14 ޑިސެމްބަރ 2017
އިންޑިއާ ސިފައިންނާއެކު އެ ގައުމުގައި ބާއްވާ ތަމްރީނުތަކެއްގައި ބައިވެރިވުމަށް ދިވެހި ސިފައިންގެ ފައުޖެއް މިއަދު އެގައުމަށް ފުރައިފި އެވެ.
އިންޑިއާ ސިފައިންނާއެކު އެ ގައުމުގައި ބާއްވާ ތަމްރީނުތަކެއްގައި ބައިވެރިވުމަށް ދިވެހި ސިފައިންގެ ފައުޖެއް މިއަދު އެގައުމަށް ފުރައިފި އެވެ.
އެމްއެންޑީއެފުން ބުނީ "އެކްސަސައިޒް އެކުވެރިން 2017" ނަމުގައި ބާއްވާ މި ތަމްރީނުތައް މާދަމާ އިން ފެށިގެން މި މަހުގެ 28 ގެ ނިޔަލަށް ކަރްނަޓާކާ ސްޓޭޓްގެ ބެލްގަމްގައި ކުރިއަށް ދާނެ ކަމަށެވެ. އެކަމަކު، މި ތަމްރީނުތަކުގައި ބައިވެރިވަނީ ކިހާ އަދަދެއްގެ ސިފައިންނެއް ކަމެއް އެމްއެންޑީއެފުން ނުބުނެ އެވެ.
އިންޑިއާގެ މީޑިއާތަކުން ރިޕޯޓް ކޮށްފައިވާ ގޮތުން ދެ ހަފްތާގެ މުއްދަތަށް ކުރިއަށް ގެންދާ އެ ތަމްރީނުގެ ބޭނުމަކީ ޓެރަރިޒަމާ ދެކޮޅަށް ހިންގާ އޮޕަރޭޝަންތަކުގައި ދެ ގައުމުގެ ސިފައިންގެ ތަޖުރިބާ ހިއްސާ ކުރުމެވެ.
އިންޑިއާ ސިފައިންނާއި ދިވެހި ސިފައިން ގުޅިގެން އަސްކަރީ ތަމްރީނުތައް ދޭތެރެދޭތެރެއިން އަންނަނީ ބާއްވަމުންނެވެ. އެންމެ ފަހުން ދެ ގައުމު ގުޅިގެން އަސްކަރީ ތަމްރީނުތަކެއް ހިންގާފައިވަނީ މިދިޔަ އަހަރުގެ ޑިސެމްބަރު މަހު އެވެ. އޭރު ތަމްރީނުތައް ކުރިއަށް ގެންދިޔައީ ލ. ކައްދޫގަ އެވެ.
ދާދި ފަހުން ދިވެހި ސިފައިން ވަނީ ހަތިޔާރާ އެކު މާލޭގައި ވެސް އަސްކަރީ ތަމްރީނުތަކެއް ހަދައިފަ އެވެ.
"އުތުރުތިލަފަޅުގައި އޮންނާނީ އެމްއެންޑީއެފް ކޮންޓްރޯލް"
ރާއްޖެ-އިންޑިއާގެ އަސްކަރިއްޔާއާދެމެދު މައްސަލައެއް ނެތް
ރާއްޖެ އާއި އިންޑިއާގެ އަސްކަރީ ތަމްރީނުތަކެއް ބާއްވަނީ
އިންޑިއާ އާއި ދިވެހި ސިފައިންގެ ބޭންޑް ހަރަކާތްތަކެއް
ނޮވެމްބަރު 3ގެ އަނެއް ފަރާތް: އޮޕަރޭޝަން ކެކްޓަސް 1
ސިފައިންނަށް ނޭނގި އިންޑިއާ ހެލިކޮޕްޓަރު ދަތުރެއް ކުރި
އުޅަނދުތައް ދުއްވަން އިންޑިއާ ސިވިލިއަނުން ރާއްޖެއަށް!
ޔޫޓީއެފް މައްސަލާގައި ޑިފެންސުން ޔާމީނަށް ރައްދު ދީފި
އިންޑިއާގެ އެހީގެ ސާމާނު ސެނަހިޔާ ހޮސްޕިޓަލަށް
އިންޑިޔާއާ ދެކޮޅު ކެމްޕެއިނަށް ރައީސްގެ ހޫނު ރައްދެއް