Roadha Mihaaru
މާލެ ސަރަހައްދުގެ ހޮސްޕިޓަލް ބޯޑު އަލުން އެކުލަވާލައިފި

މާލެ ސަރަހައްދުގެ ހޮސްޕިޓަލްތައް ހިންގާ ބޯޑު އަލުން އެކުލަވާލައިފި

04 ޑިސެމްބަރ 2023

މާލެ ސަރަހައްދުގެ ހޮސްޕިޓަލްތައް ހިންގާ ބޯޑުގެ ނަން ބަދަލުކޮށް، އަލުން އެކުލަވާލައިފި އެވެ.

އާސިމާ ނިޒާރު އާސިމާ ނިޒާރު

މާލެ ސަރަހައްދުގެ ހޮސްޕިޓަލްތައް ހިންގާ ބޯޑުގެ ނަން ބަދަލުކޮށް، އަލުން އެކުލަވާލައިފި އެވެ.

ރައީސް އޮފީހުގެ މިނިސްޓަރު އަލީ އާރިފް ފޮނުއްވި ސިޓީގައި ވިދާޅުވީ، ދަރުމަވަންތަ ހޮސްޕިޓަލް، އައިޖީއެމްއެޗް، ހުޅުމާލެ އަދި ވިލިމާލެ ހޮސްޕިޓަލްގެ ހިންގުން ހަރުދަނާކުރަން އުފައްދާފައިވާ ބޯޑު ގެ ނަން، "މާލެ ހޮސްޕިޓަލްސް ބޯޑު އޮފް ޓްރަސްޓީސް" އިން "މާލެ ސިޓީ ގްރޫޕް އޮފް ހޮސްޕިޓަލްސްގެ ގަވާނިން ބޯޑު"ގެ ނަމަށް ބަދަލުކޮށްފައިވާ ކަމަށެވެ.

އޭގެ އިތުރުން، އެ ބޯޑު އަލުން އެކުލަވާލާފައިވާކަން، މިދިޔަ ހޮނިހިރު ދުވަހު ފޮނުއްވި ސިޓީގައިވެ އެވެ.

ނުވަ މެމްބަރުންގެ ބޯޑުގެ ޗެއާމަނަކަށް އައްޔަންކޮށްފައިވަނީ، މީގެ ކުރިން ވެސް އެ މަގާމުގައި ހުންނެވި އެތެރެ ހަށީގެ ޑޮކްޓަރު ޑރ. އަބްދުލް އަޒީޒް ޔޫސުފެވެ. ވައިސް ޗެއާޕާސަނަކީ ގދ. ތިނަދޫ، ކުންނާރުގެ، ހުސެއިން ހަލީމެވެ.

އޭގެ އިތުރުން އެ ބޯޑުގައި ދެން ތިއްބަވަނީ؛

- ސިއްހީ ދާއިރާގެ ފަންނީ ތަޖުރިބާކާރެއް: ހ. އޮށްކަފަގެ، ޝަރީފާ އާދަމް މަނިކު

- ޕްރައިމަރީ ހެލްތު ކެއާގެ ތަޖުރިބާކާރެއް: ނޯތުވޭ، ޅ. ހިންނަވަރު، ނަޔާޒު އަހުމަދު

- ސިއްހީ ދާއިރާގެ ތަޖުރިބާކާރު ޑޮކްޓަރު: މެއި. ވެނީލާގެ، ޑރ. އިބްރާހިމް ޔާސިރު އަހުމަދު

- ޕަބްލިކް ހެލްތު ދާއިރާގެ ތަޖުރިކާބާރެއް: އޭޑީރީޑް، ސ. ފޭދޫ، ޑރ. މަރިޔަމް ޖެނީފާ

- ނާސިން ދާއިރާގެ ތަޖުރިބާކާރެއް: ދަފްތަރު، 13524، ފާތިމަތު އާފިޔާ ވަހީދު

- ހުޅުމާލެ ހޮސްޕިޓަލްގެ އިސް މުވައްޒަފެއް: ރިހާޞު، އދ. މަހިބަދޫ، މޫސާ ކަލީމް ގާސިމް

- ވިލިމާލެ ހޮސްޕިޓަލްގެ އިސް މުވައްޒަފެއް: އއ. ފެރިދޫ، ސިޔާމާ މަންޒިލް، އާލިމް ޝަކީލް