Roadha Mihaaru
އައްޑޫގައި ސިފައިން ހަތިޔާރާއެކު 5 މަހުގެ ތަމްރީނެއް!

އައްްޑޫގައި ހަތިޔާރާއެކު ސިފައިންގެ ފަސް މަސް ދުވަހުގެ ތަމްރީނެއް ފަށައިފި

06 ޑިސެމްބަރ 2022

ތަމްރީނުތަކެއް ހެދުމަށް ފަސް މަސް ދުވަހަށް އައްޑޫގައި ސިފައިން ހަތިޔާރާ އެކު ހަރަކާތްތެރިވާން ފަށާފައިވާ ކަމަށް އައްޑޫ ސިޓީ ކައުންސިލުން މިއަދު ބުނެފި އެވެ.

އިފްރާޒް އަލީ އިފްރާޒް އަލީ

ތަމްރީނުތަކެއް ހެދުމަށް ފަސް މަސް ދުވަހަށް އައްޑޫގައި ސިފައިން ހަތިޔާރާ އެކު ހަރަކާތްތެރިވާން ފަށާފައިވާ ކަމަށް އައްޑޫ ސިޓީ ކައުންސިލުން މިއަދު ބުނެފި އެވެ.

އެ ކައުންސިލުން ކުރި އިއުލާނެއްގައި ބުނީ، އެމްއެންޑީއެފްގެ މެރިންކޯގެ އެ ތަމްރީނުތައް އަންނަ އަހަރުގެ އެޕްރީލް މަހުގެ ނިޔަލަށް ކުރިއަށް ގެންދާނެ ކަމަށެވެ.

ސިޓީ ކައުންސިލުން ބުނިގޮތުގައި، އެ ތަމްރީނުތައް ހެދުމަށް ސިފައިން ހަތިޔާރާއެކު އައްޑޫގެ ހުރިހާ އަވަށްތަކެއްގައި އުޅޭނެ އެވެ.

އައްޑޫ ސިޓީ ކައުންސިލުގެ އޮފިޝަލަކު "މިހާރު" އަށް ވިދާޅުވީ މިދިޔަ ހޮނިހިރު ދުވަހު އެ ތަމްރީނުތައް ފަށާފައިވާ ކަމަށެވެ. އެހެންވެ، އައްޑޫގެ މީހުންގެ ސަމާލުކަމަށްޓަކައި އެކަން ކައުންސިލުން މިއަދު ރަސްމީކޮށް އިއުލާންކުރީ ކަމަށް އޭނާ ވިދާޅުވި އެވެ.

އައްޑޫގައި ސިފައިންގެ ބޮޑު ތަމްރީނެއް ފެށިއިރު، މި ފަހުން، ނުރައްކާތެރި ޓެރަރިސްޓް ޖަމާއަތެއް ކަމަށްވާ އައިއެސްއާ ގުޅިގެން އައްޑޫގައި ބޮން ގޮއްވަން އުޅުނު ބަޔަކު ވަނީ ހުއްޓުވައިފަ އެވެ. އެ މައްސަލާގައި ގިނަ ބަޔަކު ހައްޔަރުކޮށް، މިހާރު ތިބީ ބަންދުގަ އެވެ.