މެންޗެސްޓާ (މެއި 1) – މެންޗެސްޓާ ޔުނައިޓެޑުން އަލަށް އުފެއްދި ސްޕޯޓިން ޑިރެކްޓަރުގެ މަގާމަށް ގެންނަން ޝޯޓްލިސްޓު ކުރި މީހުންގެ ތެރެއިން އެ ޓީމުގެ ކޯޗު އޮލެ ގުނަ ސޯލްޝެއާ އަށް އެންމެ ކަމުދަނީ ކުރީގެ ޑިފެންޑަރު ރިއޯ ފާޑިނަންޑް ކަމަށް މީޑިއާ ރިޕޯޓްތައް ބުނެފި އެވެ.
01 މެއި 2019
މެންޗެސްޓާ (މެއި 1) – މެންޗެސްޓާ ޔުނައިޓެޑުން އަލަށް އުފެއްދި ސްޕޯޓިން ޑިރެކްޓަރުގެ މަގާމަށް ގެންނަން ޝޯޓްލިސްޓު ކުރި މީހުންގެ ތެރެއިން އެ ޓީމުގެ ކޯޗު އޮލެ ގުނަ ސޯލްޝެއާ އަށް އެންމެ ކަމުދަނީ ކުރީގެ ޑިފެންޑަރު ރިއޯ ފާޑިނަންޑް ކަމަށް މީޑިއާ ރިޕޯޓްތައް ބުނެފި އެވެ.
ޔުނައިޓެޑުގެ ޓްރާންސްފާގެ މަސައްކަތް މިހާރު ބޮޑަށް ބަލަހައްޓަނީ ކްލަބުގެ އެގްޒެކެޓިވް ވައިސް ޗެއާމަން އެޑް ވުޑްވަޑެވެ. ދުނިޔޭގެ އެންމެ ބޮޑު އާމްދަނީއެއް ލިބޭ ކްލަބުގެ ގޮތުގައި އޮތް ނަމަވެސް ޔުނައިޓެޑަށް މަތީ ފަންތީގެ ކުޅުންތެރިން ހޯދުމަށް ދަތިތަކާ ކުރިމަތިލާން ޖެހޭ އެއް ސަބަބަކީ، އެކަމުގެ ތަޖުރިބާކާރެއް ނެތުމެވެ. މި ސީޒަނުގައި ވެސް ކުރީގެ ކޯޗު ހޯސޭ މޮރީނިއޯ ފަސް ޑިފެންޑަރުންގެ ލިސްޓެއް ދިން ނަމަވެސް އެކަން ކާމިޔާބެއް ނުކުރެވެ އެވެ.
އަންނަ ސީޒަނަށް ޓީމު ވަރުގަދަކުރުމުގެ މަސައްކަތް ކުރިއަށްގެންދާނީ ސްޕޯޓިން ޑިރެކްޓަރުގެ ބެލުމުގެ ދަށުން ކަމަށް ޔުނައިޓެޑުން ވަނީ ބުނެފަ އެވެ. ފާޑިނަންޑްގެ އިތުރުން ދެން ލިސްޓުގައި ހިމެނެނީ އަޔަކްސްގެ ސީއީއޯ އެޑްވިން ވަން ޑަ ސާ އާއި ކުރީގެ ގޯލްކީޕަރު ޕީޓާ ޝުމައިކަލް އާއި ޓޮޓެންހަމާއި ސައުތެމްޓަނުގައި ކުރިން މަސައްކަތްކުރި ޕޯލް މިޗެލްގެ އިތުރުން އެތުލެޓިކޯ މެޑްރިޑުގެ ސްޕޯޓިން ޑިރެކްޓަރު އަންދްރޭ އެވެ.
ރިއޯ ފާޑިނަންޑް: ޔުނައިޓެޑްގެ އެންމެ ފުރަތަމަ ސްޕޯޓިން ޑިރެކްޓަރަށް ވުމުގެ ފުރުސަތު ބޮޑު. -- ފޮޓޯ: އޭއެފްޕީ
ރިޕޯޓްތައް ބުނާގޮތުން މިދިޔަ ހަފްތާގައި ޔުނައިޓެޑްގެ ވައިސް ޗެއާމަން ވުޑްވަޑާ އެކު ބޭއްވި ބައްދަލުވުމުގައި ސޯލްޝެއާ ހުށަހެޅީ ފާޑިނަންޑްގެ ނަމެވެ. އެކަމަކު އެ ނަން ފައިނަލްވާނީ ޔުނައިޓެޑްގެ ބޯޑުން ރުހުން ލިބިގެންނެވެ.
މިހާރު އުމުރުން 40 އަހަރުގެ ފާޑިނަންޑް 2015 ވަނަ އަހަރު ފުޓްބޯޅައިން ރިޓަޔަކުރީ އޭނާގެ އަންހެނުން ރެބެކާ އެލިސަން އުރަމަތީގެ ކެންސަރަށް ފަރުވާ ހޯދަމުން ދަނިކޮށް މަރުވުމާ ގުޅިގެންނެވެ. އޭގެ ފަހުން އޭނާ އަންނަނީ އަމިއްލަ ޔޫޓިއުބް ޗެނަލެއް މެދުވެރިކޮށް ފުޓްބޯޅަ ޕްރޮގްރާމްތައް ހުށަހެމުގެ އިތުރުން ބީޓީ ސްޕޯޓްސް އާއި ސްކައި ސްޕޯޓްސްގެ އެނަލިސްޓެއްގެ ގޮތުގައި މަސައްކަތް ކުރަމުންނެވެ.
ލީޑްސް ޔުނައިޓެޑް ދޫކޮށް 2002 ވަނަ އަހަރު އޭރު ދުނިޔޭގެ އެންމެ އަގުބޮޑު ޑިފެންޑަރު ގޮތުގައި މެންޗެސްޓާ ޔުނައިޓެޑަށް 30 މިލިއަން ޕައުންޑަށް ބަދަލުވި ފާޑިނަންޑް ވަނީ އެ ޓީމާ އެކު ގިނަ ކާމިޔާބީތަކެއް ހޯދައިފަ އެވެ. ފާޑިނަންޑް އެންމެ ފަހުން ކުޅުނީ ކުއީންސް ޕާކް ރޭންޖާސް (ކިއުޕީއާރް) އަށެވެ.
ފާޑިނަންޑްގެ ހަނދާނުން ނުފިލި 2011ގެ ފައިނަލް
އެންޓޮނީގެ އޯނާޝިޕްގައި ދެ ކްލަބް ހިއްސާވާން ހުށަހަޅަނީ
މެލޭޝިއާގައި ވެސް ޔުނައިޓެޑް ވީ ބަލި، ސަޕޯޓަރުން އަމާޒުކުރީ ނުރުހުން
"އެހެން ކޯޗެއް ގެންނަން ބޭނުން ނަމަ މިހިރީ ގެޔަށް ދާން ތައްޔާރަށް"
ޓޮޓެންހަމުން 17 އަހަރުގެ ހުސްކަމަށް ނިމުމެއް ގެނެސްފި
އަންނަ ސީޒަނުގައި ރަނގަޅުނުވާނަމަ އަމޯރިމް ނުހުންނާނެ
ޔޫރަޕްގެ ފައިނަލަށް ދިޔަ އިނގިރޭސި ޓީމުތައް ބަލިވެއްޖެ
ދަށް ސީޒަނެއްގައި ޔުނައިޓެޑާއި ސްޕާސް ޔޫރޮޕާ ފައިނަލަށް
ލީގު ވާނުވާއަށް، ޔުނައިޓެޑްގެ ސަމާލުކަން ޔޫރޮޕާ ލީގަށް
ޗެލްސީ އާއި ޔުނައިޓެޑް ވެސް ފައިނަލަކާ ގާތަށް