28 މެއި 2019
ކުރީގެ ވަރަށް މަގުބޫލު ފިލްމެއް ކަމަށްވާ "ޗަސްމެ ބައްދޫ" ގެ ރިމެކެއް 2013 ގައި ގެނެސް ދިނުމަށް ފަހު، އޭގެ ދެވަނަ ބައެއް ހަދަން ނިންމައިފި އެވެ.
ކުރީގެ ވަރަށް މަގުބޫލު ފިލްމެއް ކަމަށްވާ "ޗަސްމެ ބައްދޫ" ގެ ރިމެކެއް 2013 ގައި ގެނެސް ދިނުމަށް ފަހު، އޭގެ ދެވަނަ ބައެއް ހަދަން ނިންމައިފި އެވެ.
ޒީ ސްޓޫޑިއޯ އިން ޕްރޮޑިއުސްކުރާ ފިލްމަށް ދީފައިވާ ނަމަކީ "ޗަސްމެ ބައްދޫ 2" އެވެ. އަދި މީގެ ލީޑް ރޯލް ވަނީ ފާތިމާ ސަނާ ޝެއިހާއި "ސޯނޫ ކޭ ޓިޓޫ ކީ ސްވީޓީ" ފަދަ ފިލްމުތައް ކުޅުނު އެކްޓަރު ސަނީ ސިންގަށް ހުށަހަޅައިފަ އެވެ.
ނަމަވެސް ފިލްމު ޑައިރެކްޓް ކުރާނެ މީހަކު އަދި އިއުލާނެއް ނުކުރެ އެވެ.
"ޗަސްމެ ބައްދޫ" އަކީ 1981 ގައި ރިލީޒްކުރި ރޮމޭންޓިކް ކޮމެޑީއެކެވެ. އެ ފިލްމުގެ މުހިއްމު ރޯލްތައް ކުޅުނީ ފާރޫގް ޝެއިހް، ދީޕްތީ ނަވަލް، ސައީދު ޖެފްރީ، ރާކެޝް ބޭދީ އަދި ރަވީ ބަސްވާނީ އެވެ. މީގެ ސީކްއެލް 2013 ގައި ޑޭވިޑް ދަވަން ގެނެސް ދިނީ ތާޕްސީ ޕައްނޫ، އަލީ ޒަފަރު، ސިދާތު އަދި ދިވްޔެންޑޫ ޝަރުމާއާ އެކީގަ އެވެ.
"ޗަސްމެ ބައްދޫ 2" ގެ ޝޫޓިން މި އަހަރުގެ ފަހުކޮޅު ފަށަން ވަނީ ހަމަޖައްސައިފަ އެވެ.
ސްޓާ ޕްލަސްގެ ޓީވީ ސިލްސިލާ "އިސް ޕިޔާރު ކޯ ކިޔާ ނާމް ދޫ" ކުޅެގެން ބޮޑު މަޝްހޫރު ކަމެއް ލިބުނު އެކްޓަރު ބަރުން ސޮބްތީ ބައްޕައަކަށް ވާން އުޅޭކަން ޔަގީންކޮށް ދީފި އެވެ.
ދެހާސް ދިހައެއްގައި ޕަޝްމީން މަންޗަންޑާއާ ކައިވެނި ކުރި އެކްޓަރުގެ އަންހެނުންގެ ބަނޑު ދޮންނަން ބޭއްވި ހަފުލާގެ ތެރޭގައި ނަގާފައިވާ ފޮޓޯތަކެއް އިންސްޓަގްރާމްގައި ވެސް ހިއްސާކޮށްފައިވެ އެވެ. އޭގައި އޭނާ ދަރިފުޅަށް ކިޔާފާނެ ކަމަށް ބެލެވޭ ނަން ވެސް ހިއްސާކޮށްފަ އެވެ. އަންހެނުން ޕަޝްމީން އާއި ބަރުންގެ ނަން ގުޅުވައިގެން ހަދާފައިވާ ނަމަކީ ބަރްމީން އެވެ.
ޓީވީ ސިލްސިލާތައް ކުޅުމުގެ އިތުރަށް ބަރުން، 34، ވަނީ ބޮލީވުޑްގެ ބައެއް ފިލްމުތައް ވެސް ކުޅެފަ އެވެ. އޭގެ ތެރޭގައި "ތޫ މޭރާ ސަންޑޭ" އާއި "22 ޔާޑްސް" ހިމެނެ އެވެ.
ސަލްމާން ހާންގެ "ބާރަތު" ސިނަމާތަކަށް އަންނަން ދެން މާ ގިނަ ދުވަހެއް ނެތެވެ.
Bharat Ka Josh #BharatThisEid - https://t.co/PKt0TnIHNn@Bharat_TheFilm @aliabbaszafar @atulreellife @itsBhushanKumar #KatrinaKaif #Tabu @bindasbhidu @DishPatani @WhoSunilGrover @norafatehi @nikhilnamit @reellifeprodn @SKFilmsOfficial @TSeries
— Salman Khan (@BeingSalmanKhan) May 26, 2019
ޖޫން 5 ގައި ރިލީޒްކުރާ ފިލްމުގެ ޕްރޮމޯޝަނުގެ ތެރެއިން މިހާރު ވަނީ އަނެއްކާ ވެސް އާ ޕްރޮމޯއެއް ދައްކާލައިފަ އެވެ. އެކްޝަން މަންޒަރުތަކެއް ފެނިގެންދާ ޕްރޮމޯގައި ސަލްމާން ފެންނަނީ އުމުރުން ދުވަސްވީ ލުކްގަ އެވެ. "ބާރަތު" ގައި އޭނާ އުމުރުގެ އެކި ދައުރުތައް ދައްކުވައި ދޭނެ އެވެ.
އަލީ އައްބާސް ޒަފަރު ޑައިރެކްޓް ކުރާ މި ފިލްމަކީ ގައުމާއި ވަތަނަށްޓަކައި ފިދާވާ މީހެއްގެ ވާހަކަ ކިޔައިދޭ ފިލްމެކެވެ. "ބާރަތު" ބިނާކޮށްފައި ވަނީ 2014 ގައި ރިލީޒް ކުރި ކޮރެއާ ފިލްމު "އޯޑް ޓް މައި ފާދާ" އަށެވެ.
ބޮކްސް އޮފީހުގައި އަނެއްކާ ވެސް އާ ރެކޯޑްތަކެއް ވެސް ހަދާނެ ކަމަށް ލަފާ ކުރެވޭ "ބާރަތު" ގައި ސަލްމާނާ އެކު ފެނިގެންދާ ތަރިންގެ ތެރޭގައި ކެޓްރީނާ ކެއިފް، ޑިޝާ ޕަޓްނީ، ނޯރާ ފަތެހީ، ޖެކީ ޝްރޮފް އަދި ސުނިލް ގްރޯވާ ހިމެނެ އެވެ.
އަންނަ އޮގަސްޓް މަހުގެ 15 ގައި ރިލީޒް ކުރަން ނިންމާފައިވާކަން މިދިޔަ ހަފުތާގައި އިއުލާން ކުރި ޕްރަބާސްގެ "ސާހޯ" އެ ތާރީހުގައި ސްކްރީނަށް އައުމުގެ ފުރުސަތު ކުޑަ ކަމަށް ރިޕޯޓްތައް ބުނެފި އެވެ.
This Independence Day, say Saaho with us ✊?
— Shraddha (@ShraddhaKapoor) May 21, 2019
The biggest action movie ever made in India. Prabha’s returns on 15th August 2019. Here is the first look poster!!! ? #Prabhas @sujeethsign @UV_Creations @TSeries @SaahoOfficial pic.twitter.com/zN6MNCVVBn
ފިލްމީ ހަބަރުތައް ގެނެސްދޭ ނޫސްތަކުން ބުނީ "ބާހްބަލީ" ގެ އެކްޓަރުގެ އާ ފިލްމުގައި ވަރަށް ގިނަ އަދަދަކަށް ވީއެފްއެކްސް އެކުލެވޭތީ އެ މަސައްކަތަށް އަދިވެސް އިތުރު ވަގުތުތައް ނަގާނެ ކަމަށެވެ. އެހެންވެ އޮގަސްޓް 15 އާ ހަމައަށް އަންނަ އިރު ވެސް، ވީއެފްއެކްސް އެއްކޮށް ފުރިހަމަ ނުކުރެވިދާނެ ކަމަށް ބުންޏެވެ.
އެހެންވެ އެ ތާރީހުގެ ބަދަލުގައި އޮކްޓޯބަރު މަހުގެ ތެރޭގައި ފިލްމު ރިލީޒް ކުރަން ތާރީހެއް މިހާރު ނިންމުމުގެ މަސައްކަތް "ސާހޯ" ގެ ޓީމުން ކުރަމުން އަންނަ ކަމަށް ބޮލީވުޑް ހަންގާމާ އިން ބުންޏެވެ.
ސައުތުގެ ކުޅަދާނަ ޑައިރެކްޓަރު ސުޖީތު ޑައިރެކްޓްކޮށްފައިވާ މި ފިލްމަކީ ވަރަށް ޒަމާނީ އެކްޝަން ތުރިލާއެކެވެ. "ސާހޯ" ގެ ބަތަލާއަކީ ޝްރަދާ ކަޕޫރެވެ.
މި ފިލްމު ރިލީޒް ކުރަން އިއުލާން ކުރި ތާރީހު އޮގަސްޓް 15 އަކީ ޖޯން އަބްރަހަމްގެ "ބަތުލާ ހައުސް" ވެސް ތާވަލުކޮށްފައި އޮތް ތާރީހެވެ.
ބޮލީވުޑްގެ ޚަބަރުތައް ކުރުކޮށް
ބޮލީވުޑްގެ ޚަބަރުތައް ކުރުކޮށް
ބޮލީވުޑްގެ ޚަބަރުތައް ކުރުކޮށް
"ޓައިގާ 3"އަށް ފުރަތަމަ ދުވަހު 11 މިލިއަން ޑޮލަރު
ސަލްމާންގެ "ޓައިގާ 3" ދައްކާލައިފި
ޓައިގާ 3 އަކީ ކުޅުނު އެންމެ އުނދަގޫ ފިލްމު: ކެޓް
ޓައިގާގައި ދައްކާނީ ޕަތާން އާއި ވޯގެ ފަސް
ސަލްމާނާއި ކެޓްރީނާގެ "ޓައިގާ 3" ފަސްކޮށްފި
"ޓައިގާ 3" ގެ ޓީޒާ ނެރެފި، ފިލްމު އަންނަ އަހަރު
ސަލްމާނާއި ސަމަންތާ ކަމެއްތަ؟