އަފްޣާނިސްތާނުގައި ހިންގާ އެއްވެސް ޔުނިވަސިޓީއެއްގައި އަންހެނުންނާއި އަންހެން ކުދިންނަށް ކިޔަވައިދިނުން، އެ ގައުމުގައި ވެރިކަންކުރާ ތާލިބާން ޖަމާއަތުގެ ސަރުކާރުން އިއްޔެ އިން ފެށިގެން މަނާކޮށްފި އެވެ.
އަފްޣާނިސްތާނުގައި ހިންގާ އެއްވެސް ޔުނިވަސިޓީއެއްގައި އަންހެނުންނާއި އަންހެން ކުދިންނަށް ކިޔަވައިދިނުން، އެ ގައުމުގައި ވެރިކަންކުރާ ތާލިބާން ޖަމާއަތުގެ ސަރުކާރުން އިއްޔެ އިން ފެށިގެން މަނާކޮށްފި އެވެ.
އެ ގައުމުގެ މަތީ ތައުލީމާ ބެހޭ ވުޒާރާ އިން ހުރިހާ ޔުނިވަސިޓީތަކަށް އިއްޔެ ފޮނުވި ސިޓީއެއްގައި ބުނެފައިވަނީ، ސަރުކާރުން ވަކި ގޮތަކަށް އަންގަންދެން، މި ސިޓީ ލިބޭ ހިނދުން ފެށިގެން، އެއްވެސް އަންހެން ދަރިވަރަކަށް ޔުނިވަސިޓީގައި ކިޔަވައިދިނުން މަނާވީ ކަމަށެވެ. އަފްޣާނިސްތާނުގެ ކެބިނެޓުން ނިންމި ނިންމުމުގައިވާ ގޮތުން، ސަރުކާރުގެ އެ ނިންމުން އެ ގައުމުގައި ސަރުކާރުން ހިންގާ ޔުނިވަސިޓީތަކާއި އަމިއްލަ ފަރާތްތަކުން ހިންގާ ޔުނިވަސިޓީތަކަށް ވެސް ހިނގާނެ އެވެ.
އަފްޣާނިސްތާނުގެ މަތީ ތައުލީމާ ބެހޭ ވަޒީރު ނިދާ މުހައްމަދު ނަދީމު ސޮއިކުރައްވައި، އެ ގައުމުގެ ހުރިހާ ޔުނިވަސިޓީތަކަށް ފޮނުއްވި ސިޓީގައި، މަތީ ތައުލީމު ފޯރުކޮށްދޭ ތަންތަނުގައި އަންހެން ކުދިންނަށް ކިޔަވައިނުދޭން ސަރުކާރުން ނިންމި ސަބަބެއް ނުބުނެ އެވެ. އަދި އެއީ ވަގުތީ ނިންމުމެއް ކަމެއް ވެސް ނުވަތަ ދާއިމީ ނިންމުމެއް ކަމެއް ވެސް ނުބުނެ އެވެ.
So after almost 17 months of banning teenage girls from school. The Taliban decide to BAN women from universities too.
— Shabnam Nasimi (@NasimiShabnam) December 20, 2022
Afghanistan is the ONLY country in the world that bans women and girls from going to school & university.
This is a crime against humanity & it must not stand. pic.twitter.com/igK1wpg2n0
އަފްޣާނިސްތާނުގެ އަންހެނުންނަށް ޔުނިވަސިޓީތަކުގައި ކިޔަވައިދިނުން މަނާކުރި އިރު، އެ ގައުމުގެ އަންހެން ކުދިންނަށް ސާނަވީ މަރުހަލާގައި ސްކޫލްތަކުގައި ކިޔަވައިދިނުން މިދިޔަ އަހަރުގެ މެދުތެރެއިން ފެށިގެން ވަނީ މަނާކޮށްފަ އެވެ.
ތާލިބާން ސަރުކާރުގެ މި ނިންމުމާ ގުޅޭ ގޮތުން އދ.ގެ ތަރުޖަމާނު ސްޓެފަން ޑުޖަރިޗް ވިދާޅުވީ އެއީ ވަރަށް ހައިރާންކަން ލިބުނު ނިންމުމެއް ކަމަށެވެ. އެކަމާ ބެހޭ ގޮތުން ނޫސްވެރިންނާ އިއްޔެ ވާހަކަދައްކަވަމުން ސްޓެފަން ވިދާޅުވީ ތާލިބާނުން ވެފައިވާ ވައުދުތަކުގެ ތެރެއިން އަނެއްކާ ވެސް އިތުރު ވައުދަކާ ޚިލާފުވީ ކަމަށެވެ.
"އެމީހުން ވެރިކަމަށް އެރީއްސުރެ އަހަރެމެންނަށް ފެންނަމުން ދަނީ އަންހެނުންނަށް ފުރުސަތުތައް ހަނިކުރާ ތަން. ހަމައެކަނި ތައުލީމީ ދާއިރާއަކުން ނޫން، އާންމު މުޖްތަމައުގެ ތެރޭގައި ވެސް އަފްޣާނިސްތާނުގެ އަންހެނުންނަށް މިހާރު އޮތީ ވަރަށް ހަނި ޖާގައެއް،" ސްޓެފަން ވިދާޅުވި އެވެ.
"ތާލިބާނުން އަނެއްކާ ވެސް މި ކުރީ ވަރަށް އުނދަގޫވާ ކަމެއް. އަންހެނުންނާއި އަންހެނުންގެ ތައުލީމުގެ ފުރިހަމަ ބައިވެރިވުން ނުހޯދައި، ގައުމަށް ދިމާވެފައިވާ ގޮންޖެހުންތަކާ ކުރިމަތިލެވޭނީ ނުވަތަ ގައުމެއް ތަރައްގީވާނެ ގޮތެއް ޚިޔާލަށް ގެނައުމަކީ ވެސް އުނދަގޫ ކަމެއް."
އަފްޣާނިސްތާނުގައި އޮތް ތާލިބާނުންގެ ވެރިކަމުން ނިންމި ނިންމުން، މިދިޔަ 20 އަހަރު އެ ގައުމު އަޅުވެތިކޮށްގެން އުޅުނު އެމެރިކާ އާއި އިނގިރޭސި ވިލާތުން ވަނީ ކުށްވެރިކޮށްފަ އެވެ. އެ ދެ ގައުމުން ބުނި ގޮތުގައި ތާލިބާނުންގެ ސަރުކާރުން އެ ގައުމުގެ އާންމު ރައްޔިތުންގެ ހައްގުތަކަށް ހުރިމަތްތެރިކޮށް ހިތައިފުމަށް ދާންދެން، އަދި ޚާއްސަކޮށް އެ ގައުމުގެ އަންހެނުންގެ އިންސާނީ ހައްގުތަކާއި އަސާސީ މިނިވަންކަމަށް އިހުތިރާމް ކޮށްފުމަށް ދާންދެން، ތާލިބާނުންގެ ސަރުކާރަކީ ގާނޫނީ ސަރުކާރެއް ކަމަށް ބައިނަލްއަގުވާމީ މުޖްތަމައުން ބަލައެއް ނުގަންނާނެއެވެ.
އެހީ ދިނުމުގައި އަންހެނުން ބައިވެރިކުރަން ހުއްދަ ދެނީ
އެހީ ދޭ އިދާރާތަކުގައި އަންހެނުން މަސައްކަތްކުރުން މަނާ
އަފްގާނު އަންހެނުން މޫނު ނިވައިކުރުން މަޖުބޫރުކޮށްފި
އަންހެން މުވައްޒަފުން ގޭގައި މަޑުކޮށްލާ: ތާލިބާން
ސާނަވީގައި އަންހެން ކުދިންނަށް ކިޔަވައިނުދޭނެ
ދެ ޖިންސް މަސްހުނި ނުވާ ގޮތަށް އަންހެނުންނަށް ކިޔެވޭނެ
އަންހެނުންގެ ސެލޫންތައް ހިންގުން ތާލިބާނުން މަނާކޮށްފި
ތާލިބާނުންގެ ސަރުކާރު ބަލައިގަނެވޭކަށް ނެތް: އދ
އަފްޣާނު މަޖިލީހުގެ ކުރީގެ އަންހެން މެންބަރު މަރާލައިފި
ތާލިބާނުންގެ ނިންމުން ބަދަލުކުރުމަށް ސައޫދީން ގޮވާލައިފި