24 ޖެނުއަރީ 2020
އުންމީދީ ޒުވާން ބަތަލާ ބޫމީ ޕެޑްނޭކަރު މައިގަނޑު ކެރެކްޓާ ކުޅޭ ބިރުވެރި ފިލްމު "ދުރުގާވަތީ" ގެ ޝޫޓިން ފަށައިފި އެވެ.
އުންމީދީ ޒުވާން ބަތަލާ ބޫމީ ޕެޑްނޭކަރު މައިގަނޑު ކެރެކްޓާ ކުޅޭ ބިރުވެރި ފިލްމު "ދުރުގާވަތީ" ގެ ޝޫޓިން ފަށައިފި އެވެ.
ޖީ އަޝޯކް ޑައިރެކްޓްކުރާ މި ފިލްމަކީ އަކްޝޭ ކުމާރުގެ ފިލްމު ކުންފުނި ކޭޕް އޮފް ގުޑް ހޯޕްސް އާއި ބުޝަން ކުމާރުގެ ޓީ ސީރީޒްގެ އިތުރުން އަބުންދާތީއާ އެންޓަޓައިންމަންޓް ގުޅިގެން ހަދާ ފިލްމެކެވެ.
ރިލީޒްކުރާނެ ތާރީހެއް އަދި އިއުލާންނުކުރާ "ދުރުގާވަތީ" ގެ ކާސްޓްގައި މާހީ ގިލް ވެސް ހިމެނެ އެވެ.
މި އަހަރު ބޫމީ ފެނިގެންދާ އެހެން ބިރުވެރި ފިލްމެއް ވެސް ސިނަމާތަކަށް އަންނާނެ އެވެ. އެއީ
އަންމަ މަހުގެ 21 އަށް ތާވަލުކޮށްފައިވާ ކަރަން ޖޯހަރުގެ ދަރުމާ ޕްރޮޑަކްޝަންގެ "ބޫތު-ޕާޓް ވަން: ހޯންޓެޑް ޝިޕް އެވެ.
ހުކުރު ދުވަހު ސިނަމާތަކުގައި ދައްކަން ފެށި ޑައިރެކްޓަރު ރެމޯ ޑި ސޫޒާގެ ފިލްމު "ސްޓްރީޓް ޑާންސް" ކްރިޓިކުންނަށް ވަރަށް ކަމުދިޔަ ފިލްމަކަށްވެއްޖެ އެވެ.
#OneWordReview...#StreetDancer3D: DELIGHTFUL.
— taran adarsh (@taran_adarsh) January 22, 2020
Rating: ⭐️⭐️⭐️⭐️
Will dance its way into your hearts... Remo gets it right... Aces: Choreography. Drama. Music. Emotions... #Varun, #Shraddha, #PrabhuDheva sparkle... Yet another #BoxOffice winner of 2020. #StreetDancer3DReview pic.twitter.com/ggbGbXtxuU
ވަރަށް ގިނަ ކްރިޓިކުން މި ފިލްމަށް ފަސް ތަރިން ހަތަރު ތަރީގެ ރޭޓިންއެއް ދީފައިވާ އިރު، މަޝްހޫރު ފިލްމު ކްރިޓިކް ތަރަން އަދާޝް ބުނީ މިއީ ހުރިހާ ރަހަތައް ހެޔޮވަރު ފިލްމެއް ކަމަށެވެ. "ސްޓްރީޓް ޑާންސާ" އަށް އޭނާ ވެސް ހަތަރު ތަރީގެ ރޭޓިންއެއް ދެމުން ފިލްމު ސިފަކޮށްފައި ވަނީ ބަލައިލަން ހިތްގައިމު "ޑިލައިޓްފުލް" ފިލްމެއްގެ ގޮތުގަ އެވެ.
ތަރަން ފާހަގަކުރި ގޮތުގައި މި ފިލްމަކީ ޒުވާނުންނަށް ވަރަށް ކަމުދާނެ ފިލްމެކެވެ. އަދި ވަރަށް އަވަހަށް "ސްޓްރީޓް ޑާންސާ" 100 ކްރޯޑް ރުޕީސް (14 މިލިއަން ޑޮލަރު) ހަމަކުރާނެ ކަމުގެ އުންމީދު ބޮޑު ކަމަށް ބުންޏެވެ.
މި ފިލްމުގެ ތަރިންނަކީ ވަރުން ދަވަން އާއި ޝްދަރާ ކަޕޫރެވެ. އަދި ފިލްމުގެ ރޯލަކުން ނޯރާ ފަތެހީ އާއި ޕްރަބޫދޭވާ ވެސް ފެނިގެންދެ އެވެ.
ޓައިގާ ކިޔާ ކެރެކްޓާއެއް ސަލްމާން ޚާން ކުޅޭ އެކްޝަން ފިލްމުގެ ތިން ވަނަ ބައި ޑައިރެކްޓްކުރަން ޕްރަބޫދޭވަ އަށް ހުށަހަޅާފއިވާ ކަމަށް ރިޕޯޓްތައް ބުނެފި އެވެ.
ސަލްމާނާއި ކެޓްރީނާ ކެއިފް މައިގަނޑު ރޯލްތައް ކުޅޭ މި ސީރީޒްގެ ފުރަތަމަ ބައި "އޭކް ތަ ޓައިގާ" 2012 ގައި ކަބީރު ޚާން ޑައިރެކްޓްކުރި އިރު، 2018 ގައި "ޓައިގާ ޒިންދާ ހޭ" ގެނެސްދިނީ އަލީ އައްބާސް ޒަފަރެވެ.
އެ ދެ ފިލްމު ވެސް ޕްރޮޑިއުސްކުރީ ޔާޝްރާޖް ފިލްމްސް (ވައިއާރްއެފް) އިންނެވެ.
ޕްރަބޫދޭވޭ އަކީ މިދިޔަ މަހު ރިލީޒްކުރި ސަލްމާންގެ "ދަބަންގް 3" ގެ ވެސް ޑައިރެކްޓަރެވެ. އަދި ސަލްމާން މި އަހަރު ފިތުރު އީދުގައި ގެނެސްދޭ "ރާދޭ: އިންޑިއާސް މޯސްޓް ވޯންޓެޑް ބާއީ" ގެ ޑައިރެކްޓަރަކީ ވެސް ޕްރަބޫދޭވާ އެވެ.
ބޮޑު ކާމިޔާބީއެއް ހޯދި ރިތިކް ރޯޝަންގެ ފިލްމު "ކަހޯ ނާ ޕިޔާރު ހޭ" އިން މީގެ 20 އަހަރު ކުރިން ބޮލީވުޑަށް ނުކުތް ނަމަވެސް މިހާތަނަށް މާ ބޮޑު ކުރިއެރުމެއް ނުލިބުނު ބަތަލާ އަމީޝާ ޕަޓޭލް އާ ފިލްމެއްގެ މަސައްކަތް ފަށައިފި އެވެ.
Teaser poster of Tauba Tera Jalwa starring Jatin Khurana, Ameesha Patel and Angela Krislinzki. Directed by Akashaditya Lama. Shree Ram Productions association with Victorious Enterprises produced by Naresh Bansal & Madanlal Khurana Second schedule starts on 1st Feb in Ghaziabad pic.twitter.com/7tRKrGeRyl
— Komal Nahta (@KomalNahta) January 22, 2020
"ތޯބާ ތޭރާ ޖަލްވާ" ގެ ނަން ދީފައިވާ މި ފިލްމުގެ ޕޯސްޓަރު ވެސް މިހާރު ދައްކާލާފައިވާ އިރު، އަމީޝާ އެކު މީގެ ކާސްޓުންގެ ތެރޭގައި ހިމެނެނީ ޖަތިން ކްރާނާ އާއި އެންގެލާ ކްރިސްލިންޒްކީ އެވެ.
މާ ބޮޑު ތަފުސީލެއް އަދި ހިއްސާނުކުރާ މި ފިލްމުގެ ފުރަތަމަ ޝޫޓިން ޝެޑިއުލް ނިންމައިލުމަށް ފަހު އަންނަ މަހު ދެވަނަ ޝެޑިއުލް ފަށަން އަންނަނީ ތައްޔާރުވަމުންނެވެ.
އަމީޝާ އެންމެ ފަހުން ސްކްރީނުން ފެނިފައި ރިލީޒްނުކޮށް ގިނަ ދުވަސްތަކެއްވެފައި ވަނިކޮށް 2018 ގައި ސިނަމާތަކަށް ގެނައި ސަނީ ޑިއޯލްގެ "ބައްޔާޖީ ސުޕަހިޓް" އިންނެވެ.
ބޮލީވުޑްގެ ޚަބަރުތައް ކުރުކޮށް
"ދޫމް 4" ކުޅޭ ވާހަކަ އަކީ ދޮގެއް: އަކްޝޭ
"ދޫމް 4" ގެ ވިލަންއަކަށް ދީޕިކާ؟
ބޮލީވުޑްގެ ޚަބަރުތައް ކުރުކޮށް
"ދޫމް 4" އަށް އަކްޝޭ ކުމާރު؟
ބޮލީވުޑްގެ ޚަބަރުތައް ކުރުކޮށް
ބޮލީވުޑްގެ ޚަބަރުތައް ކުރުކޮށް
"ޓައިގާ 3"އަށް ފުރަތަމަ ދުވަހު 11 މިލިއަން ޑޮލަރު
ސަލްމާންގެ "ޓައިގާ 3" ދައްކާލައިފި
ޓައިގާގައި ދައްކާނީ ޕަތާން އާއި ވޯގެ ފަސް