21 އޯގަސްޓް 2019
ވޮޝިންޓަން (އޮގަސްޓް 21) - އިސްލާމިކް ސްޓޭޓް (އައިއެސް) އިން ދަނީ ބައެއް ހިސާބުތަކުގައި ބާރުގަދަކުރަމުން ކަމަށް އެމެރިކާގެ ޚާރިޖީ ވަޒީރު މައިކް ޕޮމްޕެއޯ ވިދާޅުވެއްޖެ އެވެ.
ވޮޝިންޓަން (އޮގަސްޓް 21) - އިސްލާމިކް ސްޓޭޓް (އައިއެސް) އިން ދަނީ ބައެއް ހިސާބުތަކުގައި ބާރުގަދަކުރަމުން ކަމަށް އެމެރިކާގެ ޚާރިޖީ ވަޒީރު މައިކް ޕޮމްޕެއޯ ވިދާޅުވެއްޖެ އެވެ.
"މީގެ ދެތިން ހަތަރު އަހަރު ކުރިއާ އަޅާބަލާއިރު އައިއެސް އިން މިހާރު ބާރުގަދަކޮށްފައިވާ ސަރަހައްދުތައް އެބަހުރި. އެކަމަކު ހަމަލާއެއް ދެވޭ ވަރަށް ވުރެ އެ ޖަމާއަތުގެ ބާރު ވަނީ ދަށްކުރެވިފައި،" އެމެރިކާގެ ސީބީއެސް އަށް ދެއްވި އިންޓަވިއުއެއްގައި ޕޮމްޕެއޯ ވިދާޅުވި އެވެ.
އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ޑިސެމްބަރު މަހު ވިދާޅުވެފައި ވަނީ ސީރިއާގައި އެމެރިކާ ސިފައިން ވަނީ އައިއެސް ބަލިކޮށްލާފައި ކަމަށެވެ.
"އަޅުގަނޑުމެން ކާމިޔާބު ހޯދައިފިން،" އެ ދުވަސްވަރު ޓްރަމްޕް ވިދާޅުވި އެވެ.
ޕޮމްޕެއޯ ވިދާޅުވީ މެދުއިރުމަތީގައި އައިއެސް ބަލިކޮށްލުމުގައި އިތުރު 80 ގައުމަކުން މަސައްކަތްކޮށްފައިވާ ކަމަށެވެ. އައިއެސް ބަލިކޮށްލި ނަމަވެސް އެއީ ކޮންމެ ވަގުތަކު ވެސް އަލުން އަތުވެދާނެ ޖަމާއަތެއް ކަމަށް ވިދާޅުވި އެވެ.
އަފްޣާނިސްތާނުގެ ވެރިރަށް ކާބުލްގައި ކައިވެނި ހަފުލާއެއް ކުރިއަށް ދަނިކޮށް އަމިއްލަ އަށް މަރުވުމުގެ ހަމަލާއެއްދީ 63 މީހުން މަރާލި ހާދިސާގެ ޒިންމާ އައިއެސް އިން ވަނީ އުފުލައިފަ އެވެ.
ޕޮމްޕެއޯގެ އިންޓަވިއުގައި ވަނީ ނޯތު ކޮރެއާއާ ގުޅޭ ގޮތުން ވެސް ވާހަކަ ދައްކަވައިފަ އެވެ. އޭނާ ވިދާޅުވީ ނޯތު ކޮރެއާ އިން ކުރު ރާސްތާ މިސައިލްތަކެއް ދާދި ފަހުން ޓެސްޓް ކުރުމަކީ އެމެރިކާ އިން ކަންބޮޑުވާ ކަމެއް ކަމަށެވެ.
ޓެރަރިޒަމަށް ފަންޑުކުރާ 20 މީހަކާއި 29 ކުންފުނި
އެމެރިކާ އިން ހަމަލާދީ އައިއެސްގެ ލީޑަރު މަރާލައިފި
މުސްލިމުންނާ ދެކޮޅަށް ޗައިނާއިން ހިންގަނީ ގަތުލްއާއްމެއް
ރަނގަޅު ބައިވެރިއެއްގެ ގޮތުގައި ތިބެން ބޭނުން:ޕޮމްޕެއޯ
ރާއްޖޭގައި އެމެރިކާގެ އެމްބަސީއެއް ގާއިމްކުރަނީ
ޕޮމްޕިއޯ ރާއްޖެ ވަޑައިގެން ރައީސްއާ ބައްދަލުކުރައްވާނެ
ޔޫއެސްގެ ސެކްރެޓަރީ އޮފް ސްޓޭޓް ރާއްޖެ ވަޑައިގަންނަވަނީ
މައިކްރޮސޮފްޓުން ޓިކްޓޮކް ގަންނަނީ
އެމެރިކާގައި ޓިކްޓޮކް މަނާކުރާނަން: ޓްރަމްޕް
"ސައުތު ޗައިނާ ކަނޑަށް އަތްގަދަކުރުން ގާނޫނާޚިލާފް"