އައިޖީއެމްއެޗްގެ އައިނުގެ ފިހާރަ މި މަހުގެ ފަހުކޮޅު ހުޅުވާނެ ކަމަށާއި އޭރުން އަމިއްލަ ޖީބުން އިތުރު ހަރަދެއް ނުކޮށް އައިނު ލިބޭނެ ކަމަށް އެ ހޮސްޕިޓަލު ސީއީއޯ އިބްރާހިމް ހަލީމް މިއަދު ވިދާޅުވެއްޖެ އެވެ.
17 ޖުލައި 2025
އައިޖީއެމްއެޗްގެ އައިނުގެ ފިހާރަ މި މަހުގެ ފަހުކޮޅު ހުޅުވާނެ ކަމަށާއި އޭރުން އަމިއްލަ ޖީބުން އިތުރު ހަރަދެއް ނުކޮށް އައިނު ލިބޭނެ ކަމަށް އެ ހޮސްޕިޓަލު ސީއީއޯ އިބްރާހިމް ހަލީމް މިއަދު ވިދާޅުވެއްޖެ އެވެ.
އައިނުގެ ވިޔަފާރީގެ ނާޖައިޒު ފައިދާ ނެގުން ހުއްޓުވުމަށް، ސަރުކާރުގެ މައި ހޮސްޕިޓަލް އައިޖީއެމްއެޗުގައި އައިނުގެ ވިޔަފާރި ފަށަން ނިންމާފައިވާކަން މިދިޔަ މެއި މަހުގެ ފަހުކޮޅު އިއުލާން ކުރެއްވީ ރައީސް ޑރ. މުހައްމަދު މުއިއްޒެވެ.
އޭގެ އިތުރުން، އައިނު ހެއްދުމަށް އާސަންދައިން ކޮންމެ ދެ އަހަރަކުން އެއް ފަހަރު ދޭ 1000ރ، ވެސް މިދިޔަ މަހުން ފެށިގެން ވަނީ 2،000ރ. އަށް ބޮޑުކޮށްފަ އެވެ.
އެ މަސައްކަތުގެ ތަފްސީލު ދެއްވަމުން ހަލީމް "މިހާރު" އަށް ވިދާޅުވީ އައިޖީއެމްއެޗްގައި އައިނުގެ ވިޔަފާރި ކުރާނީ އެ ހޮސްޕިޓަލުން އަމިއްލައަށް ފްރޭމާއި ލެންސު ބޭރުން ގަނެގެން ކަމަށެވެ. އެ ތަނުގައި ހުންނަ އައިނުގެ އަގުތައް، އާސަންދައިގެ ރޭޓަށް ވުރެ ބޮޑު ނުވާނެތީ އަމިއްލަ ޖީބުން އެއްވެސް ހަރަދެއް ކުރާކަށް ނުޖެހޭނެ ކަމަށް މާލެ ސިޓީ ގްރޫޕް އޮފް ހޮސްޕިޓަލްސްގެ ސީއީއޯ ވިދާޅުވި އެވެ.
އެ ހޮސްޕިޓަލް ތެރޭގައި ހުޅުވާ އައިނު ފިހާރައިން ލޮލުގެ ނަމްބަރު ނެގުމުގެ ހިދުމަތް ދޭނެ އެވެ. އަދި އެހެން ތަނަކުން ނަމްބަރު ނަގައިގެން ވެސް އެ ހޮސްޕިޓަލުން އައިނު ލިބޭނެ ކަމަށް އޭނާ ވިދާޅުވި އެވެ.
"އައިނު ފިކްސް ކުރެވޭ ގޮތަށް ވޯކްޝޮޕަކާ އެކީގައި ފިހާރަ ހުޅުވަނީ،" ހަލީމް ވިދާޅުވި އެވެ.
އައިޖީއެމްއެޗުގައި ލޮލުގެ އެކި ބަލިތަކަށް ފަރުވާ ދިނަސް، އައިނާ ގުޅޭ އެއްވެސް ހިދުމަތެއް ނުދެ އެވެ. އެހެންވެ، އެ ވިޔަފާރީގައި އިސްކޮށް އުޅެނީ އަމިއްލަ ފަރާތްތަކެވެ. އެކަމަކު، އެ ތަންތަނުން ވިއްކާ އައިނުގެ އަގުބޮޑުވުމުން އަމިއްލަ ޖީބުން ވެސް ކޮންމެ ފަހަރަކު ވެސް ބޮޑު ހޭދައެއް ކުރަންޖެހެ އެވެ.
ޕީއެސްއެމަށް ދެއްވި އިންޓަވިއުގައި ރައީސް މުއިއްޒު ވިދާޅުވީ އައިނުގެ ވިޔަފާރިކުރާ މީހުން ކިތަންމެ ބޮޑަށް ހިތްހަމަނުޖެހުނަސް އެ މަނިކުފާނަށް މުހިންމީ ވިޔަފާރިވެރިން، އާއްމުންނަށް ދެރަ ނިކަމެތިކަން ދިނުމުގެ އާދަ ފިލުވައިލުން ކަމަށެވެ.
"ދެން ޕްރައިވެޓް ސެކްޓާގައި ވެސް މިކަން ކުރާ މީހުން ޖެހޭނީ އައިޖީއެމްއެޗާ ކޮމްޕީޓް ކުރަން. ދެން ހަމަ ޕްރައިވެޓް ސެކްޓާގައި އެ ފެންވަރުގެ އައިނާއި އައިނު ދުނިގަނޑު ހައްދައި ދޭން ޖެހޭނީ،" ރައީސް ވިދާޅުވި އެވެ.
ސަރުކާރު ފިހާރައިން 10 ދުވަސް ތެރޭ 700 އައިނު
އައިޖީއެމްއެޗުގެ އައިނު ފިހާރަ ކިޔޫގައި 1267 މީހުން
ސަރުކާރުގެ އައިނު ފިހާރައިން 100 އެއްހާ އައިނު
ހިލޭ އައިނު ހެދޭ ފިހާރަ އައިޖީއެމްއެޗުގައި ހުޅުވައިފި
އައިޖީއެމްއެޗްގެ ފަސް ޑިޕާޓްމަންޓަކުން ރޭގަނޑު އޯޕީޑީ
ފުރަތަމަ ޖީޕީ ކްލިނިކް އަންނަ ޖުލައި މަހު ހުޅުވަނީ
އައިޖީއެމްއެޗުގެ އިންޓާން ރާއްޖޭގައި ކިޔަވާ ކުދިންނަށް
ދަރުމަވަންތަ ހޮސްޕިޓަލުގެ ހާލަތު ބަދަލުކޮށްފި:ހަލީމް
އައިޖީއެމްއެޗްގައި މި އަހަރު އައިވީއެފް ހަދަން ފަށަނީ
ކިޔޫ ކުޑަކުރަން ބަލި މީހުން ބަލާ ވަގުތު އިތުރުކޮށްފި