09 ޑިސެމްބަރ 2024
އިންޑިއާ ސަރުކާރުގެ ހިލޭ އެހީގައި އައްޑޫގައި އިމާރާތްކުރި ނެޝަނަލް ކޮލެޖް އޮފް ޕޮލިސިން އެންޑް ލޯ އެންފޯސްމަންޓްގެ މަރާމާތަށް އިންޑިއާ އިން 8.5 މިލިއަން ރުފިޔާ ދީފި އެވެ.
އިންޑިއާ ސަރުކާރުގެ ހިލޭ އެހީގައި އައްޑޫގައި އިމާރާތްކުރި ނެޝަނަލް ކޮލެޖް އޮފް ޕޮލިސިން އެންޑް ލޯ އެންފޯސްމަންޓްގެ މަރާމާތަށް އިންޑިއާ އިން 8.5 މިލިއަން ރުފިޔާ ދީފި އެވެ.
ޕޮލިސް އެކަޑަމީގައި ބޭއްވި 37 ވަނަ ޕޮލިސް އިނީޝިއަލް ޓްރެއިނިން ކޯހުގެ ދަސްވެނިވެ ހިނގާލުމުގެ ރަސްމިއްޔާތުގައި ހޯމް މިނިސްޓަރު އަލީ އިހުސާން ވިދާޅުވީ އިންޑިއާ ސަރުކާރުން އައްޑޫ ޕޮލިސް އެކަޑަމީގެ މަރާމާތާ ގުޅޭ ކަންކަމަށް 8.5 މިލިއަން ރުފިޔާ ދިނުމުން ހާމަވަނީ ދެ ގައުމުގެ މެދުގައި އޮތް ހާއްސަ ގުޅުން ކަމަށެވެ.
އިންޑިއާގެ ނޭޝަނަލް ޕޮލިސް އެކަޑަމީގެ ޑިރެކްޓަރު އަމިތު ވެސް ބައިވެރިވެވަޑައިގަތް އެ ރަސްމިއްޔާތުގައި މިނިސްޓަރު ވަނީ އިންޑިއާ ސަރުކާރުގެ އެހީއަށް ޝުކުރު އަދާކުރައްވައިފަ އެވެ.
ތަމްރީނުތައް ފުރިހަމަކުރި ފުލުހުންނަށް މުހާތަބު ކުރައްވައި އިހުސާން ވިދާޅުވީ މިއީ އެމީހުންގެ ހަޔާތުގައި އަންނާނެ އެންމެ މުހިއްމު އެއް ދުވަސް ކަމަށާއި މިއީ އެ އޮފިސަރުންނަކީ ތަމްރީނު ލިބިފައިވާ ބަޔަކަށް ބަދަލުވެ، ރާއްޖޭގެ ގާނޫނުގެ ތެރެއިން ހިދުމަތަށް ނިކުތުމަށް އަޅާނެ ފުރަތަމަ ފިޔަވަޅު ކަމަށެވެ.
އެކަމަކީ ފަހުރާއި ޝަރަފުގެ އިތުރުން ޒިންމާތަކެއް ވެސް އިހުސާސްކުރެވޭނެ ދުވަހެއް ކަމަށް ވިދާޅުވެ އިހުސާން އެދިވަޑައިގަތީ ރާއްޖޭގައި އޮތް ޑްރަގުގެ މައްސަލަ ހައްލުކުރުމަށް މަސައްކަތްކުރުމާއި ގޭންގު ހަދައިގެން ކުރަމުންދާ ކުށްތައް ހުއްޓުވުމުގައި އެހީތެރިކަން ފޯރުކޮށްދިނުމަށެވެ.
ޕޮލިސް އެކަޑަމީގައި ބޭއްވި 37 ވަނަ ޕޮލިސް އިނީޝިއަލް ޓްރެއިނިން ކޯހުގެ ދަސްވެނިވެ ހިނގާލުމުގެ ރަސްމިއްޔާތު.
ކުށުގެ ވެށީގައި އުޅޭ ކުޑަކުދިން ކުށްތަކުން ސަލާމަތްކޮށް ރައްކާތެރި މާހައުލަކަށް އެކުދިން ގެންގޮސް، މުޖުތަމައަށް ފައިދާ ހުރި ބަޔަކަށް ހެދުމަކީ ފުލުހުންގެ ކޮނޑުގައި އެޅިފައިވާ ޒިންމާއެއް ކަމަށް ވެސް ވިދާޅުވި އެވެ.
އިހުސާން ވަނީ ރާއްޖޭގައި ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީންގެ މައްސަލަ ހައްލުކުރުމަކީ މުއައްސަސާތަކާ ގުޅިގެން އެ އިދާރާއިން ކުރަންޖެހޭ ކަމެއް ކަމަށް ވިދާޅުވެފަ އެވެ.
އެކަންކަމަކީ ރައްޔިތުން ފުލުހުންގެ ކިބައިން އެދޭ އެދުމެއް ކަމަށާއި އެކަމަށް ހުރަސްތަކެއް ހުއްޓަސް އެ މަގުން ކުރިއަށް ދިއުމަށް މިނިސްޓަރު އެދިވަޑައިގަތެވެ.
މިނިސްޓަރު ވިދާޅުވި ގޮތުގައި ދާހިލީ ވުޒާރާގެ ކަންކަން މިހާރު ބައްޓަން ކޮށްފައި އޮތީ ނަތީޖާ ނެރެވޭނެ ގޮތަކަށެވެ.
ޕޮލިސް އެކަޑަމީގައި ބޭއްވި 37 ވަނަ ޕޮލިސް އިނީޝިއަލް ޓްރެއިނިން ކޯހުގެ ދަސްވެނިވެ ހިނގާލުމުގެ ރަސްމިއްޔާތު.
އިހުސާން ވިދާޅުވީ މިދިޔަ އަހަރެއްހާ ދުވަހުގެ ތެރޭގައި 1.3 ބިލިއަން ރުފިޔާގެ ޑްރަގު ދައުރުވުން ހުއްޓުވާފައިވާ ކަމަށެވެ. އަދި ޑްރަގާ ދެކޮޅަށް ވަރުގަދަ މަސައްކަތްތަކެއް ކުރެވެމުންދާ ކަމަށާއި އެކަން ކުރުމުގެ ކުރިން ހުއްޓުވުމަށް ވެސް މަސައްކަތްތައް ކުރެވިފައިވާ ކަމަށެވެ.
ފާއިތިވި އަހަރު ދުވަހުގެ ތެރޭގައި ނަތީޖާ ނެރެފައިވާ ކަމަށާއި ފުލުހުންގެ ބުރަ މަސައްކަތަށް ފަހުރުވެރިވާ ކަަމަށް އިހުސާން ވިދާޅުވި އެވެ.
އެ ރަސްމިއްޔާތުގައި ވަނީ އެ ކޯހުން އެންމެ މޮޅު ދަރިވަރަކަށް ހޮވުނު ޕޮލިސް ކޮންސްޓަބަލް ހަސަން ޝާމިލަށް ކޮމިޝަނާ އެކްސެލެންސް އެވޯޑު ވެސް އަރުވައިފަ އެވެ.
ފުލުހުންގެ އިމާރާތް ހަވާލުކުރި ކުންފުނި ހޯދައިފި
އިންޑިއާ ކުންފުންޏަށް ޖަމާކުރި 3.6މިލިއަން ގެއްލިއްޖެ
އިންޑިއާއަށް ލިބޭނީ ލޮޖިސްޓިކަލް އެހީތެރިކަން އެކަނި
ޕޮލިސް އެކަޑެމީއަކީ ފާހަގަކުރެވޭ ތަނަކަށް ވާނެ
"އިންޑިއާ އެހީވާއިރު ވެރިކަމުގައި ތިބި ބައެއް ނުބަލާ"
އައްޑޫ ޕޮލިސް އެކަޑެމީ ހިންގާނީ ރާއްޖޭން: ސަފީރު
ޕޮލިސް އެކަޑެމީގެ ބޯޑުގައި އައްޑޫ ކައުންސިލް ހިމެނޭނެ
ސީޕީ އެދިވަޑައިގަތީ ފުލުހުންގެ އަހުލާގު ހިފަހަައްޓަން!
އެފްއެސްއެމް މުވައްޒަފުންތަކެއްގެ ވައްކަމުގެ މައްސަލަ
އެމްޑީޕީގެ އެކްޓިވިސްޓު ޝާފިއު ފުލުހަށް ހާޒިރުކުރަނީ