12 ޖެނުއަރީ 2023
އާސަންދަ ކުންފުނި މިހާރު ހިންގާ ގޮތް ރިފޯމު ކުރުމުން، ފަރުވާ އަށް ޕްރައިވެޓް ތަންތަނަށް އަމިއްލަ ޖީބުން ކުރާ ހޭދަ ކުޑަވާނެ ކަމަށް ރައީސް އޮފީހުގެ ތަރުޖަމާނު މިއުވާން މުހައްމަދު މިއަދު ވިދާޅުވެއްޖެ އެވެ.
އާސަންދަ ކުންފުނި މިހާރު ހިންގާ ގޮތް ރިފޯމު ކުރުމުން، ފަރުވާ އަށް ޕްރައިވެޓް ތަންތަނަށް އަމިއްލަ ޖީބުން ކުރާ ހޭދަ ކުޑަވާނެ ކަމަށް ރައީސް އޮފީހުގެ ތަރުޖަމާނު މިއުވާން މުހައްމަދު މިއަދު ވިދާޅުވެއްޖެ އެވެ.
އެ އޮފީހުގައި ބޭއްވި ނިއުސް ކޮންފަރެންސްގައި "މިހާރު" އިން ކުރި ސުވާލަކާ ގުޅިގެން މިއުވާން ވިދާޅުވީ ސިއްހީ ދާއިރާ އަށް ބޮޑެތި ބަދަލުތަކެއް ގެނައުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށެވެ. އޭގެ އިތުރުން އާސަންދަ އަށް އިސްލާހީ ބަދަލުތަކެއް ގެންނައިރު، އަމިއްލަ ކްލިނިކްތަކާއި ހޮސްޕިޓަލްތަކަށް ކުރާ ހަރަދުތައް ކުޑަވާނެ ކަމަށް އޭނާ ވިދާޅުވި އެވެ.
ސިއްހީ ދާއިރާ އަށް ގެންނަ ބަދަލުތަކުގެ ހެޔޮ ފައިދާ މީހުންނަށް ކުރާނެ ކަން ތަރުޖަމާނު ފާހަގަކުރެއްވި އެވެ.
"އާސަންދަ އަށް މި ގެނެވޭ ބަދަލުތަކާ އެއްކޮށް ރައްޔިތުންގެ އަތުން ޕްރައިވެޓް ސެކްޓާ އަށް، ހޮސްޕިޓަލް އަދި ކްލިނިކްތަކަށް ވެސް ދާ ހަރަދު ކުޑަވެގެންދާނެ." މިއުވާން ވިދާޅުވި އެވެ.
ސިއްހީ ފަރުވާ ހޯދުމަށް އަމިއްލަ ތަންތަނުން މިހާރު ނަގާ އަގުތައް ބޮޑުވުމުގެ ޝަކުވާތައް ވަރަށް ބޮޑެވެ. އާސަންދަ ކުންފުނީގެ އިތުރުން ކޯ-ޕޭމަންޓުގެ ގޮތުގައި އަމިއްލަ ހުރިހާ ތަނަކުން ވެސް ބޮޑު ހަރަދެއް ކުރެ އެވެ. ގިނަ ބައެއްގެ ކަންބޮޑުވުމަކީ އެ އަގުތައް ރެގިއުލޭޓުކުރެވޭނެ ގޮތެއް ނެތުމެވެ.
އާސަންދަ ކުންފުނީގެ އިސް އޮފިޝަލަކު ވެސް "މިހާރު" އަށް ކުރިން ވިދާޅުވި ގޮތުގައި އަމިއްލަ ތަންތަނުން ބޮޑު ކޯ-ޕޭމަންޓެއް ނެގުމަކީ އިންޝުއަރެންސް ފޯރުކޮށްދޭ ފަރާތުގެ ހައިސިއްޔަތުން އެ ކުންފުނި ވަރަށް ކަންބޮޑުވާ ކަމެކެވެ.
ފަރުވާގެ ހުރިހާ ކަމަކަށް އަހަރެއްގެ މައްޗަށް އާސަންދައިން 2-3 ބިލިއަން ރުފިޔާ ހަރަދުކުރެ އެވެ. އޭގެ ބޮޑު ބައެއް މި ވަންނަނީ އަމިއްލަ ތަންތަނަށެވެ. މިދިޔަ އަހަރުގެ އޭޕްރީލް މަހު އެކަނި ވެސް ފަރުވާއަށް އާސަންދައިން 165،850،124ރ. ހަރަދުކުރި އެވެ. އޭގެ 60 ޕަސެންޓް ހަރަދުކޮށްފައިވަނީ ރާއްޖެ އާއި ބޭރުގެ ކްލިނިކާއި ހޮސްޕިޓަލްތަކަށެވެ.
ދައުލަތުން ކުރާ ހޭދައިގެ އިތުރުން ކޯ-ޕޭމަންޓާއެކު ފަރުވާއަށް އެކަނި ވެސް ރާއްޖޭގައި ޖުމްލަ 6-7 ބިލިއަނެއްހާ ރުފިޔާ ހަރަދުކުރާނެ ކަމަށް އޭނާ ލަފާކުރައްވަ އެވެ. އެއީ ބައި ލައްކަ މީހުންގެ އާބާދީއަކާ އަޅާ ބަލާއިރު ވަރަށް ބޮޑު އަދަދެއް ކަން އޮފިޝަލް ފާހަގަކުރެއްވި އެވެ.
ފަރުވާގެ އަގު ކޮންޓްރޯލްކުރަން އެބަޖެހޭ: އާސަންދަ
ހުޅުމާލޭ ހޮސްޕިޓަލް ހިންގަނީ އާސަންދަ އިން: އަމީން
އާސަންދައާ ގުޅިފައިވާ ތަންތަނަށް ފައިސާގެ ދަތިކަން
އާސަންދަގެ އިސްރާފު ހުއްޓުވައި ހައްގުވެރިންނަށް!
އާސަންދަ ބަޖެޓް ހުސްވެ އިގްތިސާދީ ބުރައަކަށްވޭ: ނާޒިމް
"ފަރުވާއަށް ސަލާން ޖެހުން ނިމުމަކަށް ގެނެވޭނެ"
މިލިއަނުން ނަގައިގެން ކްލިނިކްތަކުން ހިންގަނީ ސްކޭމެއް
އާސަންދައިން މެޑިކަލް ޗެކަޕް ހެދޭނެ ގޮތަށް ބަދަލުކުރަނީ
ބޭހަށް އާސަންދައިން ދޭ އަގުތައް މުރާޖައާކުރަން ފަށައިފި
ބައެއް ކަންކަމަށް އާސަންދަ ނުލިބޭތީ ރިވިއު ކުރަނީ