22 ސެޕްޓެމްބަރ 2021
އިންޑިއާގެ ހިލޭ އެހީގައި އައްޑޫގައި އިމާރާތް ކުރަމުން އަންނަ ޕޮލިސް އެކަޑެމީ އަކީ ދިވެހި ފުލުހުންގެ ތަނެއް ކަމަށާއި އެތަން ހިންގާނެ ގޮތް ނިންމާނީ ވެސް ދިވެހި ފުލުހުން ކަމަށް ރާއްޖޭގައި ހުންނަވާ އިންޑިއާ ސަފީރު ސަންޖޭ ސުދިރު ވިދާޅުވެއްޖެ އެވެ.
އިންޑިއާގެ ހިލޭ އެހީގައި އައްޑޫގައި އިމާރާތް ކުރަމުން އަންނަ ޕޮލިސް އެކަޑެމީ އަކީ ދިވެހި ފުލުހުންގެ ތަނެއް ކަމަށާއި އެތަން ހިންގާނެ ގޮތް ނިންމާނީ ވެސް ދިވެހި ފުލުހުން ކަމަށް ރާއްޖޭގައި ހުންނަވާ އިންޑިއާ ސަފީރު ސަންޖޭ ސުދިރު ވިދާޅުވެއްޖެ އެވެ.
މިދިޔަ އާދީއްތަ ދުވަހު "މިހާާރު" އަށް ދެއްވި ހާއްސަ އިންޓަވިއުއެއްގައި ސަފީރު ވިދާޅުވީ، އެއީ އިންޑިއާގެ ސިފައިން ބައިތިއްބަން އަޅާ ތަނެކޭ ކިޔައިގެން ބައެއް މީހުން ވާހަކަ ދެއްކި ކަމަށާއި ނަމަވެސް މިހާރު އެ ވާހަކަ ހުއްޓިއްޖެ ކަމަށެވެ. އެއީ އޭނާ ވިދާޅުވި ގޮތުގައި ޕޮލިސް ކަމިޝަނަރު މުހައްމަދު ހަމީދާއި ފުލުހުންގެ ޓީމްތައް އެތަނަށް ޒިޔާރަތް ކުރައްވައި އާއްމުންނަށް ވެސް ޕޮލިސް އެކަޑެމީ ފެންނަން ފެށުުމުންނެވެ.
ސަލާމަތާއި ރައްކާތެރިކަމުގެ ދާއިރާއިން ރާއްޖެއާ އިންޑިއާ ދެމެދު މިހާރު އޮތް ގުޅުން ކުރިއަށް ވުރެެ މާ ވަރުގަދަވެ، އެ ދާއިރާއިން އިންޑިއާއިން ދޭ އެހީތެރިކަން އިތުރުވުމަކީ އިންޑިއާގެ ނުފޫޒު ރާއްޖެއަށް ގަދަވާ ކަމަށް ބައެއް ފަރާތްތަކުން ތުހުމަތުކުރާ އެއް ސަބަބެވެ. އެ ކަމަށް އިންޑިއާއިން ދޭނެ ޖަވާބަކީ ކޮބައިތޯ ސުވާލުކުރުމުން ސަފީރު ވިދާޅުވީ ސަލާމަތީ ކަންތައްތައް ބެލެހެއްޓުމަކީ މިހާރު އެއްވެސް ގައުމަކުން އަމިއްލައަށް ކުރާ ކަމެއް ނޫން ކަމަށެވެ.
"އެއީ [ސަލާމަތީ ކަންތައްތައް ބެލެހެއްޓުމަކީ ސަރަހައްދީ މަފްހޫމެއް، ކޮންމެ ގައުމަކަށް ވެސް،" އޭނާ ވިދާޅުވި އެވެ.
އޭގެ މިސާލަކަށް އޭނާ ދެއްކެވީ އިންޑޯ ޕެސިފިކް ސެކިއުރިޓީ ފޯރަމްގެ ނަމުގައި ދާދި ފަހުން ރާއްޖޭގައި ބޭއްވި ބައްދަލުވުމެކެވެ. އެ ބައްދަލުވުން، މާދުރުގައިވާ އެމެރިކާ އާއި ރާއްޖޭން ކޯ ހޮސްޓް ކުރި ކުރުމަކީ ސަފީރު ވިދާޅުވި ގޮތުގައި ސަލާމަތީ ކަންކަމުގައި ގައުމުތަކުން އެއްބާރުލުންދޭ ގޮތުގެ މިސާލެކެވެ. އިންޑިއާ އާއި ރާއްޖެއާ ދެމެދު އެ ދާއިރާ އިން އޮންނަނީ އޭނާ ވިދާޅުވި ގޮތުގައި އެފަދަ ގުޅުމެކެވެ.
މޯލްޑިވްސް ޕޮލިސް ސާވިސްއަކީ އެމްއެންޑީއެފަށް ވުރެ ވެސް ގިނަ މީހުން ތިބި މުއައްސަސާއެއް ކަމަށާއި އަމިއްލަ އެކަޑެމީއެއް ހުންނަން ޖެހޭ ކަމަށް އެ އިދާރާ އިން ނިންމީ އެހެންވެ ކަމަށް ވެސް ސަފީރު ވިދާޅުވި އެވެ.
"އެތަން ވާނީ އެމްޕީއެސް އަށް ވަރަށް އަގުހުރި އެސެޓަކަށް. އެއީ އިންޑިއާގެ އެސެޓެއް ނޫން. އެއީ ހިލޭ އެހީން ބިނާކުރި ތަނެއް އަދި މަހެއް ނުވަތަ ދޮޅުމަހެއްހާ ދުވަހުގެ ތެރޭގައި އެތަން [އެމްޕީއެސް] އާ ހަވާލުކުރާނެ،" ސަފީރު ވިދާޅުވި އެވެ.
ރާއްޖޭގައި ހުންނަވާ އިންޑިއާގެ ސަފީރު ސަންޖޭ ވާހަކަ ދައްކަވަނީ.
އައްޑޫ ހިތަދޫ މާމެންދޫ ސަރަހައްދުގައި އިމާރާތް ކުރާ ޕޮލިސް އެކަޑެމީ އަކީ އިންޑިއާގެ ސަރުކާރުގެ 33 މިލިޔަން ޑޮލަރުގެ ހިލޭ އެހީއަކުން ބިނާކުރާ ތަނެކެވެ. އެތަން އިމާރާތްކުރުުގެ މަސައްކަތް ކުރީ ވެސް އިންޑިއާގެ ކުންފުންޏަކުންނެވެ. ސަރުކާރަށާއި އިންޑިއާ އާއި ރައްޖެއާ ދެމެދު އޮންނަ ގުޅުމަށް ފާޑުކިޔާ ފަރާތްތަކުން ތުހުމަތުކުރާ ގޮތުގައި އެތަން އިމާރާތް ކުރުމުގެ ބޭނުމަކީ އިންޑިއާގެ ސިފައިން އައްޑޫގައި ގާއިމުވެ ތިބުމެވެ.
އެކަމަކު އިންޑިއާގެ ސަފީރު ވިދާޅުވިގޮތުގައި، ޕޮލިސް އެކަޑެމީ ދިވެހި ސަރުކާރާ ހަވާލުކުރުމަށް ފަހު، އެތަން ހިންގާނެ ގޮތް ނިންމާނީ ރާއްޖޭން ކަމަށެވެ.
"އިންޑިއާ އަދި ރާއްޖޭގެ ސިޔާސީ އިސްވެރިން ސަމާލުކަންދޭ އެއް ކަމަކީ ދެ ގައުމު އެކީގައި ދެ ގައުމުގެ ގުޅިފައިވާ ސަލާމަތީ ކަންތައްތައް ވަރުގަދަކުރުން. ދިވެހި ސިފައިންނާއި ފުލުހުން ބާރުވެރިކުރުވައި ތަމްރީނު ކުރަން ސަމާލުކަން ދޭ. މީގެ ސަބަބުން މި ސަރަހައްދުގެ ސަލާމަތާއި ރައްކާތެރިކަން ޔަގީންވޭ،" އޭނާ ވިދާޅުވި އެވެ.
"އެތަން ވާނީ އެމްޕީއެސް އަށް ވަރަށް އަގުހުރި އެސެޓަކަށް. އެއީ އިންޑިއާގެ އެސެޓެއް ނޫން. އެއީ ހިލޭ އެހީން ބިނާކުރި ތަނެއް އަދި މަހެއް ނުވަތަ ދޮޅުމަހެއްހާ ދުވަހުގެ ތެރޭގައި އެތަން [އެމްޕީއެސް] އާ ހަވާލުކުރާނެ،" ---ސަފީރު
ސަފީރު ވިދާޅުވީ، އިންޑިއާ އިން ދިވެހި ސިފައިންނާއި ފުލުހުން ތަމްރީނުކޮށް ސިފައިން އަދި ފުލުހުންގެ އިދާރާތަކުގެ އުމްރާނީ ތަރައްގީ އެހީވެދެނީ ރާއްޖެ އަދި މި ސަރަހައްދުގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުވެ ނުރައްކާތަކުން ސަލާމަތް ވުމަށް ކަމަށެވެ.
އައްޑޫގައި އިމާރާތްކުރި ޕޮލިސް އެކަޑަމީ އަކީ ސަލާމަތާއި ރައްކާތެރިކަމުގެ ދާއިރާއިން ރާއްޖެ އަށް އެހީތެެރިވުމަށް ހިންގާ މަޝްރޫއުތަކުގެ ތެރެއިން އެންމެ ބޮޑު އެއް މަޝްރޫ އެވެ. އެފަދަ އަނެއް މަޝްރޫއަކީ ޅ. މާފިލާފުށީގައި ހެދި ކޮމްޕޮސިޓް ޓްރޭނިން ސެންޓަރެވެ. ކުރީގެ ރައީސް މުހައްމަދު ވަހީދުގެ ވެރިކަމުގައި ބިންގާ އެޅި އެ ސެންޓަރުގެ މަަސައްކަތް ނިންމީ 2016 ވަނަ އަހަރު އެވެ.
ސަފީރު ވިދާޅުވީީ މާފިލާފުށީ ކޮމްޕޮސިޓް ޓްރޭނިން ސެންޓަރުގެ ޖާގަ އިތުރުކުރަން ވެސް އިންޑިއާ އިން ހަތް މިލިޔަން ޑޮލަރުގެ އެހީއެއް ދީފައިވާ ކަަމަށެވެ.
އިންޑިއާއަށް ލިބޭނީ ލޮޖިސްޓިކަލް އެހީތެރިކަން އެކަނި
ޕޮލިސް އެކަޑެމީއަކީ ފާހަގަކުރެވޭ ތަނަކަށް ވާނެ
ޕޮލިސް އެކަޑެމީގެ ބޯޑުގައި އައްޑޫ ކައުންސިލް ހިމެނޭނެ
"އިންޑިއާ އެހީވާއިރު ވެރިކަމުގައި ތިބި ބައެއް ނުބަލާ"
އައްޑޫ މޭޔަރުގެ ކާރުގައި "އިންޑިއާ އައުޓް" ޖަހައިފި
ޕޮލިސް އެކަޑަމީ އަންނަ މާޗު މަހު ނިމޭނެ: ސީޕީ
ޕޮލިސް އެކަޑެމީއާ މެދު އުމަރުގެ ހޫނު ރައްދެއް ޝާހިދަށް
ވާނީ ފުލުހުންގެ މަރުކަޒުގެ ދެވަނަ ފިޔަވަހި ނިމިއްޖެ
ޕޮލިސްއެކަޑެމީ އަޅާތީ ޝާހިދުގެ ޝުކުރު ޖަމީލާއި އުމަރަށް
9 މަޝްރޫއަކަށް އިންޑިއާއިން 85 މިލިއަން ރުފިޔާ ދީފި