Roadha Mihaaru
މެރިން ކޯގެ ތަމްރީނުގައި އަލަށް އަންހެން ސިފައިން

އެމްއެންޑީއެފްގެ މެރިން ކޯގެ ތަމްރީނުގައި ފުރަތަމަ ފަހަރަށް އަންހެން ސިފައިން ބައިވެރިވެއްޖެ

12 އެޕްރީލް 2023

އެމްއެންޑީއެފްގެ މެރިން ކޯގެ އަސާސީ ތަމްރީނު ކޯހުގައި ފުރަތަމަ ފަހަރަށް އަންހެން ސިފައިން ބައިވެރިވެއްޖެ އެވެ.

އިފްރާޒް އަލީ އިފްރާޒް އަލީ

އެމްއެންޑީއެފްގެ މެރިން ކޯގެ އަސާސީ ތަމްރީނު ކޯހުގައި ފުރަތަމަ ފަހަރަށް އަންހެން ސިފައިން ބައިވެރިވެއްޖެ އެވެ.

ޗީފް އޮފް ޑިފެންސް ފޯސް މޭޖަ ޖެނެރަލް އަބްދުﷲ ޝަމާލް އިއްޔެ ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ، މެރިން ކޯގެ އަސާސީ ތަމްރީނު ކޯހުގެ އާ ބެޗުގައި ތިން އަންހެން ސިފައިން ބައިވެރިވެފައިވާ ކަމަށެވެ.

އެ ކޯހުގައި ބައިވެރިވާ އަންހެން ސިފައިންނާއެކު ނަގާފައިވާ ފޮޓޯއެއް ވެސް ޝަމާލްގެ ޓުވީޓްގައި ހިއްސާކުރެއްވި އެވެ. އޭނާ ވަނީ އެ ތަމްރީނުތައް ކުރިއަށް ގެންދާ ސަރަހައްދަށް އިއްޔެ ވަޑައިގެން، ކޯހުގައި ބައިވެރިވާ ސިފައިންނާ ބައްދަލުކުރައްވައިފަ އެވެ.

ޝަމާލް ވިދާޅުވި ގޮތުގައި، އެއީ ދިވެހި ސިފައިންގެ ތާރީހުގައި ވެސް އެ ކޯހުގައި އަންހެން ސިފައިން ބައިވެރިވި ފުރަތަމަ ފަހަރެވެ.

މެރިން ކޯގެ ކޯހަކީ އެމްއެންޑީއެފްގައި ހިންގާ އެންމެ ބޮޑެތި އަދި އެންމެ އުނދަގޫ ތަމްރީނުތަކުގެ ތެރޭގައި ހިމެނޭ އެއް ކޯހެވެ.