Roadha Mihaaru
ގޮވާތަކެއްޗާއެކު، ސިފައިންގެ ތަމްރީނެއް މާލޭގައި

ގޮވާތަކެއްޗާ އެކު، ސިފައިންގެ ޚާއްސަ ތަމްރީނުތަކެއް މާލޭގައި ބާއްވަނީ

06 ފެބުރުއަރީ 2020

ގޮވާތަކެއްޗާ އެކު، ސިފައިންގެ ޚާއްސަ ތަމްރީނެއް މި އަންނަ ހަފުތާގައި މާލޭގައި ވެސް ކުރިއަށް ގެންދަން އެމްއެންޑީއެފުން ނިންމައިފި އެވެ.

ގޮވާތަކެއްޗާ އެކު، ސިފައިންގެ ޚާއްސަ ތަމްރީނެއް މި އަންނަ ހަފުތާގައި މާލޭގައި ވެސް ކުރިއަށް ގެންދަން އެމްއެންޑީއެފުން ނިންމައިފި އެވެ.

އަންނަ އާދިއްތަ ދުވަހުން ފެށިގެން މި މަހުގެ 15 ގެ ނިޔަލަށް ބާއްވާ ތަމްރީނުތައް މާލޭގެ އިތުރުން ހުޅުމާލެ އަދި ހުޅުލޭގެ އެކި ސަރަހައްދުތަކުގައި ކުރިއަށް ގެންދާނެ ކަމަށް އެމްއެންޑީއެފުން ބުނެ އެވެ.

މިއީ، އެމްއެންޑީއެފުން ބުނިގޮތުގައި، "ބޮމްބް އެންޑް އިމްޕްރޮވައިޒްޑް އެކްސްޕްލޯސިވް ޑިވައިސް ޑިސްޕޯސަލް ޓްރޭނިން އެޑްވާންސް ކޯސް" އެންމެ ފަހުގެ އެކްސަސައިޒްގެ ހަރަކާތެކެވެ.

މި ތަމްރީނުތަކުގައި، "ސިމިއުލޭޝަން" ގެ ގޮތުގައި ސިފައިން ބޭނުންކުރާ ގޮވާތަކެތި ބޭނުންކުރާނެ ކަމަށް އެމްއެެންޑީއެފުން ބުންޏެވެ.

ހަތިޔާރާ އެކު ސިފައިން ހިންގާ ބައެއް ތަމްރީނުތައް ފަހަކަށް އައިސް މާލޭގައި އަންނަނީ ބާއްވަމުންނެވެ.