ރެއާލް ބެޓިސް އަށް ލޯނު އުސޫލުން ކުޅުނު އެންޓޮނީގެ އޯނާޝިޕްގެ ބައެއް އެ ކްލަބަށް ވެސް ދޭން އޭނާގެ ކޮންޓްރެކްޓް އޮތް މެންޗެސްޓާ ޔުނައިޓެޑުން އެއްބަސްވާކަމަށް ސްޕެއިންގެ މީޑިއާތަކުން ބުނެފި އެވެ.
ރެއާލް ބެޓިސް އަށް ލޯނު އުސޫލުން ކުޅުނު އެންޓޮނީގެ އޯނާޝިޕްގެ ބައެއް އެ ކްލަބަށް ވެސް ދޭން އޭނާގެ ކޮންޓްރެކްޓް އޮތް މެންޗެސްޓާ ޔުނައިޓެޑުން އެއްބަސްވާކަމަށް ސްޕެއިންގެ މީޑިއާތަކުން ބުނެފި އެވެ.
މިދިޔަ ޖެނުއަރީ ޓްރާންސްފާ ޕީރިއަޑްގައި ބެޓިސް އަށް ލޯނު އުސޫލުން ބަދަލުވެ އެންޓޮނީ ވަނީ މޮޅު ކުޅުމެއް ދައްކައިފަ އެވެ. ޔޫރޮޕާ ލީގުގެ ފައިނަލަށް އެ ޓީމު ގެންގޮސްދިނުމުގައި އޭނާ މުހިންމު ދައުރެއް އަދާކުރި އެވެ.
އެހެންވެ އަންނަ ސީޒަނުގައި ވެސް އެންޓޮނީ ބެޓިސްގައި ބަހައްޓަން ކޯޗު މެނައުލް ޕްލެގިރިނީ ބޭނުންވެ އެވެ.
އެކަމަކު އޭނާގެ އެއްބަސްވުން ދާއިމީ ކުރުމަކީ ބެޓިސް އަށް މާލީ ގޮތުން ކުރިމަތިވާނެ ގޮންޖެހުމެކެވެ. ޔުނައިޓެޑުން ޑިމާންޑް ކުރާ ވަރުގެ ޓްރާންސްފާ ފީ އެއް ބެޓިސް އަކަށް ދެއްކޭކަށް ނެތެވެ.
ސްޕެއިންގެ ސެވިއްޔާ އަށް ނިސްބަތްވާ ކްލަބަކީ މެދުފަންތީގެ ބަޖެޓެއްގައި ހިންގާ ކްލަބެކެވެ.
ޔުނައިޓެޑްގެ ކޯޗުގެ ރުބެން އަމޯރިމްގެ ޕްލޭނުގައި ބްރެޒިލްގެ ފޯވާޑް ހިމެނުމުގެ ވިސްނުމެއް އޭނާގެ ނެތެވެ. ހަރަދު ކުޑަކުރުމުގެ ގޮތުން އޭނާ ދޫކޮށްލަން ޔުނައިޓެޑުން ބޭނުންވެ އެވެ.
އެކަމަކު ޔުނައިޓެޑުން ބެޓިސްއާ އެކު އެއްބަސްވަނީ އެންޓޮނީގެ އޯނާޝިޕް ދެ ކްލަބް ހިއްސާވުމަށެވެ. އަދި އަންނަ ސީޒަނުގައި ވެސް ލޯނު އެއްބަސްވުމުގެދަށުން ބެޓިސް އަށް ކުޅުމަށް ފަހު އަންނަ އަހަރު ޖުލައި މަހު އޭނާގެ އެއްބަސްވުން ދާއިމީ ކުރުމުގެ ފުރުސަތު ބެޓިސް އަށް ދިނުމަށް ވެސް ޔުނައިޓެޑުން އެއްބަސްވެ އެވެ.
އެންޓޮނީގެ އޯނާޝިޕްގައި އެ ދެ ކްލަބް ހިއްސާވުމުން، އެހެން ކްލަބަކަށް އޭނާ ވިއްކާލިޔަސް ޓްރާންސްފާ ފީގެ ބައެއް ދެ ކްލަބަށް ވެސް ލިބޭނެ އެވެ.
އަޔެކްސްގެ ކުރީގެ ފޯވާޑް ޔުނައިޓެޑަށް ސޮއި ކުރީ 2022 ގަ އެވެ. އޭނާގެ ޓްރާންސްފާ އަށް ޔުނައިޓެޑުން 95 މިލިއަން ޑޮލަރު ހޭދަ ކުރި އެވެ.
ޓްރާންސްފާއެއްގައި ލިވަޕޫލަށް ރިވަޕްލޭޓް ޗެލެންޖަކަށް
ރަޝްފޯޑް ވިއްކާލަން ޔުނައިޓެޑުން ބާޒާރަށް ނެރެފި
ޔުނައިޓެޑުން ހޯދާނީ އަންނަ ޖީލުގެ އެމްބާޕޭ: ރެޓްކްލިފް
200 މިލިއަނުންވެސް ޓެންހަގް ހިތެއް ނުފުރުނު
100 މިލިއަނުގެ މެގުއާ 38 މިލިއަނަށް ވިއްކާލަނީ
ޑެހެއާ ޔުނައިޓެޑް ދޫކޮށްލައިފި، ބަދަލުގައި އޮނާނާ ގެންނަނީ
ޔުނައިޓެޑުން ވެހޯސްޓްގެ ޑީލް ކާމިޔާބު ކޮށްފި
ފޯވާޑެއް ހޯދަން ފައިސާ ބޭކާރު ނުކުރާނަން: ޓެން ހަގް
ޔުނައިޓެޑްގެ ޓްރާންސްފާގެ ރެކޯޑް ޓެން ހާގް މުގުރާލައިފި
ޔުނައިޓެޑުގެ ބޮޑު މުސާރަ ދޭ ލިސްޓްގައި ކަސެމީރޯ