09 ޖޫން 2019
އިންޑިޔާގެ ސެންޓްރަލް ބޯޑް އޮފް އިންޑައިރެކްޓް ޓެކްސަސް އެންޑް ކަސްޓަމްސް އާއި ރާއްޖޭގެ ކަސްޓަމްސް ސާވިސްއާ ދެމެދު ވީ އެއްބަސްވުމުގެ ސަބަބުން ރާއްޖޭގެ ކަސްޓަމްސް މުވައްޒަފުންގެ ގާބިލްކަން އިތުރު ކުރެވޭނެ ކަމަށް އެ އިދާރާއިން ބުނެފި އެވެ.
އިންޑިޔާގެ ސެންޓްރަލް ބޯޑް އޮފް އިންޑައިރެކްޓް ޓެކްސަސް އެންޑް ކަސްޓަމްސް އާއި ރާއްޖޭގެ ކަސްޓަމްސް ސާވިސްއާ ދެމެދު ވީ އެއްބަސްވުމުގެ ސަބަބުން ރާއްޖޭގެ ކަސްޓަމްސް މުވައްޒަފުންގެ ގާބިލްކަން އިތުރު ކުރެވޭނެ ކަމަށް އެ އިދާރާއިން ބުނެފި އެވެ.
އިއްޔެ ވީ އެއްބަސްވުމުގެ ދަށުން، ދުނިޔޭގެ ކަސްޓަމްސް ޖަމްއިއްޔާގެ ސަރަހައްދީ ތަމްރީން މަރުކަޒެއް ކަމަށްވާ އިންޑިޔާގެ ނެޝަނަލް އެކަޑަމީ އޮފް ކަސްޓަމްސް، އިންޑައިރެކްޓް ޓެކްސެސް އެންޑް ނާކޮޓިކްސް (ނާސިން) އާ ގުޅިގެން ކަސްޓަމްސް ދާއިރާއިން ގާބިލްކަން އިތުރުކުރާނެ އެވެ.
އެގޮތުން ޓްރޭޑް ފެސިލިޓޭޝަނާއި ސަޕްލައިޗެއިން ސެކިއުރިޓީ އާއި ބައިނަލް އަގްވާމީ މިންގަނޑުތަކާއި މުއާހަދާތައް ތަންފީޒްކުރުމަށް ބޭނުންވާ އެހީތެރިކަން ފޯރުކޮށްދިނުން ހިމެނެ އެވެ. އަދި ދިރާސާތައް ހެދުމާއި، ބައިނަލްއަގްވާމީ މިންގަނޑުތަކާ އެއްގޮތަށް ތަމްރީން ޕްރޮގްރާމްތައް ހިންގުމާއި މުވައްޒަފުން ބިނާކުރުމުގެ އެންމެހާ ކަންކަން ތަންފީޒްކުރުމުގައި އެހީތެރިކަން ފޯރުކޮށްދިނުން ވެސް ހިމަނާފައި ވެ އެވެ.
ދިވެހި ސަރުކާރުގެ ފަރާތުން މި އެއްބަސްވުން ސޮއިކުރެއްވީ ކޮމިޝަނާ ޖެނެރަލް އޮފް ކަސްޓަމްސް އަހުމަދު ނުއުމާނެވެ. އަދި އިންޑިއާ ސަރުކާރުގެ ފަރާތުން އެއްބަސްވުން ސޮއިކުރައްވާފައި ވަނީ އިންޑިއާއިން ދިވެހިރާއްޖެ އަށް ކަނޑައަޅުއްވާފައި ހުންނަ އެމްބެސަޑާ ސަންޖޭ ސުދީރު އެވެ.
މަނީ ލޯންޑަރިންގެ ތުހުމަތުގައި ބިދޭސީއަކު ހައްޔަރުކޮށްފި
ޑިކްލެއާ ނުކޮށް ގެނައި 1.1 މިލިއަންގެ ރަން ނެގޭނެ
އިންޑިއާއާ އެކު ކަސްޓަމްސް އިން އެމްއޯޔޫގައި ސޮއިކޮށްފިި
10،000 ޑޮލަރު ބޭރު ކުރާ ނަމަ ޑިކްލެއާ ކުރަންޖެހޭ
އިންޑިއާއިން ހިންގާ ތަމްރީނު ޕްރޮގްރާމްތަކެއް ފަށައިފި
އަދީބު ޓަގަށް އަރާވަޑައިގަތީ ކިހިނެއް؟
ރާއްޖެ އެތެރެކުރި 3 ކިލޯގެ ޑްރަގްސް އަތުލައިގެންފި
ރާއްޖެ އައި މީހެއްގެ އަތުގައި ދެ ކިލޯގެ މަސްތުވާތަކެތި
ޕޮލިސް އެކަޑަމީގެ މަރާމާތަށް 8.5 މިލިއަން ދީފި
އިންޑިއާގެ ސަފީރު، ރައީސަށް ވަދާއީ ޒިޔާރަތްކުރައްވައިފި