Roadha Mihaaru
ހަތިޔާރާ އެކު ސިފައިންގެ ތަމްރީނުތަކެއް މާލޭގައި

ހަތިޔާރާ އެކު ސިފައިންގެ ތަމްރީނުތަކެއް މާލެ އާއި ހުޅުމާލޭގައި ބާއްވަނީ

03 މެއި 2019

ސިފައިން، ހަތިޔާރާ އެކު އަންނަ އާދިއްތަ ދުވަހު މާލޭގައި ތަމްރީނުތަކެއް ބާއްވަން ނިންމައިފި އެވެ.

ލަމްޔާ އަބްދުﷲ ލަމްޔާ އަބްދުﷲ

ސިފައިން، ހަތިޔާރާ އެކު އަންނަ އާދިއްތަ ދުވަހު މާލޭގައި ތަމްރީނުތަކެއް ބާއްވަން ނިންމައިފި އެވެ.

އެމްއެންޑީއެފުން ނެެރުނު ދެންނެވުމެއްގައި ވާ ގޮތުން އާދިއްތަ ދުވަހުގެ ހެނދުނު 8 ން ހަވީރު 5 އަށް މާލޭގެ އިތުރުން ހުޅުމާލޭގައި ވެސް އެ ތަމްރީނުތައް އޮންނާނެ އެވެ.

"މި ތަމްރީނުތަކުގައި ސިފައިން ހަތިޔާރާ އެކު ހަރަކާތްތެރިވެ، ސިމިއުލޭޝަންގެ ގޮތުގައި ސިފައިން ބޭނުންކުރާ ހަތިޔާރާއި ގޮވާތަކެތި ބޭނުންކުރުމަށް ވަނީ ހަމަޖެހިފަ އެވެ،" އެމްއެންޑީއެފްގެ ދެންނެވުމުގައި ވެ އެވެ.

ސިފައިންގެ ތަމްރީނުތައް އާންމުކޮށް ބާއްވަނީ އެމްއެންޑީއެފްގެ ތަމްރީނު މަރުކަޒުތަކުގަ އެވެ. އެކަމަކު، މާލޭގައި ހަތިޔާރާ އެކު، ސިފައިން ދޭތެރެދޭތެރެއިން ތަމްރީނުތައް ބާއްވަ އެވެ.

މީގެ ދެ ހަފުތާ ކުރިން ސްރީ ލަންކާގައި ބޮން ގޮއްވައި 200 އަށް ވުރެ ގިނަ މީހުން މަރާލުމާ ގުޅިގެން، ރާއްޖޭގެ ސަލާމަތީ ކަންކަން ވަރުގަދަ ކުރާނެ ކަމަށް އެމްއެންޑީއެފުން ކުރިން ބުނެފައި ވެ އެވެ.