14 ފެބުރުއަރީ 2022
އިންޑިއާގެ ސަރުކާރުން އެމްއެންޑީއެފްގެ ސެނަހިޔާ ހޮސްޕިޓަލަށް ސިއްހީ ސާމާނުތަކެއް މިއަދު ހަދިޔާކޮށްފި އެވެ.
އިންޑިއާގެ ސަރުކާރުން އެމްއެންޑީއެފްގެ ސެނަހިޔާ ހޮސްޕިޓަލަށް ސިއްހީ ސާމާނުތަކެއް މިއަދު ހަދިޔާކޮށްފި އެވެ.
ސިފައިންގެ މައި މަރުކަޒު ހިންގާ ބަންޑާރަކޮށީގައި ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައި އިންޑިއާގެ ސަރުކާރު ފަރާތުން އެ ސާމާނު ދިވެހި ސަރުކާރާ ހަވާލު ކޮށްދެއްވީ، މިހާރު ރާއްޖެ ވަޑައިގެން އުޅުއްވާ އިންޑިއާގެ ޑިފެންސް ސެކްރެޓަރީ އަޖޭ ކުމާރެވެ. ދިވެހި ސަރުކާރުގެ ފަރާތުން ސިއްހީ ސާމާނާ ހަވާލުވެވަޑައިގަތީ ޑިފެންސް މިނިސްޓަރު މާރިޔާ އަހުމަދު ދީދީ އެވެ.
Partnering for health and wellbeing of personnel and people.
— India in Maldives (@HCIMaldives) February 14, 2022
Def Secy @drajaykumar_ias handed over to Def Minister H.E @MariyaDidi 2800 kgs of medical equipment for Senahiya hospital. Indian medical team at Senahiya continues to support the healthcare efforts of @MNDF_Official. pic.twitter.com/nN0Yz3CAMQ
އިންޑިއާ އިން ހަދިޔާކުރީ 2،800 ކިލޯގްރާމްގެ ސިއްހީ ވަސީލަތްތައް ކަމަށް ވާއިރު، އޭގެ ތެރޭގައި ސިއްހީ ކުއްލި ހާލަތުގަ އާއި ހޮސްޕިޓަލުގައި ބޭނުން ކުރާ ބައެއް އާލާތްތައް ހިމެނޭ ކަމަށް އެމްއެންޑީއެފުން ބުންޏެވެ.
ސެނަހިޔާގައި މިހާރު ވެސް އިންޑިއާގެ އަސްކަރީ ޑޮކްޓަރުން ހިދުމަތް ދެ އެވެ.
ރާއްޖެ އާއި އިންޑިއާއާ ދެމެދު މި ސަރުކާރުން ވަރަށް ގާތް ގުޅުމެއް ގާއިމުކޮށްފައިވާއިރު، އިދިކޮޅުން ބުނަމުން އަންނަނީ މާ ބޮޑަށް އެ ގައުމަށް ބަރޯސާވުމުގެ ގެއްލުން ދިވެހިންނަށް ކުރިމަތިވާ ކަމަށެވެ.
ޔޫޓީއެފް މައްސަލާގައި ޑިފެންސުން ޔާމީނަށް ރައްދު ދީފި
ރާއްޖެ ހިފިދާނެ ކަމަށް ވިދާޅުވުމުން މާރިޔާ ހޫނު ފެނަށް
ސިއްރު އެއްބަސްވުމެއްގައި ސޮއެއް ނުކުރަން: މާރިޔާ
"ސެނަހިޔާގައި ތިބޭ ޑޮކްޓަރުންގެ އަސްކަރީ ރޯލެއް ނެތް"
ސިފައިންނަށް ނޭނގި އިންޑިއާ ހެލިކޮޕްޓަރު ދަތުރެއް ކުރި
އުޅަނދުތައް ދުއްވަން އިންޑިއާ ސިވިލިއަނުން ރާއްޖެއަށް!
ސިފައިންގެ ތަމްރީނު މަރުކަޒު ނިންމަން އިންޑިއާގެ އެހީ
މިނިސްޓަރު މާރިޔާ ވެސް މަޖިލިހަށް ހާޒިރު ކުރަނީ
މާރިޔާގެ ވާހަކަ ފަތުރަނީ އޮޅުވާލައިގެން: ޑިފެންސް
ޑޯނިއާ ދުއްވޭނެ ސިފައިންގެ ޕައިލެޓެއް ނެތް: ޑިފެންސް