Roadha Mihaaru
ރާއްޖެ އެތެރެކުރި 3 ކިލޯގެ ޑްރަގްސް އަތުލައިގެންފި

ރާއްޖެ އެތެރެކުރި ތިން ކިލޯގެ މަސްތުވާތަކެތި އަތުލައިގެންފި

06 މާޗް 2019

ވައިގެ މަގުން އިންޑިއާ އާއި ސްރީ ލަންކާ އިން މިދިޔަ ހޯމަ ދުވަހު ރާއްޖެ އެތެރެކުރި ތިން ކިލޯގެ މަސްތުވާތަކެތި ރާއްޖޭގެ ކަސްޓަމްސް އިން އަތުލައިގެންފި އެވެ.

ވައިގެ މަގުން އިންޑިއާ އާއި ސްރީ ލަންކާ އިން މިދިޔަ ހޯމަ ދުވަހު ރާއްޖެ އެތެރެކުރި ތިން ކިލޯގެ މަސްތުވާތަކެތި ރާއްޖޭގެ ކަސްޓަމްސް އިން އަތުލައިގެންފި އެވެ.

ކަސްޓަމްސް އިން މިއަދު ބުނީ، މަސްތުވާތަކެތީގެ ބާވަތެއް ކަމަށްވާ ހަޝިޝް އޮއިލް ރާއްޖެ އެތެރެކުރަން އުޅުނީ ދިވެއްސަކާއި އިންޑިއާގެ މީހެއް ކަމަށެވެ. މި ދެ މީހުން ރާއްޖެ އެތެރެވީ ދެ މަތިންދާބޯޓަކުންނެވެ.

ލަންކާ އިން ރާއްޖެ އެތެރެވި ދިވެއްސަކާ މެދު ޝައްކު އުފެދިގެން ބެލިއިރު އޭނާގެ ފޮށިތަންމަތިން 1491 ގްރާމްގެ ހަޝިޝް އޮއިލް އާއި 529 ގްރާމްގެ ހެރޮއިން ފެނިފައިވެ އެވެ. އިންޑިއާ އިން އައި އެ ގައުމުގެ މީހާގެ އަތުން ފެނުނު ހަޝިޝް އޮއިލްގެ ބަރުދަނުގައި 998 ގްރާމް ހުރި ކަމަށް ވެސް ކަސްޓަމްސް އިން ބުންޏެވެ.

ކަސްޓަމްސް އިން ވަނީ އެ ދެ މީހުންނާ އެކު މަސްތުވާތަކެތި ފުލުހުންނާ ހަވާލުކޮށްފަ އެވެ.