މެންޗެސްޓާ ޔުނައިޓެޑުން އެހެން ކޯޗެއް ގެންނަން ބޭނުންވާ ނަމަ އެއްވެސް ބަދަލެއް ހޯދުމެއް ނެތި މަގާމު ދޫކޮށްލާނެ ކަމަށް ޔުރޮޕާ ލީގު ފައިނަލުން ރޭ ޓޮޓެންހަމް ހޮޓްސްޕާސް އަތުން 1-0 އިން ބަލިވި ޔުނައިޓެޑުގެ ކޯޗު ރުބެން އަމޯރިމް ބުނެފި އެވެ.
މެންޗެސްޓާ ޔުނައިޓެޑުން އެހެން ކޯޗެއް ގެންނަން ބޭނުންވާ ނަމަ އެއްވެސް ބަދަލެއް ހޯދުމެއް ނެތި މަގާމު ދޫކޮށްލާނެ ކަމަށް ޔުރޮޕާ ލީގު ފައިނަލުން ރޭ ޓޮޓެންހަމް ހޮޓްސްޕާސް އަތުން 1-0 އިން ބަލިވި ޔުނައިޓެޑުގެ ކޯޗު ރުބެން އަމޯރިމް ބުނެފި އެވެ.
ސީޒަނުގެ ވަކި ހިސާބަކުން ޔުނައިޓެޑާ ހަވާލުވި ޕޯޗުގަލްގެ ޒުވާން ކޯޗަށް ޕްރިމިއާ ލީގުގައި ވެސް އެ ޓީމުގެ ނަތީޖާ ބަދަލުކުރެވޭ ގޮތެއް ނުވި އެވެ. ރޭ ޔުރޮޕާ ލީގު ކާމިޔާބުކޮޮށް އަންނަ ސީޒަނުގެ ޗެމްޕިއަންސް ލީގުން ޖާގަ ލިބުނު ނަމަ ނޭވާލާނެ ޖާގައެއް ލިބުނީހެވެ. އަދި މާލީ ގޮތުން ވެސް ކްލަބަށް ކޮންމެވެސް ވަރެއްގެ ފަސޭހައެއް ލިބޭނެ އެވެ.
ރޭގެ މެޗަށް ފަހު މާޔޫސްވެފައި ހުރި އަމޯރިމް ބުނީ ނަތީޖާ ދަށްވިޔަސް އޭނާ މިހިރީ ހިތްވަރު އެލުވާލާ ގޮތަށް ނޫން ކަމަށާއި، ނޮވެމްބަރުގައި އޭނާއާ ކްލަބުން ހަވާލުކުރި މަސައްކަތް ކުރުމުގައި ދެމި ހުންނާނެ ކަމަށެވެ. އަދި ކްލަބުގެ ހާލަތު އޭނާ އަށް ބަދަލުކުރެވޭނެ ކަމުގެ އިތުބާރު އެބައޮތް ކަމަށް ވެސް އަމޯރިމް ބުންޏެވެ.
"އެކަމަކު ކްލަބުގެ ބޯޑާއި، ސަޕޯޓަރުންނަށް އަހަންނަކީ މިކަމަށް އެކަށީގެންވާ މީހެއް ނޫން ކަމަށް ފެންނަ ހިސާބުން އަނެއް ދުވަހު އަހަރެން މަގާމު ދޫކޮށްލާނަން މާލީ އެއްވެސް ބަދަލެއް ހޯދުމެއް ނެތި،" އަމޯރިމް ބުންޏެވެ.
"އެކަމަކު އަހަރެން (އަމިއްލަ އަށް) އިސްތިއުފާ ނުދޭނަން. އަހަންނަށް އިތުބާރު އެބައޮތް." އަމޯރިމް ރޭ ވެސް މޮޅަށް ކުޅުނީ ޔުނައިޓެޑް ކަމަށާއި މައްސަލައަކަށްވީ ލަނޑު ނުޖެހުން ކަމަށެވެ. ކުޅުންތެރިން މެޗުން މޮޅުވާން ވަރަށް މަސައްކަތްކުރި ކަމަށާއި، އެކަމަކު ލަނޑު ނުޖެހޭ ނަމަ މޮޅުވުން އެއީ އުނދަގޫ ކަމަކަށް ވާނެ ކަމަށް އޭނާ ބުންޏެވެ.
އަންނަ ސީޒަން ވެގެންދާނީ 2014/2015 އަށް ފަހު ޔުނައިޓެޑުން ޔޫރަޕުގެ އެއްވެސް މުބާރާތެއްގައި ވާދަނުކުރާ ފުރަތަމަ ސީޒަނެވެ. އަމޯރިމް ބުނީ ޔުނައިޓެޑް ފަދަ ޓީމަކަށް ޗެމްޕިއަންސް ލީގުން ފުރުސަތު ނުލިބުމަކީ އުނދަގޫ ކަމެއް ކަމަށާއި، އެކަމަކު ޕޮޒިޓިވްކޮށް ވިސްނާއިރު މީގެ ސަބަބުން ފޯކަސްކުރަން ޖެހޭ މެޗު މަދުވެ ޕްރިމިއާ ލީގަށް ރަނގަޅަށް ސަމާލުކަން ދެވޭނެ ކަމަށެވެ.
މިއީ 1974 ގައި ޔުނައިޓެޑް ރެލިގޭޓްވި ފަހުން އެންމެ ދަށް މަގާމެއްގައި އެ ޓީމު ސީޒަން ނިންމާ ފަހަރެވެ.
އެންޓޮނީގެ އޯނާޝިޕްގައި ދެ ކްލަބް ހިއްސާވާން ހުށަހަޅަނީ
މެލޭޝިއާގައި ވެސް ޔުނައިޓެޑް ވީ ބަލި، ސަޕޯޓަރުން އަމާޒުކުރީ ނުރުހުން
ޓޮޓެންހަމުން 17 އަހަރުގެ ހުސްކަމަށް ނިމުމެއް ގެނެސްފި
އަންނަ ސީޒަނުގައި ރަނގަޅުނުވާނަމަ އަމޯރިމް ނުހުންނާނެ
ޔޫރަޕްގެ ފައިނަލަށް ދިޔަ އިނގިރޭސި ޓީމުތައް ބަލިވެއްޖެ
ދަށް ސީޒަނެއްގައި ޔުނައިޓެޑާއި ސްޕާސް ޔޫރޮޕާ ފައިނަލަށް
ލީގު ވާނުވާއަށް، ޔުނައިޓެޑްގެ ސަމާލުކަން ޔޫރޮޕާ ލީގަށް
ޗެލްސީ އާއި ޔުނައިޓެޑް ވެސް ފައިނަލަކާ ގާތަށް
"ޔޫރޮޕާ ލީގު ނެގިޔަސް މައްސަލަތައް ހައްލެއް ނުވާނެ"
ލަނޑު ނުޖެހޭނަމަ މި ކުރެވެނީ ބޭކާރު ކަމެއް: އަމޯރިމް