29 އޯގަސްޓް 2020
މާލޭގައި ހުންނަ އިންޑިއަން ހައި ކޮމިޝަނުގެ ސަލަމާތީ ކަންކަން ވަރުގަދަކޮށް، ހަތިޔާރާ އެކު ސިފައިން ހަރަކާތްތެރިވާން މިއަދު ފަށައިފި އެވެ.
މާލޭގައި ހުންނަ އިންޑިއަން ހައި ކޮމިޝަނުގެ ސަލަމާތީ ކަންކަން ވަރުގަދަކޮށް، ހަތިޔާރާ އެކު ސިފައިން ހަރަކާތްތެރިވާން މިއަދު ފަށައިފި އެވެ.
އެކަމަކު އިންޑިއާ ހައި ކޮމިޝަނުގެ ސެކިއުރިޓީ ބެލެހެއްޓުމާ ސިފައިން ހަވާލުވީ ކީއްވެގެން ކަމެއް، އެމްއެންޑީއެފުން އަދި ނުބުނެ އެވެ. އެމްއެންޑީއެފްގެ ވައިބާ ގްރޫޕްގައި ބައެއް ނޫސްވެރިން އެ ސުވާލުކުރުމުން ވެސް ޖަވާބެއް އަދި ނުދެ އެވެ.
އަމީރު އަހުމަދު މަގުން އެސްޓާސް ފިހާރަ ކުރިމަތީގައި ހުންނަ އިންޑިއަން ހައި ކޮމިޝަނުގެ ސަލާމަތީ ކަންތައްތައް މިހާތަނަށް ބަލަހައްޓަމުން އައީ ފުލުހުން އެކަންޏެވެ. އެކަމަކު، ފުލުހުންގެ އިތުރުން ސިފައިންގެ ދެ މީހަކު ހަތިޔާރާ އެކު، މިއަދުން ފެށިގެން ހައި ކޮމިޝަންގެ ދޮރުމަތީގައި ފޯރިއަށް އެބަތިއްބެވެ.
ރާއްޖޭގައި ހުންނަ އިންޑިއަން ހައި ކޮމިޝަންގެ ކުރިމަތީގައި ސިފައިންގެ ދެ މީހަކު ހަތިޔާރާއެކު، މިއަދު ހަވީރު ފޯރިމަރަނީ.---ފޮޓޯ: ނިޝާން އަލީ/މިހާރު
ރާއްޖޭގައި ހުންނަ އެއްވެސް ޑިޕްލޮމެޓިކް މިޝަނެއްގެ ސަލާމަތީ ކަންކަން ބެލެހެއްޓުމުގައި، ޚާއްސަ ހާލަތެއްގައި ނޫނީ މީގެ ކުރިން ސިފައިން ހަތިޔާރާ އެކު ހަރަކާތްތެރިއެއް ނުވެ އެވެ.
އިންޑިއާއަށް އަމާޒުކޮށް އިއްޔެ އިދިކޮޅު ޕީޕީއެމާއި ޕީއެންސީން މާލޭގައި ސައިކަލް ބުރެއް ބޭއްވި އެވެ. "ރާއްޖެ ވިއްކާލުމާ ދެކޮޅު" ނަމުގައި ކުރިއަށް ގެންދިޔަ މި އެއްވުމުގެ ބޭނުމަކީ އިންޑިއާ އިން ރާއްޖޭގެ މައްޗަށް އަތްގަދަކުރުން ކަމަށް، އިދިކޮޅު ފަރާތްތަކުން ބުނެ އެވެ.
ރާއްޖޭގައި ހުންނަ އިންޑިއަން ހައި ކޮމިޝަންގެ ކުރިމަތީގައި ސިފައިންގެ މީހަކު ހަތިޔާރާއެކު، މިއަދު ހަވީރު ފޯރިމަރަނީ.---ފޮޓޯ: ނިޝާން އަލީ/މިހާރު
ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި އިންޑިއާ އަށް ވުރެ ބޮޑަށް ރާއްޖެ އިން ގުޅުން ބޭއްވީ ޗައިނާއާ އެކު އެވެ. ނަމަވެސް މިހާރުގެ ސަރުކާރުން އަންނަނީ އިންޑިއާއާ ވަރަށް ގާތް ގުޅުމެއް ބާއްވައި، ތަރައްގީގެ އެކި މަޝްރޫއުތަކަށް، ޗައިނާއަށް ވުރެ ބޮޑަށް، އިންޑިއާގެ އެހީތެރިކަން ހޯދަމުންނެވެ.
"އުތުރުތިލަފަޅުގައި އޮންނާނީ އެމްއެންޑީއެފް ކޮންޓްރޯލް"
އިންޑިއާ ސިފައިން ޖެހޭނީ މި ގައުމުން ފައިބަން: ޔާމީން
ކުރިއަށްދަނީ ކުރީ ސަރުކާރުގެ އެއްބަސްވުމަށް: އިންޑިއާ
އުމަރު ދައްކާ ވާހަކައިގެ ހަގީގަތެއް ނެތް:ސަރުކާރު
ސިއްރު އެއްބަސްވުމެއްގައި ސޮއެއް ނުކުރަން: މާރިޔާ
ރާއްޖެ-އިންޑިއާގެ އަސްކަރިއްޔާއާދެމެދު މައްސަލައެއް ނެތް
ތަމްރީނުތަކުގައި ބައިވެރިވުމަށް ސިފައިން އިންޑިއާއަށް
ރާއްޖެ އާއި އިންޑިއާގެ އަސްކަރީ ތަމްރީނުތަކެއް ބާއްވަނީ
އެމްއެންޑީއެފްގެ ހެލިކޮޕްޓަރު މާލެ އަށް ޖައްސަން ފަށަނީ
ދިވެހި ސިފައިންގެ ތަމްރީނެއް މިއަންމާއާ އެކު ނެތް