01 މެއި 2019
ވޮޝިންޓަން (މެއި 1) - އިސްލާމިކް ސްޓޭޓް (އައިއެސް) ގެ ސަލާމަތުން ތިބި ލީޑަރުން ހޯދާ އެ މީހުން ވެސް ބަލިކުރާނެ ކަމަށް އެމެރިކާ އިން ބުނެފި އެވެ.
ވޮޝިންޓަން (މެއި 1) - އިސްލާމިކް ސްޓޭޓް (އައިއެސް) ގެ ސަލާމަތުން ތިބި ލީޑަރުން ހޯދާ އެ މީހުން ވެސް ބަލިކުރާނެ ކަމަށް އެމެރިކާ އިން ބުނެފި އެވެ.
ސްޓޭޓް ޑިޕާޓްމަންޓުން މިހެން ބުނީ ސްރީ ލަންކާގައި އަމިއްލަ އަށް މަރުވެގެން ހަމަލާ ދޭން ޖެހުނު ސަބަބާ ގުޅޭ ގޮތުން އައިއެސްގެ ލީޑަރު އަބޫ ބަކުރު އަލް ބަޣުދާދީ ނެރުނު ވީޑިއޯ އަށް ފަހު އެވެ.
"އައިއެސްގެ ޓެރަރިސްޓުން ބަލިކޮށްލެއްވިއްޖެކަން ޔަގީން ކުރުމަށާއި އެ ޖަމާއަތުގެ ސަލާމަތުން ހުރި ލީޑަރަަކަށް ވިއްޔާ ހައްގު އަދަބު ދިނުމަށް އެމެރިކާ އިސްވެ އުފައްދާފައިވާ ކޯލިޝަނުން މުޅި ދުނިޔޭގައި މަސައްކަތް ކުރާނެ،" ސްޓޭޓް ޑިޕާޓްމަންޓުގެ ތަރުޖަމާން ވިދާޅުވި އެވެ.
ފަސް އަަހަރު ތެރޭ ފުރަތަމަ ފަހަރަށް ބަޣުދާދީ އާއްމު ކުރި ވީޑިއޯގައި އޭނާ ބުނެފައި ވަނީ ސްރީ ލަންކާގައި ހަމަލާ ދިނީ ސީރިއާގެ ބަޣޫޒުގައި އައިއެސްއާ ދެކޮޅަށް ދިން ހަމަލާތަކުގެ ބަދަލު ހިފަން ކަމަށެވެ. އަދި އިތުރު ހަމަލާ ދޭނެ ކަމުގެ އިންޒާރު ވަނީ ދީފަ އެވެ.
ސްޓޭޓް ޑިޕާޓްމަންޓުން ބުނީ އައިއެސް އިން ނެރުނު ވީޑިއޯ އެމެރިކާ ސަރުކާރުގެ އެނަލިސްޓުން ދިރާސާކޮށް އެއީ ސައްހަ އެއްޗެއްތޯ ބަލާނެ ކަމަށެވެ. ތަރުޖަމާން ވިދާޅުވީ އައިއެސްގެ ވީޑިއޯގެ ސައްހަކަން ބެލުމުގެ އިތުރުން އެ ޖަމާއަތުން ހިފައިގެން ތިބި ސަރަހައްދުތައް އަނބުރާ ހޯދައި އެ މީހުން ބަލިކޮށްފައިވުމުން އައިއެސް އިން ދެން ކަންތައް ކުރާނެ ގޮތެއް ވެސް ބަލާނެ ކަމަށެވެ.
އިރާގުގެ ބޮޑު ވަޒީރު ވިދާޅުވެފައި ވަނީ އައިއެސް ބަލިކަށިކޮށްލެވުނު ނަމަވެސް އެމީހުން ބަލިކޮށްލެވިފައި ނުވާ ކަމަށެވެ.
ޓެރަރިޒަމަށް ފަންޑުކުރާ 20 މީހަކާއި 29 ކުންފުނި
އެމެރިކާ އިން ހަމަލާދީ އައިއެސްގެ ލީޑަރު މަރާލައިފި
ގްރީސްއަށް ނުވެއްދި އައިއެސްމީހާ އެމެރިކާއާ ހަވާލުކުރަނީ
ބަޣުދާދީ މަރާލައިފި ކަމަށް އެމެރިކާ އިން ބުނެފި
އައިއެސް ދަނީ އަނެއްކާވެސް ބާރުގަދަ ކުރަމުން: އެމެރިކާ
އައިއެސްއާ ގުޅުނު ކުއްޖާ އެމެރިކާއަށް ނުވެއްދުމުން ކޯޓަށް
އައިއެސް އަކީ އެމެރިކާ އުފެއްދި ބައެއް: ޚާމަނާއީ
އައިއެސްއާ ގުޅެން އުޅުނު އެމެރިކާ މީހަކު 35 އަހަރަށް ޖަލަށް
ބާރުގަދަ ބޮމުގެ ދިފާއުގައި އެމެރިކާއިން ވާހަކަ ދައްކައިފި
އައިއެސްއާ ދެކޮޅަށް އެޅި ބޮމުން އެތައް ބަޔަކު މަރުވި