19 އޮކްޓޯބަރ 2021
ރާއްޖެ އާއި އިންޑިއާއާ ދެމެދު 2016 ވަނަ އަހަރުގެ ފަހުން ސޮއިިކޮށްފައިވާ ދިފާއީ ހުރިހާ އެއްބަސްވުމެއްގެ ވެސް އަސާސަކީ ކުރީގެ ރައީސް އަބްދުﷲ ޔާމީން، އެ ގައުމަށް އެ އަހަރު ކުރެއްވި ރަސްމީ ދަތުރުފުޅުގައި ދެ ގައުމުން ސޮއިކުރި އެކްޝަން ޕްލޭން ކަމަށް އިންޑިއާގެ ސަރުކާރުން ބުނެފި އެވެ.
ރާއްޖެ އާއި އިންޑިއާއާ ދެމެދު 2016 ވަނަ އަހަރުގެ ފަހުން ސޮއިިކޮށްފައިވާ ދިފާއީ ހުރިހާ އެއްބަސްވުމެއްގެ ވެސް އަސާސަކީ ކުރީގެ ރައީސް އަބްދުﷲ ޔާމީން، އެ ގައުމަށް އެ އަހަރު ކުރެއްވި ރަސްމީ ދަތުރުފުޅުގައި ދެ ގައުމުން ސޮއިކުރި އެކްޝަން ޕްލޭން ކަމަށް އިންޑިއާގެ ސަރުކާރުން ބުނެފި އެވެ.
ރާއްޖޭގައި ހުންނަ އިންޑިއާ ހައި ކޮމިޝަނުގެ އިސް އޮފިޝަލަކު "މިހާރު" އަށް އެހެން ވިދާޅުވީ، އުތުރު ތިލަފަޅުގައި ޑޮކްޔާޑަކާއި ބަނދަރެއް ހެދުމަށް ދިވެހި ސަރުކާރުން އިންޑިއާއާ އެކު ވެފައިވާ އެއްބަސްވުމުގެ ކޮޕީއެއް ހޯދަން އިދިކޮޅު ޕީއެންސީގެ ނައިބު ރައީސް އާދަމް ޝަރީފު ރައްޔިތުންގެ މަޖިލީހަށް ހުށަހަޅުއްވާފައި ވަނިކޮށެވެ.
މި ސަރުކާރުން ސޮއިކުރި އެއްބަސްވުމުގައި ހިމެނޭ ކަންކަމާ ގުޅޭ ގޮތުން "މިހާރު" އިން ސުވާލު ކުރުމުން އިންޑިއާގެ އޮފިޝަލް ވިދާޅުވީ، ރާއްޖެ އާއި އިންޑިއާއާ ދެމެދު ސޮއިކޮށްފައިވާ ދިފާއީ އެއްބަސްވުންތަކާއި ދެ ގައުމު ގުޅިގެން، އެ ދާއިރާ އިން ކުރަމުން އަންނަ ހުރިހާ މަސައްކަތެއްގެ ވެސް އަސާސަކީ "ދިފާއީ އެކްޝަން ޕްލޭން" ކަމަށެވެ. ޔާމީންގެ ސަރުކާރުގައި ހެދި އެ އެކްޝަން ޕްލޭންގައި ނެތް އެއްވެސް ކަމެއް އެ ދުވަސްވަރުން ފެށިގެން މިއަދާ ހަމައަށް ވެސް ކުރިއަށް ނުގެންދާ ކަމަށާއި އެކްޝަން ޕްލޭނަށް އެއްވެސް ބަދަލެއް ގެނެސްފައި ނުވާ ކަމަށް އޭނާ ވިދާޅުވި އެވެ.
ދިވެހި ސަރުކާރާއި އިންޑިއާ ސަރުކާރާއެކު މިހާރު ކޮށްފައިވާ ދިފާއީ އެއްބަސްވުންތަކުގެ "ބްލޫޕްރިންޓް" ކަމަށް ބަލާ ލިޔުމުގައި ޔާމީންގެ ސަރުކާރުން ސޮއިކުރިއިރު ޑިފެންސް މިނިސްޓަރަކަށް ހުންނެވީ އުތުރު ތިލަފަޅުގެ އެއްބަސްވުން ހޯދަން ރައްޔިތުންގެ މަޖިލީހަށް ހުށަހަޅުއްވައިގެން އުޅުއްވާ މަޑުއްވަރީ ދާއިރާގެ މެމްބަރު އާދަމް ޝަރީފެވެ.
"އިންޑިއާ އާއި ރާއްޖެ އިން މި ސަރަހައްދުގެ ސަލާމަތާއި ރައްކާތެރިކަމާ މެދު ދެކެނީ އެން ނަޒަަރަކުން. މި ސަރަހައްދުގައި ސަލާމަތާއި ރައްކާތެރިކަން ދެމެހެއްޓުމަކީ ދެ ގައުމު ހިއްސާކުރާ ޒިންމާއެއް،" އޮފިޝަލް ވިދާޅުވި އެވެ.
ރައީސް އަބްދުﷲ ޔާމީން 2016 ވަނަ އަހަރު އިންޑިއާއަށް ކުރެއްވި ދަތުރުފުޅުގައި، މެހުމާނުން ސޮއިކުރާ ފޮތެއްގައި ސޮއިކުރައްވާއިރު، އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރާ މޯދީ ބައްލަވަނީ. ފޮޓޯ: ރައީސް އޮފީސް
އޭނާ ވިދާޅުވިގޮތުގައި، ޑިފެންސް މިނިސްޓްރީގެ އިމާރާތް އެޅުމާއި މާފިލާފުށީ ކޮމްޕޮސިޓް ޓްރޭނިން ސެންޓަރު ބޮޑުކުރުމާއި ދެވަނަ އަށް ގެނައި ހެލިކޮޕްޓަރާއި ޑޯނިއާ މަތިންދާބޯޓާއި ހައިޑްރޮގްރަފީ ސާވޭގެ އެއްބަސްވުމާއި އުތުރުތިލަފަޅުގައި ޑޮކްޔާޑަކާއި ބަނދަރެއް ތަރައްގީ ކުރުމުގެ އެއްބަސްވުން ވެސް ކުރިއަށް ގެންދަނީ ޔާމީންގެ ސަރުކާރުގެ ދުވަސްވަރު ދެ ގައުމުގެ އޮފިޝަލުން އެއްބަސްވި އެކްޝަން ޕްލޭނާ އެއްގޮތަށެވެ.
"ތަމްރީނު ކުރުމާއި ގާބިލުކަން އިތުރު ކުރުމުގެ މަސައްކަތްތަކަކީ ވެސް އެކްޝަން ޕްލޭނާ އެއްގޮތަށް ކުރާ މަސަައްކަތްތައް. ކޮންމެ އެއްބަސްވުމެއް ވެސް ހަދާނީ އޭގެ ކުރިން ސޮއިކުރާ އެކްޝަން ޕްލޭނަކަށް ބަލައިގެން. މި ބުނި ހުރިހާ ބައިތައް ޑިފެންސް އެކްޝަން ޕްލޭނުގައި ހިމަނާފައިވޭ،" އޮފިޝަލް ވިދާޅުވި އެވެ.
އިންޑިއާ ހައި ކޮމިޝަނުގެ އޮފިޝަލް ވިދާޅުވީ، އުތުރު ތިލަފަޅުގައި ޑޮކްޔާޑަކާއި ބަނދަރެއް ތަރައްގީކުރުމުގެ މަސައްކަތް އިންޑިއާގެ އެހީގައި ކުރަން 2016 ވަަނަ އަަހަރުގެ އެކްޝަން ޕްލޭންގައި ސާފު ބަހުން ލިޔެފައިވާ ކަމަށެވެ.
ކުރީގެ ރައީސް ޔާމީން އޭޕްރީލް 2016 ގައި އިންޑިއާ އަށް ކުރެއްވި ރަސްމީ ދަތުރުފުޅުގައި ބޭއްވި ރަސްމިއްޔާތެއްގައި، ދިވެހި ސަރުކާރުގެ ފަރާތުން އެ އެއްބަސްވުމުގައި ސޮއިކުރެއްވީީ އިންޑިއާގައި އޭރު ހުންނެވި ރާއްޖޭގެ ސަފީރު އަދި މިހާރު އެމްއެންޕީގެ މެމްބަރު އަހުމަދު މުހައްމަދު (އަންޑޭ) އެވެ. އިންޑިއާގެ ފަރާތުން އެ އެއްބަސްވުމުގައި ސޮއިކުރެއްވީ އެ ގައުމުގެ އޭރުގެ ޑިފެންސް ސެކްރެޓަރީ ޖީ. މޯހަން ކުމާރެވެ.
އިންސާނީ އެހީ ދިނުމާއި ކާރިސާތަކުގެ ވަގުތުގައި ހިންގާ ހަރަކާތްތަކާއި އީއީޒެޑް ބަލަހައްޓަން ހިންގާ އޮޕަރޭޝަންތަކުގައި އިންޑިއާގެ ނޭވީ އަށް އުތުރު ތިލަފަޅު ބޭނުން ކުރެވޭނެކަން އެކްޝަން ޕްލޭނުން އެނގެ އެވެ.
ދިވެހި ސަރުކާރާއި އިންޑިއާ ސަރުކާރާއެކު މިހާރު ކޮށްފައިވާ ދިފާއީ އެއްބަސްވުންތަކުގެ "ބްލޫޕްރިންޓް" ކަމަށް ބަލާ ލިޔުމުގައި ޔާމީންގެ ސަރުކާރުން ސޮއިކުރިއިރު ޑިފެންސް މިނިސްޓަރަކަށް ހުންނެވީ އުތުރު ތިލަފަޅުގެ އެއްބަސްވުން ހޯދަން ރައްޔިތުންގެ މަޖިލީހަށް ހުށަހަޅުއްވައިގެން އުޅުއްވާ މަޑުއްވަރީ ދާއިރާގެ މެމްބަރު އާދަމް ޝަރީފެވެ.
"އެކްޝަން ޕްލޭން ފޯ ޑިފެންސް ކޯޕަރޭޝަން ބިޓްވީން އިންޑިއާ އެންޑް މޯލްޑިވްސް" ގެ ނަމުގައި ސޮއިކުރި އެ އެއްބަސްވުމުުގައި އުތުރު ތިލަަފަޅުގެ ބަނދަރު ތަރައްގީ ކުރުމާ ބެހޭ ގޮތުން އޮތް ޕެރެގްރާފް "މިހާރު"ގެ ނޫސްވެރިންނަށް ވަނީ ފެނިފަ އެވެ.
"އިންފްރާ ސްޓްރަކްޗާ ޑިވެލޮޕްމެންޓް" މި ސުރުހީގެ ދަށުން، އެ އެއްބަސްވުމުގައި އޮތް ޕެރެގްރާފްގައި އޮތީ "ޑޮކްޔާޑަކާއި އެމްއެންޑީއެފަށް ބޭނުންވާ އެހެން ވަސީލަތްތަކާ އެކު އުތުރުތިލަފަޅު ތަރައްގީ ކުރުމުގައި، އިންޑިއާ އިން ރާއްޖެއާ ބައިވެރިވާން ވާނެ" ކަމަށެވެ.
އޭގެ ބަދަލުގައި އުތުރު ތިލަފަޅުގައި ރާއްޖެ އިން އިންޑިއާ އަށް ފަހިކޮށްދޭނެ ކަމެއް ކަމަށް އޮތީ އެ ތަން ތިން ކަމަކަށް ބޭނުންކުރުމުގެ ފުރުސަތު، އިންޑިއާގެ ކަނޑުގެ ސިފައިންނަށް [އިންޑިއާގެ ނޭވީ] ދިނުމެވެ. އެއީ އިންސާނީ އެހީ ދިނުމާއި ކާރިސާތަކުގެ ވަގުތުގައި ހިންގާ ހަރަކާތްތަކާއި އީއީޒެޑް ބަލަހައްޓަން ހިންގާ އޮޕަރޭޝަންތަކެވެ. އެ ތިން ހަލާތުގައި އިންޑިއާގެ ނޭވީ އަށް އުތުރު ތިލަފަޅު ބޭނުން ކުރެވޭނެކަން އެކްޝަން ޕްލޭނުން އެނގެ އެވެ.
މި އެކްޝަން ޕްލޭން އެކްސްޗޭންޖް ކުރުން އޮތީ އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރާ މޯދީ އާއި ޔާމީން އޭޕްރީލް 11، 2016 ގައި ބޭއްވެވި ގުޅިފައިވާ މީޑިއާ ސްޓޭޓްމަންޓް އިއްވުމުގެ ރަސްމިއްޔާތުގަ އެވެ. އެ ރަސްމިއްޔާތުގައި ޔާމީން ވިދާޅުވީ ދެކުނު އޭޝިއާ އާއި އިންޑިއާ ކަނޑުގެ ސަލާމަތާއި ރައްކާތެރިކަމާ މެދު އިންޑިއާ އާއި ރާއްޖެ އިން ދެކެނީ އެއް ނަޒަރަކުން ކަމަށެވެ. ރާއްޖެ އިން "އިންޑިއާ ފަސްޓް ފޮރިން ޕޮލިސީ" ގެންގުޅެނީ އެހެންވެ ކަމަށް ވެސް އެ މަނިކުފާނު ވިދާޅުވި އެވެ.
"ދިވެހިރާއްޖޭގެ ރައްކާތެރިކަން ގުޅިފައި ވަނީ އިންޑިއާގެ ރައްކާތެރިކަމާ،" ޔާމީން އެ ދުވަހު ވިދާޅުވި އެވެ.
ދީނީ ގޮތުން ހަރުކަށި ހަނގުރާމަވެރި ވިސްނުމާއި ބޯޑަރު ހުރަސްކޮށް ހިންގާ ޓެރަރިޒަމްގެ އަމަލުތަކާއި ދެ ގައުމުގެ ސަލާމަތަށް ނުރައްކާވާ އެހެން ކުށްތައް ހުއްޓުވަން ދެ ބޭފުޅުން މަޝްވަރާކުރައްވާފައިވާ ކަމަށް ވެސް ޔާމީން އެ ދުވަހު ވިދާޅުވި އެވެ.
އުތުރު ތިލަފަޅުގައި ޑޮކްޔާޑަކާއި ބަނދަރެއް ހަދަން ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުން އިންޑިއާއާ އެކު ވެފައިވާ އެއްބަސްވުމުގެ ކޮޕީއެއް ހޯދަން މެމްބަރު އާދަމް ޝަރީފު އެދިވަޑައިގެންފައިވާއިރު، އެ އެއްބަސްވުން ހަތް ދުވަހުތެ ތެރޭގައި ހާމަކުރުމަށް އިންފޮމޭޝަން ކޮމިޝަނަރުގެ އޮފީހުން ޑިފެންސް މިނިސްޓްރީ އަށް މި މަހުގެ 14 ގައި ވަނީ އަންގައިފަ އެވެ.
ޔޫޓީއެފް މައްސަލާގައި ޑިފެންސުން ޔާމީނަށް ރައްދު ދީފި
"އުތުރުތިލަފަޅުގައި އޮންނާނީ އެމްއެންޑީއެފް ކޮންޓްރޯލް"
ސިފައިންނަށް ނޭނގި އިންޑިއާ ހެލިކޮޕްޓަރު ދަތުރެއް ކުރި
އުޅަނދުތައް ދުއްވަން އިންޑިއާ ސިވިލިއަނުން ރާއްޖެއަށް!
"ލޭ އޮހޮރުވުމަށް އިންޑިއާ ސިފައިން ތިބީ ތައްޔާރަށް"
"އިންޑިއާ ސިފައިން ތިބިކަން ނުވަތަ ނެތްކަމެއް ނޭނގޭ"
"ޔާމީންގެ ވާހަކަތަކާ ހެދި ގައުމީސަލާމަތަށް ނުރައްކާވޭ"
"1 ފެބްރުއަރީގެ އަމުރު ލިޔުނީ އިންޑިއާ އެމްބަސީން"
އިންޑިއާ އައުޓް: މާރިޔާގެ ހަމަލާތައް ޔާމީނަށް!
އިންޑިއާގެ އެހީގެ ސާމާނު ސެނަހިޔާ ހޮސްޕިޓަލަށް