މަރާމާތުގެ މަސައްކަތެއް ކުރުމަށްޓަކައި އައިޖީއެމްއެޗުން ސީޓީ ސްކޭން ހެދުމުގެ ހިދުމަތް މިއަދު އަނެއްކާވެސް މެދުކަނޑާލައިފި އެވެ.
22 ޖޫން 2019
މަރާމާތުގެ މަސައްކަތެއް ކުރުމަށްޓަކައި އައިޖީއެމްއެޗުން ސީޓީ ސްކޭން ހެދުމުގެ ހިދުމަތް މިއަދު އަނެއްކާވެސް މެދުކަނޑާލައިފި އެވެ.
އައިޖީއެމްއެޗުގައި ސީޓީ ސްކޭން ހެދުމަށް މައްސަލަތަކެއް ކުރިމަތިވީ މިދިޔަ ހަފުތާގެ ހުކުރު ދުވަހު އެ ހޮސްޕިޓަލުގައި ހިނގި އަލިފާނުގެ ހާދިސާ އަށް ފަހު އެވެ. އޭގެ ފަހުން މިދިޔަ ހޯމަ ދުވަހު އެ ހިދުމަތް އަލުން ފެށިނަމަވެސް މަރާމާތުގެ މަސައްކަތަކަށް އެ ޚިދުމަތް މެދުކަނޑާލާފައިވާ ކަމަށް އެ ހޮސްޕިޓަލުން މިއަދު ބުންޏެވެ.
އައިޖީއެމްއެޗުން މިއަދު ނެރުނު ބަޔާނެއްގައި ބުނީ އެ ހޮސްޕިޓަލުން ފަރުވާ ހޯދާ މީހުން އިމަޖެންސީގައި ހަދަން ޖެހޭ ސީޓީ ސްކޭންތައް އާސަންދައިގެ ދަށުން ހުޅުމާލޭގައި ހުންނަ ޓްރީޓޮޕް ހޮސްޕިޓަލުން ހެދޭނެ އިންތިޒާމު ހަމަޖައްސާފައިވާ ކަމަށެވެ.
އެ ހޮސްޕިޓަލުން އަލުން ސީޓީ ސްކޭންގެ ހިދުމަތް ދޭން ފަށާނެ ދުވަހެއް ބުނެފައެއް ނުވެ އެވެ.
އަލިފާނުގެ ހާދިސާ އަށް ފަހު ސީޓީ ހެދުން މެދުކެނޑުނު ދުވަސްތަކުގައި ވެސް އައިޖީއެމްއެޗުން އިމަޖެންސީ ޕޭޝެންޓުން ސީޓީ ސްކޭން ހެދުމަށް ފޮނުވާފައި ވަނީ ޓްރީޓޮޕް ހޮސްޕިޓަލަށެވެ.
ސީޓީ ސްކޭން ހަދަން އައިޖީއެމްއެޗުން ޓްރީޓޮޕަށް ފޮނުވަނީ
އައިޖީއެމްއެޗްގެ ފަސް ޑިޕާޓްމަންޓަކުން ރޭގަނޑު އޯޕީޑީ
އަންނަ އަހަރު ސިއްހީ ދާއިރާ ވަރަށް ބޮޑަށް ރަނގަޅުވާނެ
އައިޖީއެމްއެޗަށް 75 އެނދު އިތުރުކޮށްފި
އިންފެކްޝަންގައި ސީރިއަސްވި ކުދިން ބޭރަށް ފޮނުވާލައިފި
އިންފެކްޝަންގައި ހާލު ދެރަވި ކުދިން ބޭރަށް ފޮނުވާލަނީ
އައިޖީއެމްއެޗުން ނުރައްކާތެރި ބެކްޓީރިއާއެއް ފެނިއްޖެ
އައިޖީއެމްއެޗުގެ 75 އެނދު މެއި މަހު ބޭނުންކުރަނީ
ފަރުވާއަށް 10،000 އަށްވުރެ ގިނަ މީހުން ކިއުގައި
ދަރުމަވަންތަ ހޮސްޕިޓަލުގެ ހާލަތު ބަދަލުކޮށްފި:ހަލީމް