Roadha Mihaaru
ފިހުނު މީހެއްގެ އާއިލާއިން ފައިސާގެ އެހީއަށް އެދިއްޖެ

ތިލަަފުށީ ފަޅުގައި ހިނގި އަލިފާނުގެ ހާދިސާގައި ފިހުނު އެކަކު ފައިސާގެ އެހީތެރިކަމަށް އެދިއްޖެ

12 ޖެނުއަރީ 2021

ތިލަފުށީ ފަޅުގައި މިދިޔަ ޑިސެމްބަރު މަހު ހިނގި އަލިފާނުގެ ހާދިސާގައި ފިހުނު ދެ މީހުންގެ ތެރެއިން އެކެއްގެ ފަރުވާ އަށް ޚަރަދު ކުރަން ޖެހޭ ވަރަށް އާއިލާގެ ތަނަވަސްކަން ނެތުމުން އާއްމުންގެ އެހީތެރިކަމަށް މިއަދު އެދިއްޖެ އެވެ.

މުހައްމަދު ނަސީމް މުހައްމަދު ނަސީމް

ތިލަފުށީ ފަޅުގައި މިދިޔަ ޑިސެމްބަރު މަހު ހިނގި އަލިފާނުގެ ހާދިސާގައި ފިހުނު ދެ މީހުންގެ ތެރެއިން އެކެއްގެ ފަރުވާ އަށް ޚަރަދު ކުރަން ޖެހޭ ވަރަށް އާއިލާގެ ތަނަވަސްކަން ނެތުމުން އާއްމުންގެ އެހީތެރިކަމަށް މިއަދު އެދިއްޖެ އެވެ.

ތިލަފުށީ ފަޅުގައި އޮތް ދެ ދޯންޏެއްގައި ރޯވީ އޭގެ ތެރެއިން އެއް ދޯންޏަށް ތެޔޮ އެޅުމުގެ ތެރޭގަ އެވެ. އެ ހާދިސާގައި ފިހުނު ދެ ދިވެހިންގެ ތެރެއިން އެކަކީ އަހުމަދު ޚާލިދު، ތުލުސްދޫ، ޔެލޯރޯޒް، އެވެ.

އޭނާގެ ބޭބެ މުހައްމަދު ޝިހާމާ ހަވަލާދީ ސޯޝަލް މީޑިއާގައި މިއަދު ދައުރުވަމުން ދާ ލިޔުމެއްގައި ބުނީ އަލިފާނުގެ ހާދިސާގައި ޚާލިދުގެ ހަށިގަނޑުގެ 25 ޕަސެންޓް ފިހިފައިވާ ކަމަށެވެ. އައިޖީއެމްއެޗުގެ އައިސީޔޫގައި ފަރުވާ ދިނުމަށް ފަހު އޭނާ އަށް މިހާރު ފަރުވާދެމުން އަންނަނީ ޕްރައިވެޓް ރޫމެއްގައި ކަމަށް ވެސް ޝިހާމް ބުންޏެވެ.

އޭނާއާ ހަވާލާދީ ލިއުމުގައި ބުނި ގޮތުގައި ޕްރައިވެޓް ރޫމަކަށް ޚާލިދު ބަދަލުކުރީ ފިހުނު މީހަކަށް ވާތީ ވަކި ޓެމްޕަރޭޗަރެއްގައި ބާއްވަން ޖެހޭތީ އާއި ކޮވިޑްގެ ބަލިމަޑުކަން އަދިވެސް އޮތުމުންނެވެ.

އާއިލާ އިން މާލީ އެހީތެރިކަން ބޭނުންވަނީ ޕްރައިވެޓް ރޫމެއްގައި ބާއްވައިގެން ފަރުވާ ދޭން ޖެހޭތީ ކަމަށް، ޝިހާމް ބުނެފައިވެ އެވެ. އޭގެ އިތުރުން ހާލިދަށް ކާން ދޭން ޖެހެނީ ޑޮކްޓަރުން ދީފައިވާ ހާއްސަ މެނޫއަކަށް ވާތީ އެކަމަށް ވެސް ދުވާލަކު 500ރ ހޭދަވާ ކަމަށް އާއިލާ އިން ބުންޏެވެ.

"މިފަދަ ނާޒުކު ހިތްދަތި، އަތްމަތި ދަތި ދުވަސްކޮޅެއްގައި މިގޮތަށް މި ހަރަދުކުރުމަށް އަޅުގަނޑުމެން ވަނީ ނުކުޅެދިފަ އެވެ،" ލިޔުމުގައިވެ އެވެ.

އެއާ އެކު އާންމުންގެ ކިބައިން އެދިފައި ވަނީ ޚާލިދަށް އެހީއެއް ވެދިނުމަށެވެ.