަންތަނުން އާސަންދައިގެ ޚިދުމަތް ކަނޑާލައިފި
ފަރުވާއަށް 10،000 އަށްވުރެ ގިނަ މީހުން ކިއުގައި