އަމިއްލަ ޖީބުން އެއްވެސް ހަރަދެއް ނުކޮށް ނަންބަރު އައިނު ހައްދައިދިނުމަށް ސަރުކާރުގެ މައި ހޮސްޕިޓަލް އައިޖީއެމްއެޗުގައި މިދިޔަ އާދިއްތަ ދުވަހު ހުޅުވި ފިހާރައިން ތިން ދުވަސް ތެރޭގައި ސަތޭކައެއްހާ އައިނު ހައްދާފައިވާ ކަމަށް އެ ހޮސްޕިޓަލުން މިއަދު ބުނެފި އެވެ.
30 ޖުލައި 2025
އަމިއްލަ ޖީބުން އެއްވެސް ހަރަދެއް ނުކޮށް ނަންބަރު އައިނު ހައްދައިދިނުމަށް ސަރުކާރުގެ މައި ހޮސްޕިޓަލް އައިޖީއެމްއެޗުގައި މިދިޔަ އާދިއްތަ ދުވަހު ހުޅުވި ފިހާރައިން ތިން ދުވަސް ތެރޭގައި ސަތޭކައެއްހާ އައިނު ހައްދާފައިވާ ކަމަށް އެ ހޮސްޕިޓަލުން މިއަދު ބުނެފި އެވެ.
އައިޖީއެމްއެޗުގެ އޮފިޝަލަކު ވިދާޅުވީ "އެމްސީޖީއެޗް" ފިހާރަ ހުޅުވައި، ޖެހިގެން އައި ހޯމަ ދުވަހުން ފެށިގެން ހިދުމަތް ދެމުން އަންނައިރު ޑިމާންޑު ވަރަށް ބޮޑު ކަމަށެވެ.
ހޯމަ ދުވަހުގެ މެންދުރު 2 އިން ރޭގަނޑު 10 އާ ހަމައަށް އެކަނިވެސް 80 މީހުން އައިނު ހައްދަން އެދިފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.
އައިނު ހެއްދުމާ ހަމައަށް ދަނީ ލޮލުގެ ނަމްބަރު ނަގައި، އައިނުގެ ދުނިގަނޑާއި ފްރޭމް ފައިނަލް ކުރުމަށް ފަހުގަ އެވެ. އެންމެ ފުރަތަމަ އައިނަށް އެދުނު މީހުންގެ ތެރެއިން 63 މީހަކަށް މިއަދު އައިނު ހަވާލުކޮށްފައިވާ ކަމަށް އޮފިޝަލް ވިދާޅުވި އެވެ.
އިއްޔެ ވެސް ހެނދުނު 9 އިން ރޭގަނޑު 10 އާ ހަމައަށް 133 މީހުން އައިނު ހައްދަން އެދިފައިވެ އެވެ. އެ މީހުންނަށް ވެސް މިއަދުގެ އެކި ވަގުތުތަކުގައި އަންނަނީ އައިނު ދޫކުރަމުންނެވެ.
އައިޖީއެމްއެޗުގެ އައިނު ފިހާރަ މިދިޔަ އާދިއްތަ ދުވަހު ހުޅުއްވައި ދެއްވުމަށް ފަހު ރައީސް މުއިއްޒު އެ ތަން ބައްލަވައިލައްވަނީ.
އޭގެ ތެރޭގައި އަމިއްލަ ބައެއް ހޮސްޕިޓަލުތަކުން ލޮލުގެ ނަމްބަރު ނަގާފައިވާ މީހުން ވެސް ހިމެނެ އެވެ.
އޮފިޝަލް ވިދާޅުވިގޮތުގައި، މިދިޔަ ތިން ދުވަހު އެކަނި ވެސް ލޮލުގެ ނަމްބަރު ނެގުމަށް 361 މީހުން ނަން ނޯޓު ކޮށްފައި ވެ އެވެ.
އޮފިޝަލް ވިދާޅުވީ، ސަރުކާރުގެ އައިނު ފިހާރައިގެ ނަމްބަރު 3335150 އަށް ގުޅާލައިގެން ނަން ނޯޓު ކުރެވޭނެ ކަމަށެވެ.
އެގޮތަށް ގުޅުމުން އެންމެ ފުރަތަމަ ބަލަނީ އާސަންދައިގެ ގަވައިދު ބުނާގޮތުން އައިނު ނެގޭތޯ އެވެ. އެ އުސޫލުން ނުނެގޭ ނަމަ ނަން ނޯޓެއް ނުކުރާނެ އެވެ.
"އެހެން ތަނަކުން ނަމްބަރު ނެގިއަސް، އުސޫލުގައި އޮންނަ ގޮތުން ވިއްޔާ ހޮސްޕިޓަލަކުން ނަމްބަރު ނަގައިގެން އައިނު ހެއްދޭނީ،" އޭނާ ވިދާޅުވި އެވެ.
އާސަންދައިގެ ދަށުން އައިނު ހެއްދޭނީ ކޮންމެ ދެ އަހަރަކުން އެއް ފަހަރެވެ. އެ ކަމަށް، ކުރިން ކަނޑައަޅާފައިވަނީ 1،000ރ. އެވެ. ނަމަވެސް، މިދިޔަ މަހުން ފެށިގެން އެ އަދަދު ވަނީ 2،000ރ. އަށް ބޮޑުކޮށްފަ އެވެ.
އައިޖީއެމްއެޗުގެ މައި ގޭޓުން ވަންނައިރު އޮންނަ ވޯކްވޭގެ ކަނާތް ފަރާތުގައި ހުޅުވި އައިނު ފިހާރަ ހިންގައި ބަލަހައްޓަނީ އައިޖީއެމްއެޗުންނެވެ. އެހެންވެ، އާސަންދައިގެ އަގަށް، އަމިއްލަ ޖީބުން އެއްވެސް ހަރަދެއް ނުކޮށް އައިނު ހެއްދެ އެވެ.
އެ ހޮސްޕިޓަލްގައި ލޮލުގެ އެކި ބަލިތަކަށް ފަރުވާ ދިނަސް، އައިނާ ގުޅޭ އެއްވެސް ހިދުމަތެއް ނުދޭތީ އެ ވިޔަފާރީގައި އިސްކޮށް އުޅެނީ އަމިއްލަ ފަރާތްތަކެވެ. އެކަމަކު، އެ ތަންތަނުން ވިއްކާ އައިނުގެ އަގުބޮޑުވުމުން އަމިއްލަ ޖީބުން ވެސް ކޮންމެ ފަހަރަކު ބޮޑު ހޭދައެއް ކުރަންޖެހޭތީ އާންމުންގެ ޝަކުވާ ވަރަށް ބޮޑެވެ.
އައިނުގެ ވިޔަފާރިގެ ނާޖައިޒު ފައިދާ ނެގުން ހުއްޓުވުމަށް އައިޖީއެމްއެޗުގައި އައިނުގެ ވިޔަފާރި ފަށަން ނިންމާފައިވާކަން މިދިޔަ މެއި މަހުގެ ފަހުކޮޅު އިއުލާންކުރެއްވީ ރައީސް މުއިއްޒެވެ.
ރައީސް މުއިއްޒު ވިދާޅުވެފައި ވަނީ އޭގެ "އެޑްވާންޓޭޖު" ނުވަތަ ނާޖާއިޒު ފައިދާ ނެގުމުގެ ފުރުސަތު އެ މަނިކުފާނު ނުދެއްވާނެ ކަމަށެވެ.
"މި ޖެއްސި އަގު 1،000 އިން 2،000 އަށް ހެދީމާ ހަމަ އެއްކަލަ ފީކަޅާ ދުނިގަނޑު ދިނުމުގެ ފުރުސަތެއް ނުލިބޭނެ. އައިޖީއެމްއެޗުގައި އަޅުގަނޑުމެން ފަށާނަން މި މަސައްކަތް. އައިޖީއެމްއެޗުގައި އައިނު ބިޒްނަސް ފަށާނަން،" މިދިޔަ މޭ 31 ވަނަ ދުވަހުގެ ރޭ ރައީސް މުއިއްޒު ވިދާޅުވެފައި ވެ އެވެ.
އުފަންވާ ކުދިންގެ ދުޅަހެޔޮކަމަށް ކުރިއެރުންތައް ބޭނުންވޭ
ޓްރީޓޮޕްއިން ހިލޭ ލޮލުގެ ސްކްރީންކޮށްދޭ ކެމްޕެއިނެއް
ސަރުކާރު ފިހާރައިން 10 ދުވަސް ތެރޭ 700 އައިނު
އައިޖީއެމްއެޗުގެ އައިނު ފިހާރަ ކިޔޫގައި 1267 މީހުން
ހިލޭ އައިނު ހެދޭ ފިހާރަ އައިޖީއެމްއެޗުގައި ހުޅުވައިފި
އައިޖީއެމްއެޗް އައިނު ފިހާރަ މި މަހު ފަހުކޮޅު ހުޅުވަނީ
އައިޖީއެމްއެޗްގައި ލޭގެ ބަލިތަކަށް ފަރުވާ ދޭން ފަށަނީ
އައިޖީއެމްއެޗުގައި އާ ހިދުމަތްތަކެއް މި އަހަރު ފަށަނީ
ލޯބިން ކިޑްނީއެއް ހަދިޔާކުރަން ކެރިދާނެ؟
ޗައިނާގެ ކުޑަކުދިންގެ ހޮސްޕިޓަކަލާއެކު އެމްއޯޔޫއެއް