14 ޖޫން 2019
އިތިއޯޕިއާގެ އަންހެނަކު ވިހައިގެން ހޮސްޕިޓަލްގައި އޮވެ ތިން މާއްދާއެއްގެ އިމްތިހާނު ހަދައިފި އެވެ.
އިތިއޯޕިއާގެ އަންހެނަކު ވިހައިގެން ހޮސްޕިޓަލްގައި އޮވެ ތިން މާއްދާއެއްގެ އިމްތިހާނު ހަދައިފި އެވެ.
އިންތިހާނު ބޯމަތިވެފައި ވަނިކޮށް، ކުއްލި ގޮތަކަށް ވިހަން ޖެހުނު 21 އަހަރުގެ އަލްމާޒް ޑެރޭސީ ހޮސްޕިޓަލްގެ އޮވެ އިމްތިހާނު ހެދީ ވިހޭތާ 30 މިނިޓް ފަހުންނެވެ. އޭނާ ވަނީ ހިސާބާއި އިނގިރޭސި އަދި އިތިއޯޕިއާ ބަސް އަމްހެރިކުން ސާނަވީ އިމްތިހާނު ހަދައިފަ އެވެ.
ފިރިހެން ކުއްޖަކު ވިހޭ އަލްމާޒް ބުނީ އިމްތިހާނާއި ދަރިފުޅު ވިހެއުމާ ދިމާވީ ރޯދަ މަހާ ގުޅިގެން އިމްތިހާނު ފަސްކުރަން ޖެހުމުން ކަމަށެވެ.
"އެކަމަކު މި ހާލަތުގައި ވެސް އިމްތިހާނު ހަދަން ޖެހުމަކީ އަހަންނަށް އެއްވެސް މައްސަލައެއް ނޫން. ދުރާލައި އަހަރެން ހުރީ އިމްތިހާނަށް ވަރަށް ބޮޑަށް ތައްޔާރުވެގެން،" އޭނާ ބީބީސީ އަށް ބުންޏެވެ. "ވިހަން ޖެހިގެން އިމްތިހާނު މިއަހަރު ނަހަދާ ގޮތަށް ނިންމި ގްރެޖްއޭޓްވާން އަނެއްކާ އަންނަ އަހަރަށް މަޑުކުރަން ޖެހޭނީ. އެހެންވެ ވިހައިގެން އޮވެ ވެސް އިމްތިހާނުން ހެދުން މާ ރަނގަޅު. އަހަރެން ބޭނުންވޭ ޔުނިވަސިޓީ ވެސް ފުރިހަމަ ކުރަން."
އަލްމާޒް އިމްތިހާނު ކަރުދަހާނާ އެކު ހޮސްޕިޓަލްގެ އެނދުމަތީގައި އިށީނދެގެން.
އަލްމާޒްގެ ހަދަން ޖެހޭ އިމްތިހާނުގެ ތެރެއިން ބާކީ ހުރި މާއްދާތަކުގެ އިމްތިހާނު ވެސް އޭނާ މި ހަފުތާގެ ތެެރޭގައި ހަދާނެ އެވެ.
މިކަމާ ގުޅިގެން އޭނާގެ ފިރިމީހާ ޓެޑީޒް ޓޫލޫ ބުނީ ހޮސްޕިޓަލްގައި ވިހައިގެން އޮވެ، އިމްތިހާނު ހަދަން ހުއްދަ ދިނުމަށް މެނޭޖްމަންޓް އެދުމުން އެކަމަށް މަގުފަހިކޮށް ދިނީތީ ޝުކުރު ވެސް އަދާ ކުރާ ކަމަށެވެ.
ޕީއެޗްޑީ ތީސީސް ނިންމައިލީ ވިހަން ހޮސްޕިޓަލްގައި އޮވެ
ފަރަންސޭސި ސްކޫލްތަކުގައި އަބާޔާ މަނާކުރަނީ
ސައޫދީ އަންހެނަކު 110 އަހަރުގައި ސްކޫލަށް
އެހީ ދިނުމުގައި އަންހެނުން ބައިވެރިކުރަން ހުއްދަ ދެނީ
ބްރެޒިލްގެ މަޔަކަށް އާދަޔާ ޚިލާފު މާ ކުއްޖެއް
ދަރިން ނުލިބެނީ ކީއްވެ؟ ފަރުވާއަކީ ކޮބާ؟
އެހީ ދޭ އިދާރާތަކުގައި އަންހެނުން މަސައްކަތްކުރުން މަނާ
ތާލިބާނުންގެ ނިންމުން ބަދަލުކުރުމަށް ސައޫދީން ގޮވާލައިފި
އަފްޣާނު އަންހެނުން ޔުނިވަސިޓީގައި ކިޔެވުން މަނާކޮށްފި
އަފްގާނު އަންހެނުން މޫނު ނިވައިކުރުން މަޖުބޫރުކޮށްފި