Roadha Mihaaru
ފުރަތަމަ ޑިފެންސް އެޑްވައިޒަރަކަށް ކާނަލް ރައޫފް

ރާއްޖޭގެ ފަރާތުން މެލޭޝިއާ އަށް ކަނޑައެޅި ފުރަތަމަ ޑިފެންސް އެޑްވައިޒަރަކަށް ކާނަލް ރައޫފު

18 ސެޕްޓެމްބަރ 2020

ރާއްޖެ އިން މެލޭޝިއާ އަށް ކަނޑައެޅި ފުރަތަމަ ޑިފެންސް އެޑްވައިޒަރަކަށް ކާނަލް އަބްދުއްރައޫފް މިއަދު ހަމަޖައްސައިފި އެވެ.

އާމިނަތު ޝިފްލީން އާމިނަތު ޝިފްލީން

ރާއްޖެ އިން މެލޭޝިއާ އަށް ކަނޑައެޅި ފުރަތަމަ ޑިފެންސް އެޑްވައިޒަރަކަށް ކާނަލް އަބްދުއްރައޫފް މިއަދު ހަމަޖައްސައިފި އެވެ.

ޑިފެންސް އެޑްވައިޒަރުގެ އެޑްވައިޒަރުގެ މަސްއޫލިއްޔަތަކީ ދެ ގައުމުގެ އަސްކަރިއްޔާގެ ގުޅުން ބަދަހިކޮށް، ދިވެހި ސިފައިންނަށް އެ ގައުމުން ފުރުސަތުތައް ފަހިކޮށްދިނުމެވެ. އެގޮތުން، ތައުލީމާއި ތަމްރީނުގެ ފުރުސަތުތައް، މެލޭޝިއާގެ އަސްކަރިއްޔާ އިން، ދިވެހި ސިފައިންނަށް ހޯދައިދިނުމަށް ރައޫފް މަސައްކަތް ކުރައްވާނެ އެވެ.

އާ މަގާމުގެ މަސްއޫލިއްޔަތާއެކު އޭނާ ދެން ހުންނަވާނީ މެލޭޝިއާގަ އެވެ.

އެމްއެންޑީއެފުން ބުނީ މިވަގުތު ޑިފެންސް އެޑްވައިޒަރުގެ މަގާމުގައި ރާއްޖޭގެ ފަރާތުން ބޭފުޅުން ތިއްބަވަނީ މެލޭޝިއާގެ އިތުރުން އިންޑިއާ، ސްރީ ލަންކާ އަދި ޕާކިސްތާނުގައި ކަމަށެވެ. ރާއްޖޭގެ ފަރާތުން ފުރަތަމަ ޑިފެންސް އެޑްވައިޒަރަކަށް ބޭފުޅަކު ހަމަޖައްސާފައި ވަނީ އޭގެ ތެރެއިން އިންޑިއާ އަށެވެ.