22 އޯގަސްޓް 2020
އަކްޝޭ ކުމާރުގެ ފިލްމު "ބެލް ބޮޓަމް" ގެ ޝޫޓިން ފަށައިފި އެވެ.
އަކްޝޭ ކުމާރުގެ ފިލްމު "ބެލް ބޮޓަމް" ގެ ޝޫޓިން ފަށައިފި އެވެ.
ފިލްމުގެ ސެޓުން ނަގާފައިވާ ވީޑިއޯއެއް ސޯޝަލް މީޑިއާގައި އާންމުކޮށް އަކްޝޭ ބުނީ ފިލްމުގެ މަސައްކަތް ކުރިއަށް ދަނީ ކޮވިޑް-19 އިން ރައްކާތެރިވުމުގެ ފިޔަވަޅުތައް ވެސް އަޅައިގެން ކަމަށެވެ. ސްކޮޓްލެންޑްގައި ބޮޑު ބައި ޝޫޓްކުރާ މި ފިލްމުގެ ބަތަލާ އަކީ ވާނީ ކަޕޫރެވެ.
ރަންޖީތު ތިވާރީ ޑައިރެކްޓްކުރާ ފިލްމުގެ އިތުރު ކާސްޓުންގެ ތެރޭގައި ލާރާ ދައްތާ އާއި ހޫމާ ގްރޭޝީ ވެސް ހިމެނެ އެވެ.
"ބެލް ބޮޓަމް" އަކީ ނިކިލް އަދުވާނީގެ އެއްމޭ އެންޓަޓައިންމަންޓާއި ވާޝޫ ބަގްނާނީގެ ޕޫޖާ އެންޓަޓައިންމަންޓުން ހަދާ ފިލްމެކެވެ. މި ފިލްމު ސިނަމާތަކަށް ގެންނަން ނިންމާފައި ވަނީ އަންނަ އަހަރުގެ އެޕްރީލް 2 ގަ އެވެ.
Lights, Camera, Mask On and Action?Following all the new norms and filming on for #BellBottom! It’s a difficult time but work has to go on. Need your love and luck ??@vashubhagnani @Vaaniofficial @humasqureshi @LaraDutta @ranjit_tiwari @jackkybhagnani @honeybhagnani pic.twitter.com/NgklPjQims
— Akshay Kumar (@akshaykumar) August 20, 2020
އަކްޝޭގެ ކުރިއަށް ހުރި ފިލްމުތަކުގެ ތެރެއިން އެންމެ އަވަހަށް ބެލުންތެރިންނާ ހަމައަށް އަންނާނެ ކަމަށް ބެލެވެނީ ޑިޒްނީ ޕްލަސް ހޮޓްސްޓާ އިން ޕްރިމިއާކުރަން ހަމަޖެހިފައިވާ ހޮރޯ-ކޮމެޑީ "ލަކްޝްމީ ބޮމް" އެވެ.
ސިނަމާތަކުގައި ނޫނީ ރިލީޒްނުކުރާނެ ކަމަށް ކުރިން ބުނެފައިވާ ޑައިރެކްޓަރު ޑޭވިޑް ދަވަންގެ ފިލްމު "ކޫލީ ނަމްބަރު 1" ގެ ޑިސްޓްރިބިއުޝަން ރައިޓްސް އެކްތާ ކަޕޫރްގެ ބާލާޖީ އަށް ވިއްކާލާފައިވާ ކަމަށް ދާދި ފަހުން މީޑިއާތަކުން ރިޕޯޓްކޮށްފައި ވަނިކޮށް އެ ފިލްމު އެމެޒޯން ޕްރައިމް ވީޑިއޯ އިން ޕްރިމިއާކުރަން ހަމަޖެހިފައިވާ ކަމަށް ރިޕޯޓްތައް ބުނެފި އެވެ.
Breaking#Coolieno1 will be releasing on @PrimeVideoIN #VarunDhawan #SaraAliKhan starrer film will have a digital release
— Honest Boxoffice Collection (@HonestBoxoffice) August 19, 2020
So, Theatrical release canceled due to pandamic
Confirmed pic.twitter.com/N14vyxjb58
ކުރިން މެއި މަހުގެ 1 ގައި ރިލީޒްކުރަން ނިންމި ފިލްމު ކޮވިޑް-19 އާ ހެދި އިންޑިއާ ލޮކްޑައުންއަކަށް ދިއުމުން ފަސްކުރުމަށް ފަހު، އަންނަ އަހަރުގެ ޖެނުއަރީ 1 ގައި ރިލީޒްކުރަން ނިންމާފައިވާ ކަމަށް ދާދި ފަހުން ނޫސްތަކުން ބުންޏެވެ. ނަމަވެސް މިހާރު ފިލްމީ ޚަބަރުތައް ގެނެސްދޭ ނޫސްތަކުން ބުނާގޮތުން އޭގެ ޑިޖިޓަލް ރައިޓްސް މިހާރު އެމެޒޯނަށް ވިއްކާލާފައިވާތީ ފިލްމު ގެނެސްދޭނީ އެ ޕްލެޓްފޯމުންނެވެ. އެކަމަކު އެކަން އަދި ކަށަވަރެއް ނުވެ އެވެ.
ބައެއް ނޫސްތަކުން ބުނުގޮތުގައި "ކޫލީ ނަމްބަރު 1" އަކީ މި އަހަރު ޑިޖިޓަލް ރައިޓްސް ވިއްކައިލި ފިލްމުތަކުގެ ތެރެއިން އެންމެ ބޮޑު އަގެއް ލިބުނު އަކްޝޭގެ "ލަކްޝްމީ ބޮމް" އާއި އަޖޭ ދޭވްގަންގެ "ބޫޖް: ދަ ޕްރައިޑް އޮފް އިންޑިއާ" އަށް ފަހު އެންމެ ބޮޑު އަގެއް ލިބުނު ފިލްމެވެ.
"ކޫލީ ނަމްބަރު 1" ގެ ތަރިންނަކީ ވަރުން ދަވަނާއި ސާރާ އަލީ ޚާނެވެ.
އަޖޭ ދޭވްގަން ސޮއިކޮށްފައިވާ ޔާޝްރާޖް (ވައިއާރްއެފް) ގެ ފުރަތަމަ ފިލްމަކީ ސުޕަހީރޯ ފްރެންޗައިޒެއް ކަމަށާއި މިއީ ވަރަށް ބޮޑު ބަޖެޓަކުން ހަދާނެ ފިލްމެއް ކަމަށް ރިޕޯޓްތައް ބުނެފި އެވެ.
ފިލްމީ ޚަބަރުތައް ގެނެސްދޭ ނޫސްތަކުން ބުނިގޮތުގައި އަޖޭގެ ފިލްމު ޑައިރެކްޓްކުރާނީ އަލަށް ޑައިރެކްޝަނަށް ނުކުންނަ ޝިބް ރަވައިލް އެވެ. އޭނާ އަކީ "ލަވްސްޓޯރީ" އާއި "ބޭތާބު" އަދި "ސަމަންދަރު" ފަދަ ފިލްމުތައް ގެނެސްދިން ކުރީގެ ޑައިރެކްޓަރު ރާހުލް ރަވައިލްގެ ދަރިފުޅެވެ.
ޝިވް ވަނީ ކުރިން ވައިއާރްއެފްގެ "ދޫމް 3" އާއި "ފޭންް" ފަދަ ފިލްމުތަކުގެ އެސިސްޓަންޓް ޑައިރެކްޓަރެއްގެ ގޮތުގައި މަސައްކަތްކޮށްފަ އެވެ.
ބޮލީވުޑް ހަންގާމާ އިން ބުނިގޮތުގައި ވައިއާރްއެފަށް އަޖޭ ސޮއިކުރި ފިލްމު އަންނަ މަހުގެ 27 ގައި ރަސްމީކޮށް އިއުލާންކުރާނެ އެވެ. އަދި މިއަށް ކާސްޓުން ހަމަޖެއްސުމުގެ މަސައްކަތް ވެސް މިހާރު އަންނަނީ ކުރަމުންނެވެ.
ދާދި ފަހުން ކޮވިޑް-19 އަށް ފަރުވާ ހޯދި އެކްޓަރު އަމީތާބް ބައްޗަން ސޮނީ ޓީވީގައި ހޯސްޓްކުރާ ޝޯ "ކޯން ބަމޭގާ ކަރޯޑްޕަތީ" ގެ 12 ވަނަ ސީޒަންގެ ޝޫޓިން ފަށަން ތައްޔާރުވެއްޖެ އެވެ.
އަމީތާބް ބަލިވުމުގެ ކުރިން ގޭގައި ހުރެގެން އަމިއްލަ ފޯނުން ވީޑިއޯކޮށް ކުރިން ވަނީ ޝޯގެ ޕްރޮމޯތަކެއް ދައްކާލައިފަ އެވެ. މިހާރު ޝޯގެ ޝޫޓިން ރަސްމީކޮށް ފަށަން ތައްޔާރުވަމުން އަންނަ އިރު 77 އަހަރުގެ އެކްޓަރު ބުނީ އެކަން ކުރިއަށް ދާނީ ރައްކާތެރިކަމުގެ ފިޔަވަޅުތައް އޭގެ މަތީ ލެވެލްގައި އަޅައިގެން ކަމަށެވެ.
"ކޭބީސީ 12" ދައްކަން ފަށާނެ އިރެއް އަދި އިއުލާނެއްނުކުރެ އެވެ.
އަންހެން ފުލުހަކަށް ފިލްމެއް ހަދަން އެދުނިން: ކެޓްރީނާ
ބޮލީވުޑްގެ ޚަބަރުތައް ކުރުކޮށް
ބޮލީވުޑްގެ ޚަބަރުތައް ކުރުކޮށް
ބޮލީވުޑްގެ ބޮޑު ފިލްމުތަކަކަށް އާ ތާރީހުތަކެއް
ބޮލީވުޑްގެ ޚަބަރުތައް ކުރުކޮށް
ބޮލީވުޑްގެ ޚަބަރުތައް ކުރުކޮށް
"ދޫމް 4" ކުޅޭ ވާހަކަ އަކީ ދޮގެއް: އަކްޝޭ
ބޮލީވުޑްގެ ޚަބަރުތައް ކުރުކޮށް
ސަލްމާންގެ އަންތިމް އާއި އަޖޭގެ މައިދާން ޑިޖިޓަލްކޮށް؟
ބޮލީވުޑްގެ ޚަބަރުތައް ކުރުކޮށް