01 ޖޫން 2017
ވޮޝިންޓަން (ޖޫން 1) - އިސްލާމިކް ސްޓޭޓް (އައިއެސް) އާ ގުޅެން އުޅުނު އެމެރިކާގެ ވައިގެ ސިފައިންގެ ތެރޭގައި މަސައްކަތް ކުރި މީހަކު 35 އަހަރަށް ޖަލަށްލާން ހުކުމްކޮށްފި އެވެ.
ވޮޝިންޓަން (ޖޫން 1) - އިސްލާމިކް ސްޓޭޓް (އައިއެސް) އާ ގުޅެން އުޅުނު އެމެރިކާގެ ވައިގެ ސިފައިންގެ ތެރޭގައި މަސައްކަތް ކުރި މީހަކު 35 އަހަރަށް ޖަލަށްލާން ހުކުމްކޮށްފި އެވެ.
ނިއު ޖާޒީ އަށް ނިސްބަތްވާ 49 އަހަރުގެ ޓައިރޮޑް ޕޫގެ މައްޗަށް މިދިޔަ އަހަރު ކުށް ސާބިތުވެފައި ވަނީ، ޖަސްޓިސް ޑިޕާޓްމަންޓުން ބުނި ގޮތުގައި، އައިއެސް އަށް މާއްދީ ގޮތުން އެހީތެރިވުމާއި އިންސާފަށް ހުރަސް އެޅުމެވެ. މީގެ ތެރޭގައި އައިއެސް އަށް ތަމްރީނު ދިނުމާއި އެހެން ގޮތް ގޮތުން އެހީވުން ވެސް ހިމެނެ އެވެ. މިއީ އެމެރިކާގެ ޕެޓްރިއޮޓް ގާނޫނުގެ ދަށުން ކުށެކެވެ.
"އޭނާ ވަނީ ގައުމަށާއި އެއްދުވަސްވަރެއްގައި ޚިދުމަތް ކުރި އަސްކަރިއްޔާ އަށް ފުރަގަސްދީ، ކުށެއް ނެތް މީހުން މަރާ، އަނިޔާވެރި ޓެރަރިސްޓް ޖަމާއަތަކާ ގުޅެން މަސައްކަތްކޮށްފައި،" އެމެރިކާގެ އެކްޓިން އެޓާނީ ޖެނެރަލް ބްރިޖެޓް ރޯޑް ނެރުއްވި ބަޔާނެއްގައި ވިދާޅުވެފައިވެ އެވެ.
ޕްރޮސެކިއުޓަރުން ވަނީ އެއާކްރާފްޓް މެކޭނިކެއްގެ ގޮތުގައި ކުރިން މަސައްކަތް ކުރި ޓައިރޮޑް މިސްރުން ތުރުކީ އަށް ޖެނުއަރީ، 2015 ގައި ދަތުރުކޮށްފައިވާ ކަމުގެ ހެކި ހުށަހަޅައިފަ އެވެ. ތުރުކީން ވަނީ އެއީ ސީރިއާ އަށް އެތެރެވާން އުޅޭ މީހެއް ކަމަށް ބަލާ އަނބުރާ މިސްރަށް ފޮނުވާލައިފަ އެވެ. ޓައިރޮޑުގެ އަތުން ފެނުނު ބައެއް ސާމާނާ ގުޅިގެން މިސްރުން ވަނީ އޭނާ އެމެރިކާ އަށް ޑިޕޯޓްކޮށްފަ އެވެ. އެފްބީއައި އިން މޮނިޓާ ކުރުމަށް ފަހު އޭނާ ހައްޔަރުކުރީ ޖެނުއަރީ 16، 2015 ގަ އެވެ. ޖަސްޓިސް ޑިޕާޓްމަންޓުން ބުނެފައި ވަނީ ތުރުކީ އަށް ގޮސް ސީރިއާ އަށް އެތެރެވާން އޭނާ މަސައްކަތްކޮށްފައި ވަނީ އައިއެސްއާ ގުޅުމަށް ކަމަށެވެ.
މާތްﷲ އޭނާ އަށް ދެއްވި ހުނަރު ބޭނުންކޮށް އައިއެސް ދިފާއު ކުރާނެ ކަމަށް ބުނާ ސިޓީއަކާއި ތުރުކީން ސީރިއާ އަށް އެތެރެވާނެ ގޮތުގެ ޗާޓެއް އޭނާގެ ލެޕްޓޮޕުން ފެނިފައިވާ ކަމަށް ވެސް ޕްރޮސެކިއުޓަރުން ބުނެ އެވެ. އޭނާ އަކީ މުޖާހިދެއް ކަމަށާއި އަދާވާތްތެރިންނަށް އޭނާ އަކީ ކަނޑިއެއް ކަމަށް ސިޓީގައި ބުނެފައިވެ އެވެ. މީގެ އިތުރުން ޓައިރޮޑް ވަނީ އޭނާ އަށް އޮތީ ދެ ގޮތް ކަމަށާއި އެއީ ހަނގުރާމަކޮށް ކާމިޔާބު ހޯދުން ކަމަށާއި ނޫނީ ޝަހީދުވުން ކަމަށް ވެސް ސިޓީގައި ބުނެފައިވެ އެވެ.
ޖަސްޓިސް ޑިޕާޓްމަންޓުން ބުނި ގޮތުގައި ޓައިރޮޑް އިސްލާމްވެފައި ވަނީ 1986-1990 އަށް އޭނާ އެއާ ފޯސްގައި މަސައްކަތް ކުރި ދުވަސްވަރު އެވެ.
ޓެރަރިޒަމަށް ފަންޑުކުރާ 20 މީހަކާއި 29 ކުންފުނި
އެމެރިކާ އިން ހަމަލާދީ އައިއެސްގެ ލީޑަރު މަރާލައިފި
ގްރީސްއަށް ނުވެއްދި އައިއެސްމީހާ އެމެރިކާއާ ހަވާލުކުރަނީ
ބަޣުދާދީ މަރާލައިފި ކަމަށް އެމެރިކާ އިން ބުނެފި
އައިއެސް ދަނީ އަނެއްކާވެސް ބާރުގަދަ ކުރަމުން: އެމެރިކާ
"އައިއެސްގެ ސަލާމަތުން ތިބި ލީޑަރުން ބަލިކުރާނަން"
އައިއެސްއާ ގުޅުނު ކުއްޖާ އެމެރިކާއަށް ނުވެއްދުމުން ކޯޓަށް
އައިއެސް އަކީ އެމެރިކާ އުފެއްދި ބައެއް: ޚާމަނާއީ
ބާރުގަދަ ބޮމުގެ ދިފާއުގައި އެމެރިކާއިން ވާހަކަ ދައްކައިފި
އައިއެސްއާ ދެކޮޅަށް އެޅި ބޮމުން އެތައް ބަޔަކު މަރުވި