Roadha Mihaaru
200 މިލިއަނުންވެސް ޓެންހަގް ހިތެއް ނުފުރުނު

200 މިލިއަން ޑޮލަރުގެ ހޭދައިން ވެސް ޓެން ހަގް ހިތެއް ނުފުރުނު

22 އޯގަސްޓް 2023

މެންޗެސްޓާ (އޯގަސްޓް 22) - މިފަހަރުގެ ޓްރާންސްފާ ޕީރިއަޑްގައި 200 މިލިއަން ޑޮލަރަށް ވުރެ ވެސް ބޮޑު ހޭދަ ކުރި މެންޗެސްޓާ ޔުނައިޓެޑަށް އަދި ވެސް އިތުރު ކުޅުންތެރިން ގެންނަން އެ ޓީމުގެ ކޯޗު އެރިކް ޓެން ހަގް ބޭނުންވާކަމަށް އިނގިރޭސި މީޑީއާތަކުން ބުނެފި އެވެ.

މެންޗެސްޓާ (އޯގަސްޓް 22) - މިފަހަރުގެ ޓްރާންސްފާ ޕީރިއަޑްގައި 200 މިލިއަން ޑޮލަރަށް ވުރެ ވެސް ބޮޑު ހޭދަ ކުރި މެންޗެސްޓާ ޔުނައިޓެޑަށް އަދި ވެސް އިތުރު ކުޅުންތެރިން ގެންނަން އެ ޓީމުގެ ކޯޗު އެރިކް ޓެން ހަގް ބޭނުންވާކަމަށް އިނގިރޭސި މީޑީއާތަކުން ބުނެފި އެވެ.

މި ޓްރާންސްފާ ޕީރިއަޑްގައި ޔުނައިޓެޑުން ވަނީ މޭސަން މައުންޓް، އަންޑްރޭ އޮނާނާ އަދި ރަސްމުސް ހޮލިއުންޑް ސޮއި ކުރުވަން 204 މިލިއަން ޑޮލަރު ހޭދަކޮށްފަ އެވެ. ޓްރާންސްފާ ޕީރިއަޑްގައި އަދި ވެސް ހަފުތާއަކަށް ވުރެ ދިގު މުއްދަތެއް އެބައޮތެވެ. މިހާރު ޓެންހަގް ބޭނުން ވަނީ ގޯލްކީޕަރަކާއި މިޑްފީލްޑަރެކެވެ.

އޭގެ ކުރިން އެ ޓީމުގެ ސްކޮޑުން ކުޅުންތެރިން މަދުކުރާނެ ކަމަށް އިނގިރޭސި މީޑީއާތަކުން ބުނެ އެވެ.

އެ ޓީމުން ދޫކޮށްލަން ބޭނުންވާ ކުޅުންތެރިންގެ ތެރޭގައި ޑޮނީ ވެން ޑަ ބީކް އާއި ބްރޭންޑަން ވިލިއަމްސް ހިމެނެ އެވެ. ބަދަލު ކީޕަރު ޑީން ހެންޑަސަން ލޯނު އުސޫލުން ދޫކޮށްލުމަށް ވެސް ޔުނައިޓެޑުން އޮތީ ތައްޔާރަށެވެ.

އޭނާ ގެންދަން ނޮޓިންހަމް ފޮރެސްޓް އަދި ކްރިސްޓަލް ޕެލަސްއިން ޝައުގުވެރި އެވެ.

ޔުނައިޓެޑްގެ ކުރީގެ އެއްވަނަ ކީޕަރު ޑޭވިޑް ޑެހެއާ 11 އަހަރަށް ފަހު އެ ޓީމު ދޫކޮށްލުމުން، އެ މަގާމު ފޫބައްދަން ޔުނައިޓެޑުން ގެނައީ އޮނާނާ އެވެ. އެހެން ކީޕަރަކު ހޯދަން ޔުނައިޓެޑުން ބޭނުން ވަނީ ދެވަނަ ކީޕަރުގެ މަގާމަށެވެ.

ޔުނައިޓެޑުން ދޫކޮށްލަން ބޭނުންވާ އަނެއް ކުޅުންތެރިޔަކީ އެރިކް ބެލީ އެވެ. އޭނާގެ ކޮންޓްރެކްޓްގައި ބާކީ އެއް އަހަރު އަދި އެބައޮތެވެ. އެކަމަކު ޔުނައިޓެޑްގެ ޓީމުން އޭނާ އަށް ޖާގައެއް ނުލިބެ އެވެ.

ކުރީގެ ކެޕްޓަން ހެރީ މެގުއާ ވިއްކާލަން ތައްޔާރުވުމަށް ފަހު ޔުނައިޓެޑުން އެ ޓްރާންސްފާ މަޑުޖައްސައިލި އެވެ. އެކެމަކު އޭނާ އަށް ފުރުސަތު ދިނުމުގެ ވިސްނުމެއް ޓެންހަގް ނުގެންގުޅޭ ކަމަށް އިނގިރޭސި މީޑިއާތަކުން ބުނެ އެވެ.