23 ޑިސެމްބަރ 2019
އަންނަ މަހުގެ 24 ގައި ރިލީޒްކުރާ "ސްޓްރީޓް ޑާންސާ" ގެ ފުރަތަމަ ލަވަ ދައްކާލައިފި އެވެ.
އަންނަ މަހުގެ 24 ގައި ރިލީޒްކުރާ "ސްޓްރީޓް ޑާންސާ" ގެ ފުރަތަމަ ލަވަ ދައްކާލައިފި އެވެ.
ރެމޯ ޑި ސޫޒާ ޑައިރެކްޓް ކޮށްފައިވާ ފިލްމުގެ ލަވަތަކުގެ ތެރެއިން ބެލުންތެރިންނަށް ފުރަތަމަ ދޫކޮށްލީ ވަރަށް ބޮޑަށް މަޝްހޫރުވި ކުރީގެ ލަވައެއް ކަމަށްވާ "މުގާބަލާ" ގެ އާ ވާޝަނެކެވެ. ކުރީގެ ލަވައިގައި ވެސް މޮޅެތި ނެށުންތަކެއް ދެއްކި ޕްރަބޫދޭވާއާ އެކު ވަރުން ދަވަން އާއި ޝްރަދާ ކަޕޫރްގެ އިތުރުން އާ ލަވައިގެން ގިނަ އަދަދެއްގެ ބެކް ޑާންސަރުން ފެނެ އެވެ.
"މުގާބަލާ" ގެ އާ ލަވަ ގެނެސްދީފައި ވަނީ ކުރީގެ ލަވައިގެ ވެސް އެންމެ ހާއްސަ ސްޓެޕްތަކާ އެކީގަ އެވެ. އޭއާރް ރަހްމާންގެ މިއުޒިކަށް ހަދާފައި އޮތް ލަވައިގެ މިއުޒިކާ ތަނިޝްގް ބަގްޗީ ކުޅެ، މި ޒަމާނުގެ ގޮތްގަނޑު އެ އަށް ގެނެސްފައިވާ އިރު ލަވަކިޔާފައި ވަނީ ޔާޝް ނަވްރޭކަރާއި ޕަރަމްޕަރާ ތާކޫރެވެ.
ނަށާ ގްރޫޕްތަކެއްގެ ކުރިމަތިލުންތަކެއް ފެނިގެންދާ "ސްޓްރީޓް ޑާންސާ" އަކީ ޓީ ސީރީޒުން ޕްރޮޑިއުސްކޮށްފައިވާ 3ޑީ ފިލްމެކެވެ.
The god brings back the beat @PDdancing #muqabla @remodsouza thank u for letting me be a part of this even thought it for Just a bit lol https://t.co/Dq8ltPH0tp ??⚡️? #StreetDancer3D. This song would never pe possible without our maestro of music @arrahman.
— Varun SAHEJ Dhawan (@Varun_dvn) December 21, 2019
މީގެ ކާސްޓުންގެ ތެރޭގައި ބޮލީވުޑްގައި މިހާރު އެންމެ ވިދާ އައިޓަމް ގާލް ނޯރާ ފަހެތީ ވެސް ހިމެނޭ އިރު ގިނަ އަދަދެއްގެ ނެށުންތެރިން ފިލްމުން ފެންނާނެ އެވެ.
މިދިޔަ އަހަރު ރިލީޒްކުރި އަޖޭ ދޭވްގަންގެ ކާމިޔާބު ފިލްމު "ރެއިޑް" ގެ ސީކްއެލްއެއް ހަދަން ނިންމާފައިވާ ކަމަށް ރިޕޯޓްތައް ބުނެފި އެވެ.
ބޮލީވުޑް ހަންގާމާ އިން ބުނިގޮތުގައި ރާޖްކުމާރު ގުޕްތާ ޑައިރެކްޓްކުރި ފިލްމުގެ ދެވަނަ ބައިގެ ވާހަކަ އަޖޭއާ މިހާރު ހިއްސާކޮށްފައިވާ އިރު، އޭނާ ވަނީ ފިލްމަށް ފެހި ސިގްނަލް ދީފަ އެވެ. "ރެއިޑް" ގެ ބަތަލާ އަކީ އިލިއާނާ ޑި ކްރޫޒެވެ.
އެއީ އިންކަމް ޓެކްސް އަށް މަކަރު ހަދާ މީހުން އަތުލައިގަންނަން ޓެކްސް އޮފިސަރުންތަކެއް ކުރާ މަސައްކަތުގެ ތެރޭގައި ދިމާވާ ހާދިސާތަކެއް ދައްކުވައި ދިން ފިލްމެކެވެ. މިއީ ޖުމްލަ 60 ކްރޯޑް ރުޕީސް (8 މިލިއަން ޑޮލަރު) ގެ ބަޖެޓަކުން ހެދި "ރެއިޑް" އަކީ ބޮކްސް އޮފީހުގައި 148.45 ކްރޯޑް ރުޕީސް (21 މިލިއަން ޑޮލަރު) ގެ އާމްދަނީއެއް ލިބުނު ފިލްމެކެވެ.
މި ފިލްމުގެ ބޮޑު ކާމިޔާބީ އަށް ފަހު ގުޕްތާ ހުށަހެޅި ފިލްމަކީ މި އަހަރު ކުރީކޮޅު އަރުޖުން ކަޕޫރާ އެކު ގެނެސްދިން "އިންޑިއާސް މޯސްޓް ވޯންޓެޑް" އެވެ. އެކަމަކު އެއީ ބޮޑު ފްލޮޕެކެވެ.
މި އަހަރު "ގަލީ ބޯއި" އިން ބޮލީވުޑަށް ނުކުތް ޒުވާން އެކްޓަރު ސިދާންތު ޗަތުރަވެދީ އަކީ މިހާރު އެންމެ ގަދައަށް އެ އެކްޓަރެއްގެ ވާހަކަ ދެކެވޭ އެކެކެވެ.
ޔާޝްރާޖް ފިލްމްސް (ވައިއާރްއެފް) ގެ "ބަންޓީ އޯރް ބަބްލީ 2" ގެ މަސައްކަތް އޭނާ މިހާރު ކުރަމުން އަންނަ އިރު، ކަރަން ޖޯހަރު ދީޕިކާ ޕަދުކޯނާއި އަނަންޔާ ޕާންޑޭއާ އެކު ގެނެސްދޭން ނިންމާފައިވާ ފިލްމުގެ ބަތަލަކީ ވެސް ސިދާންތެވެ.
ރިޕޯޓްތައް މިހާރު ބުނާގޮތުން އޭނާ ވަނީ އަނެއްކާ ވެސް އިތުރު ބޮޑު ފިލްމަކަށް ސޮއިކޮށްފަ އެވެ. އެއީ ޑައިރެކްޓަރު ރާހުލް ދޮލާކިއާ ސައިފް އަލީ ޚާނާއި އަނަންޔާއާ އެކު ގެނެސްދޭން ނިންމާފައިވާ ފިލްމެވެ. އެ ފިލްމުގައި ސައިފް ފެންނާނ އަނަންޔާގެ ބައްޕަގެ ރޯލުން ކަމަށް ވެ އެވެ. އަދި މި ފިލްމަށް ސިދާންތު ސޮއިކޮށްފައިވާ ކަމަށް މީޑިއާ އިން ބުނި ނަމަވެސް ރަސްމީކޮށް އަދި ފިލްމު އިއުލާނެއް ނުކުރެ އެވެ.
ދޮލާކިއާ އެންމެ ފަހުން ގެނެސްދިން ފިލްމަކީ ޝާހްރުކް ޚާނާއި ޕާކިސްތާނުގެ ބަތަލާ މާހިރާ ޚާނާ އެކު 2017 ގައި ގެނެސްދިން "ރައީސް" އެވެ.
އިންޑިއާގެ ފިޔާގެ އަގު ބޮޑުވުމާ ގުޅިގެން އެކަމަށް ޖެހި ޖޯކެއްގެ ގޮތުގައި ސޮނީ ޓީވީގެ "ދަ ކަޕިލް ޝަރުމާ ޝޯ" ގައި އޭގެ ބައިވެރިއެއް ކަމަށްވާ ސަޕްނާ (ކުރުޝްނާ އަބީޝެކް) އަގު ބޮޑު ހަދިޔާއެއްގެ ގޮތުގައި ބަތަލާ ކަރީނާ ކަޕޫރަށް ދިން ކަންފަތުލާ "ފިޔާ މުދި" އަކްޝޭ ކުމާރުގެ އަންހެނުން ޓްވިންކަލް ކަންނާ ކަންފަތުގައި ލައި، އޭގެ ފޮޓޯ އިންސްޓަގްރާމްގައި ހިއްސާކޮށްފި އެވެ.
ކަރީނާ އަށް "ފިޔާ މުދި" ހަދިޔާކުރީ އަންނަ މަހިުގެ 27 ގައި ރިލިޒްކުރާ ފިލްމު "ގުޑް ނިއުސް" ގެ ޕްރޮމޯޝަނަށް އެ ފިލްމުގެ ޓީމުން ދިއުމުންނެވެ.
ކަޕިލް ޝޯގެ ހޮނިހިރު ދުވަހުގެ ރޭގެ އެޕިސޯޑްގައި ވަނީ ސަޕްނާ ކަރީނާ އަށް ފިޔާ މުދި ހަދިޔާކުރާ ތަން ވެސް ފެނިގެން ގޮސްފަ އެވެ. އެ ފިޔާ ފަހުން ކަރީނާ، އަކްޝޭ އަށް ދިނުމުން އެ ހިފައިގެން ގެއަށް ގޮސް ޓްވިންކަލް އަށް ހަދިޔާކުރި ވާހަކަ މީގެ ހަފުތާއެއްހާ ދުވަސްކުރިން ޓްވިންކަލް ސޯޝަލް މީޑިއާގައި ހިއްސާކޮށްފައިވެ އެވެ.
"ފިޔާ މުދި" ކަންފަތުގައި ލައިގެން ޓްވިންކަލް ނަގާފައިވާ ފޮޓޯ އިންސްޓަގްރާމްގައި ހިއްސާކުރަމުން ބުނީ ގެއަށް ގެނައި ހަދިޔާ ބޭނުންކުރަން ފުރުސަތު ލިބުމަކީ ބޮޑު އުފަލެއް ކަމަށެވެ.
އެ މުދީގެ ފުލުގައި އިންނަނީ ކުދި ދެ ފިޔާ އެވެ.
ބޮލީވުޑްގެ ޚަބަރުތައް ކުރުކޮށް
ބޮލީވުޑްގެ ބޮޑު ފިލްމުތަކަކަށް އާ ތާރީހުތަކެއް
ބޮލީވުޑްގެ ޚަބަރުތައް ކުރުކޮށް
ބޮލީވުޑްގެ ޚަބަރުތައް ކުރުކޮށް
ބޮލީވުޑްގެ ޚަބަރުތައް ކުރުކޮށް
ބޮލީވުޑްގެ ޚަބަރުތައް ކުރުކޮށް
ބޮލީވުޑްގެ ޚަބަރުތައް ކުރުކޮށް
އަންހެން ފުލުހަކަށް ފިލްމެއް ހަދަން އެދުނިން: ކެޓްރީނާ
ލޮކްޑައުންގައި ދަސްވީ ކެއްކުމާއި ފްރާންސް ބަސް: ސައިފް
ސަލްމާންގެ އަންތިމް އާއި އަޖޭގެ މައިދާން ޑިޖިޓަލްކޮށް؟