Roadha Mihaaru

ދަރުމަވަންތަ ހޮސްޕިޓަލާއި ޗައިނާގެ ކުޑަކުދިންގެ ހޮސްޕިޓަލަކާ އެކު އެމްއޯޔޫއެއްގައި ސޮއިކޮށްފި

ޗައިނާގެ ސޫޗައު ޔުނިވާސިޓީގެ ކުޑަކުދިންގެ ހޮސްޕިޓަލާއި ދަރުމަވަންތަ ހޮސްޕިޓަލާ ދެމެދު އެމްއޯޔޫއެއްގައި ސޮއިކޮށްފި އެވެ.

ޗައިނާގެ ކުޑަކުދިންގެ ހޮސްޕިޓަކަލާއެކު އެމްއޯޔޫއެއް
މާއިދާ މުހައްމަދު ރަޝާދު
މާއިދާ މުހައްމަދު ރަޝާދު

21 ޖޫން 2025

ޗައިނާގެ ސޫޗައު ޔުނިވާސިޓީގެ ކުޑަކުދިންގެ ހޮސްޕިޓަލާއި ދަރުމަވަންތަ ހޮސްޕިޓަލާ ދެމެދު އެމްއޯޔޫއެއްގައި ސޮއިކޮށްފި އެވެ.

ދަރުމަވަންތަ ހޮސްޕިޓަލް ހިންގާ އައިޖީއެމްއެޗުން އެކްސްގައި ބުނި ގޮތުގައި މި އެމްއޯޔޫއަކީ ރާއްޖޭގައި ކުޑަކުދިންގެ ސާޖިކަލް ކެއާގެ ހިދުމަތް ރަނގަޅުކުރަން އެޅޭ މުހިއްމު ފިޔަވަޅު އެކެވެ.

އައިޖީއެމްއެޗުން ބުނީ ރާއްޖޭގެ ސިއްހީ ނިޒާމު ކުރިއަރުވަން އެއްބާރުލުން ދިނުމުގެ ކަންކަން ވެސް މި އެމްއޯޔޫގައި ހިމެނޭ ކަމަށެވެ.

އެ ހޮސްޕިޓަލުން ބުނި ގޮތުގައި ސިއްހީ ދާއިރާގެ ތަޖުރިބާކާރުންނާއި އެ ދާއިރާއިން ތަމްރީނުވާ ފަރާތްތަކަށް ލިބިފައިވާ މައުލޫމާތުތައް ހިއްސާކޮށް، މި އެމްއޯޔޫގެ މަގްސަދަކަށް ވާނީ ދިވެހި ކުޑަ ކުދިންގެ ދިރިއުޅުން އިތުރަށް ރަނގަޅުކޮށްދިނުމެވެ.

ޗައިނާގެ ހޮސްޕިޓަލަކާ އެކު ކުޑަކުދިންގެ ސާޖިކަލް ކެއާގެ ހިދުމަތުގެ ފެންވަރު ރަނގަޅުކުރަން އެމްއޯޔޫއެއްގައި ސޮއިކޮށްފައިވާއިރު ވިލިމާލޭގައި އިމާރާތްކުރާ ޓާޝަރީ ހޮސްޕިޓަލު ހަދަނީ ވެސް ޗައިނާގެ ހިލޭ އެހީގަ އެވެ.