ދ. ވާނީގައި ހުންނަ ޕޮލިސް ޓްރެއިނިިން ސެންޓަރުގެ ދެ ވަނަ ފިޔަވަހީގެ މަސައްކަތް ނިންމުން މިއަދު ރަސްމީކޮށް ފާހަގަކޮށްފި އެވެ.
01 ސެޕްޓެމްބަރ 2020
ދ. ވާނީގައި ހުންނަ ޕޮލިސް ޓްރެއިނިިން ސެންޓަރުގެ ދެ ވަނަ ފިޔަވަހީގެ މަސައްކަތް ނިންމުން މިއަދު ރަސްމީކޮށް ފާހަގަކޮށްފި އެވެ.
އިންޑިއާގެ އެހީއާ އެކު ހިންގި އެ މަޝްރޫއުގެ ނިމުން ފާހަގަކުރުމަށް އިސްކަންދަރު ބިލްޑިންގައި ބޭއްވި ރަސްމިއްޔާތުގައި ޕޮލިސް ކޮމިޝަނަރު މުހައްމަދު ހަމީދާއި ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދާއި ހޯމް މިނިސްޓަރު އިމްރާން އަބްދުﷲގެ އިތުރުން އިންޑިއާ އިން ރާއްޖެ އަށް ކަނޑައަޅާފައި ހުންނަ ސަފީރު ސަންޖޭ ސުދީރުގެ އިތުރުން ރައީސް އޮފީހުގެ އިސްވެރިން ބައިވެރިވަޑައިގަތެވެ.
? | The Inauguration of the Dh Vaanee Police Training Centre Development Phase II, funded by the Government of India pic.twitter.com/Zz3RK3iH4z
— Ministry of Foreign Affairs ?? (@MoFAmv) September 1, 2020
ފޮރިން މިނިސްޓްރީން މިއަދު ކުރި ޓްވީޓެއް
ވާނީގައި ހުންނަ ޕޮލިސް ޓްރޭނިން ސެންޓަރު ތަރައްގީ ކުރުމަށް އިންޑިއާ އިން ރާއްޖެ އަށް 8 މިލިއަން ރުފިޔާ ދީފައި ވެ އެވެ. ފުލުހުން ތަމްރީންކުރުމުގެ މަސައްކަތް މިހާރު ވެސް ކުރިއަށްގެންދާ މި ސެންޓަރަށް، އެ އެހީގެ ދަށުން ގިނަ ވަސީލަތްތަކެއް ހޯދާފައި އެވެ. އޭގެ ތެރޭގައި ރިވާސް އޮސްމޯސިސް ޕްލާންޓަކާއި، ރެޕްޓަލިން ޓަވަރަކާއި ސީލިން ޕްލެޓްފޯމަކާއި ޖިމަކާއި ޖިމް އިކުއިޕްމަންޓްގެ އިތުރުން ތަފާތު ވެހިކަލް ހިމެނެ އެވެ.
މި ރަސްމިއްޔާތުގައި ޕޮލިސް ކޮމިޝަނަރު ހަމީދު ވިދާޅުވީ ޒަމާނީ ވަސީލަތްތަކާ އެކު މި ސެންޓަރު ތަރައްގީކޮށް ނިމުމުން ފުލުހުންގެ އޮޕަރޭޝަންތަކަށާއި ފީލްޑް އޮފިސަރުން ތަމްރީނުކުރަން ގިނަ ފަސޭހަތަކެއް ލިބިގެންދާނެ ކަމަށެވެ. މި މަސައްކަތް ފުރިހަމަ ކުރަން އިންޑިއާ ސަރުކާރުންނާއި ފޮރިން މިނިސްޓްރީން ދީފައިވާ އެހީތެރިކަމަށް އޭނާ ޝުކުރުއަދާކުރެއްވި އެވެ.
"އިންޑިއާ އިން ވަނީ ދިވެހި ފުލުހުންގެ އެޑްމިނިސްޓްރޭޓިވް އަދި ޓެކްނިކަލް ސްޓާފް ތަމްރީން ކުރަން އެކި ގޮތުން އެހީވެފައި. އަދި އަޅުގަނޑުމެންގެ އުމްރާނީ ތަރައްގީ އަށް މާލީ އެހީތެރިކަން ދިނުމުގެ އިތުރުން ފުލުހުން ބޭނުންވާ ތަފާތު ވަސީލަތްތައް ފޯރުކޮށްދީފައިވޭ،" ކޮމިޝަނަރު ވިދާޅުވި އެވެ.
ހުޅުމާލެ ސެންޓްރަލް ޕާކާއި ޖެޓީ ތަރައްގީކުރަން ފަށައިފި
9 މަޝްރޫއަކަށް އިންޑިއާއިން 85 މިލިއަން ރުފިޔާ ދީފި
ފެހެންދޫ ދަރިވަރުންނަށް އިންޑިއާ އިން ފެރީއެއް
އައްބާސް އާދިލް ރިޒާ ހައްޔަރުކޮށްފި
ހުޅުޖަހަން ގޮވި މައްސަލަ ސަރުކާރުން ކުށްވެރިކޮށްފި
7 ރަށެއްގައި އިންޑިއާގެ އެހީގައި މަޝްރޫއުތަކެއް ފަށަނީ
އިންޑިއާއާ ދެކޮޅު ކެމްޕޭންގައި ޑްރަގު ބޮޑުން އުޅޭ:ސީޕީ
ވިސާ ލިބުން އެ ބުނާހާ ދައްޗެއް ނޫން: އިންޑިއާ
އައްޑޫ ޕޮލިސް އެކަޑެމީ ހިންގާނީ ރާއްޖޭން: ސަފީރު
ބޮމުގެ އިންޒާރު ދިން މީހާގެ ބަންދަށް އިތުރު 3 ދުވަސް