05 އޯގަސްޓް 2019
ހުޅުމާލޭ ހޮސްޕިޓަލް ހިންގުމުގެ ހުރިހާ ކަމެއް ކުރަނީ އާސަންދަ ކުންފުނިން ކަމަށް ހެލްތު މިނިސްޓަރު އަބްދުﷲ އަމީން ރައްޔިތުންގެ މަޖިލިހުގައި މިއަދު ވިދާޅުވެއްޖެ އެވެ.
ހުޅުމާލޭ ހޮސްޕިޓަލް ހިންގުމުގެ ހުރިހާ ކަމެއް ކުރަނީ އާސަންދަ ކުންފުނިން ކަމަށް ހެލްތު މިނިސްޓަރު އަބްދުﷲ އަމީން ރައްޔިތުންގެ މަޖިލިހުގައި މިއަދު ވިދާޅުވެއްޖެ އެވެ.
އާބާދީގައި 60،000 އަށް ވުރެ ގިނަ މީހުން ހިމެނޭ ހުޅުމާލޭގައި ހުޅުވި އެންމެ ފުރަތަމަ ހޮސްޕިޓަލް ހިންގަނީ ކޮން ބައެއްތޯ އާއި އިތުރު ގޮތަކަށް ބަދަލު ކުރުމުގެ ސިޔާސަތާ ބެހޭ ގޮތުން، ހުޅުމާލެ ދާއިރާގެ މެމްބަރު އަދި އެމްޑީޕީގެ ޗެއާޕާސަންގެ ނައިބު އަލީ ނިޔާޒް ސުވާލު ކުރެއްވުމުން، މިނިސްޓަރު ވިދާޅުވީ ހުޅުމާލޭ ހޮސްޕިޓަލް މި ވަގުތު ހިންގަނީ އާސަންދަ ކުންފުނިން ކަމަށެވެ.
އަމީން އެގޮތަށް ވިދާޅުވި ނަމަވެސް މިދިޔަ އަހަރުގެ ޑިސެމްބަރު މަހު ހެލްތު މިނިސްޓްރީގެ ޕާމަނަންޓް ސެކްރެޓަރީ ހަދީޖާ އަބްދުއްސަމަދު "މިހާރު" އަށް ވިދާޅުވެފައި ވަނީ އާސަންދަ ކުންފުނީގެ ދަށުން ހިންގަމުން ދިޔަ ހުޅުމާލޭ ހޮސްޕިޓަލް ހެލްތު މިނިސްޓްރީގެ ދަށަށް ބަދަލުކޮށްފައިވާ ކަމަށެވެ. އޭގެ ފަހުން، އާސަންދަ ކުންފުނީގެ ބެލުމުގެ ދަށަށް އެ ހޮސްޕިޓަލް ގެންދިޔަ ކަން ނުވަތަ ނޫން ކަން ހެލްތު މިނިސްޓްރީން މިހާތަނަށް ހާމައެއް ނުކުރެ އެވެ.
އެކަމަކު، އަމީން ވިދާޅުވީ ހެލްތު މިނިސްޓްރީ އަކީ ރާއްޖޭގެ ސިއްހީ ކަންކަން ރެގިއުލޭޓް ކުރާ އިދާރާ އަށް ވުމުން، ރެގިއުލޭޓްރީ އޮތޯރިޓީގެ ދައުރު ސިއްހީ ހުރިހާ ކަމެއްގައި ވެސް އޮންނާނެ ކަމަށެވެ. އެގޮތުން ހުޅުމާލޭ ހޮސްޕިޓަލާ ބެހޭ ގޮތުން މަޝްވަރާތައް ކުރަމުން އަންނަ ކަމަށް އޭނާ ވިދާޅުވި އެވެ.
"ހުޅުމާލެ ހޮސްޕިޓަލް ވަކި ގޮތަކަށް ކުރިއަށް ގެންދަން ނިންމި ކަމުގެ މައުލޫމާތެއް އަޅުގަނޑާ ހިސާބަށް އައިސްފައެއް ނެތް،" ރ. މަޑުއްވަރީގެ ސިއްހީ މަރުކަޒުގެ އާ އިމާރާތުގެ މަސައްކަތްތަކާ ގުޅޭ ގޮތުން އެ ދާއިރާގެ މެމްބަރު އާދަމް ޝަރީފް ހުށަހެޅުއްވި ސުވާލުތަކާ އެކު، ހުޅުމާލޭ ހޮސްޕިޓަލަށް އަމާޒު ކުރައްވައި ހުޅުމާލެ ދާއިރާގެ މެމްބަރު ނިޔާޒް ދެންނެވި ސުވާލުގެ ޖަވާބުގައި އަމީން ވިދާޅުވި އެވެ.
އާސަންދަ ކުންފުނީގެ ދަށަށް ހުޅުމާލޭ ހޮސްޕިޓަލް އެންމެ ފުރަތަމަ ބަދަލު ކުރީ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުން އޭޕްރީލް 3، 2016 ގަ އެވެ. އާސަންދަ އިން ހަވާލުވެ އެ ހޮސްޕިޓަލަށް ބޮޑެތި ކުރިއެރުންތަކެއް ވަނީ ގެނެސްފަ އެވެ. އޭގެ ތެރޭގައި ކެންސަރަށް ފަރުވާ ކުރެވޭ އޮންކޮލޮޖީ ސެންޓަރެއް ހުޅުވުމާއި އެމްއާރުއައި ހިދުމަތާއި ސީޓީ ސްކޭނާއި މެމޯގްރާމް ހެދޭނެ ވަސީލަތްތައް ވަނީ ގާއިމްކޮށްފަ އެވެ.
އެކަމަކު، ހުޅުމާލޭ ހޮސްޕިޓަލުން ބައެއް ހިދުމަތްތައް ނުލިބޭތީ އާއި ލިބޭ ހިދުމަތްތަކާ މެދުގައި އާންމުންގެ ޝަކުވާ އަދިވެސް އެބައޮތެވެ. އެގޮތުން، އެކަށީގެންވާ ފަރުވާ އަވަހަށް ނުލިބުމާއި އެންމެ އެކަށީގެންވާ ފަރުވާއެއް ނުލިބޭ ކަމުގެ ހިތްހަމަނުޖެހުން ވަނީ އަމާޒުވެފަ އެވެ.
ހާއްސަކޮށް، އެންމެ ބޮޑު އެއް ޝަކުވާ އަކީ ހުޅުމާލޭ ހޮސްޕިޓަލްގައި ވެންޓިލޭޓަރެއް ނުހުންނަ މައްސަލަ އެވެ. ވެންޓިލޭޓާ އަކީ ނޭވާލާން އުނދަގޫވާ ނަމަ ނުވަތަ އަމިއްލަ ޒާތުގައި ނޭވާ ނުލެވޭ ނަމަ ނޭވާ ލާން އެހީވެދޭ މެޝިނެކެވެ. ނޭވާ ނުލެވޭ ހާލަތުގައި ތިބޭ މީހުންގެ ފުއްޕާމޭގެ މަސައްކަތް އެ މެޝިނުން ކޮށްދެ އެވެ. އޭގެ ސަބަބުން އެ މީހެއްގެ ހަށިގަނޑަށް އޮކްސިޖަން ލިބި ބަލި ފަސޭހަވެ އެވެ.
އާސަންދަ ރިފޯމްވީމަ އަމިއްލައަށް ކުރާ ހޭދަ ކުޑަވާނެ
އާ ހޮސްޕިޓަލް ހުޅުވައި ރީޖަނަލް ހޮސްޕިޓަލް އުވާލަނީ
"އާސަންދައަކީ ވިޔަފާރިއެއް ކަމަށް ދެކިގެން ނުވާނެ"
ފަސް އަހަރު ސިއްހީ ދާއިރާ އަށް އަޅައެއް ނުލި: އަމީން
"ސިއްހީ ހިދުމަތުގެ ޝަކުވާތަކާ ގުޅޭ ގޮންޖެހުން ގިނަ"
ނުފޫޒު ނައްތާލައި އާސަންދަ އަށް "ފަރުވާއެއް" ހޯދަނީ
ހުޅުމާލެ ހޮސްޕިޓަލް ހެލްތު މިނިސްޓްރީގެ ދަށަށް
ކެންސަރަށް ފަރުވާކުރެވޭ ތަނެއް ހުޅުމާލޭގައި ހުޅުވައިފި
އާސަންދަ ބަޖެޓް ހުސްވެ އިގްތިސާދީ ބުރައަކަށްވޭ: ނާޒިމް
"ފަރުވާއަށް ސަލާން ޖެހުން ނިމުމަކަށް ގެނެވޭނެ"