23 ފެބުރުއަރީ 2019
އަލަބާމާ (ފެބްރުއަރީ 23) - އިސްލާމިކް ސްޓޭޓް (އައިއެސް) އާ ގުޅުމަށް އެމެރިކާ ދޫކޮށް ދިޔަ އަލަބާމާގެ ކޮލެޖް ދަރިވަރު ހުދާ މުސާނާ އެމެރިކާ އަށް ދެން ނުވައްދާނެ ކަމަށް ރައީސް ޑޮނަލްޑް ޓްރަމްޕް ވިދާޅުވުމުން އެ ކުއްޖާގެ ބައްޕަ އެ މައްސަަލަ ކޯޓަށް ވައްދައިފި އެވެ.
އަލަބާމާ (ފެބްރުއަރީ 23) - އިސްލާމިކް ސްޓޭޓް (އައިއެސް) އާ ގުޅުމަށް އެމެރިކާ ދޫކޮށް ދިޔަ އަލަބާމާގެ ކޮލެޖް ދަރިވަރު ހުދާ މުސާނާ އެމެރިކާ އަށް ދެން ނުވައްދާނެ ކަމަށް ރައީސް ޑޮނަލްޑް ޓްރަމްޕް ވިދާޅުވުމުން އެ ކުއްޖާގެ ބައްޕަ އެ މައްސަަލަ ކޯޓަށް ވައްދައިފި އެވެ.
އުމުރުން މިހާރު 24 އަހަރުގެ މުސާނާ އުޅެ ބޮޑުވީ އަލަބާމާގަ އެވެ. އޭނާގެ އުމުރުން 20 އަހަރުގައި ތުރުކީ އަށް ދިޔައީ މައިންބަފައިންނަށް އޮޅުވާލައިގެންނެވެ. އަދި އޭގެ ފަހުން ވަނީ ސީރިއާ އަށް ގޮސް އައިއެސްއާ ގުޅިފަ އެވެ. އޭނާގެ ޕާސްޕޯޓް އަންދާލާ މަންޒަރުތަކެއް ވަނީ ޓްވީޓާގައި އާއްމުކޮށްފަ އެވެ. އޭގެ ފަހުން އޭނާ ވަނީ އެމެރިކާ މީހުން މެރުމަށް ވެސް ގޮވާލައިފަ އެވެ. އޭނާ ތުރުކީ އަށް ދިޔައީ ޓިއުޝަން ފައިސާ އެއްކޮށްގެން ޓިކެޓް ގަނެގެންނެވެ.
ހުދާ މުސާނާ އަކީ އެމެރިކާ ރައްޔިތެއް ނޫން ކަމަށް ވެސް ބުނޭ. --ފޮޓޯ:އޭއެފްޕީ
އަށާރަ މަހުގެ ކުޑަ ކުއްޖަކު އޮތް މުސާނާ ދަނީ އެނބުރި އެމެރިކާ އަށް ދިއުމަށް މަސައްކަތް ކުރަމުންނެވެ. އޭނާ މިހާރު ހުރީ ކުރުދީންގެ ރެފިއުޖީ ކޭމްޕެއްގަ އެވެ.
މުސާނާގެ ބައްޕަ އަހުމަދު އަލީ ހުށަހެޅި މައްސަލާގައި ވަނީ ސީރިއާ އަށް ގޮސް އައިއެސްއާ ގުޅުނީތީ މުސާނާގެ މައްޗަށް ކޮށްފާނެ ދައުވާއަކުން ރެކެން އޭނާ މަސައްކަތް ނުކުރާނެ ކަމަށް ބުނެފަ އެވެ. އެކަމަކު އޭނާ ހުށަހަޅާފައި ވަނީ މުސާނާ އަށާއި އޭނާގެ 18 މަހުގެ ދަރިފުޅަށް އެމެރިކާގެ ރައްވެހިކަން ދީ އެމެރިކާ އަށް ވަދެވޭނެ ގޮތެއް ހަމަޖައްސައިދިނުމަށެވެ.
މުސާނާ ވަނީ އޭނާ އަށް ކުރެވުނު ކަންތަކާ މެދު ދެރަވެ އަދި ދިރިއުޅުން މުޅިން ހަލާކުގެ ތެރެއަށް ވައްޓާލި ކަމަށް އެއްބަސްވެ އެކަމަށް މައާފަށް އެދިފަ އެވެ. ނަމަވެސް އޭނާގެ ދަރިފުޅުގެ ކުރިމަގު ހަލާކުކޮށްލަން ބޭނުން ނުވާ ކަމަށް ވަނީ ބުނެފަ އެވެ.
I have instructed Secretary of State Mike Pompeo, and he fully agrees, not to allow Hoda Muthana back into the Country!
— Donald J. Trump (@realDonaldTrump) February 20, 2019
ރައީސް ޓްރަމްޕުގެ ޓްވީޓް
ޚާރިޖީ ވަޒީރު މައިކް ޕޮމްޕެއޯ ބުދަ ދުވަހު ވިދާޅުވެފައި ވަނީ މުސާނާ އަށް އެމެރިކާގެ ޕާސްޕޯޓް ނުވަތަ ވިސާ ދޭން ޖެހޭ ގާނޫނީ އެއްވެސް ހަމައެއް ނެތް ކަމަށެވެ. ޕޮމްޕެއޯ ވިދާޅުވީ މުސާނާގެ ބައްޕަ އަކީ އދ. އަށް ކަނޑައަޅާފައި ހުރި ޔަމަނުގެ ޑިޕްލޮމެޓެއް ކަމަށެވެ. އެމެރިކާގެ ގާނޫނު އޮންނަ ގޮތުން ޑިޕްލޮމެޓުންގެ ދަރިންނަށް ލިބޭ ކުދިންނަށް އެމެރިކާގެ ރައްވެހިކަން ނުލިބޭނެ އެވެ.
އެކަމަކު އެ އާއިލާ އިން ބުނަނީ މުސާނާ އަކީ އެމެރިކާގެ ރައްވެއްސެއް ކަމަށް ބަލައިގަނެ ސްޓޭޓް ޑިޕާޓްމަންޓުން 2004 ވަނަ އަހަރު އެމެރިކާގެ ޕާސްޕޯޓް ވެސް ދީފައިވާ ކަމަށެވެ.
އައިއެސްއާ ގުޅެން ދިޔަ އިނގިރޭސި ވިލާތަށް އުފަން އަންހެން ކުއްޖާ ޝަމީމާ ބޭގަމް އަށް ވެސް ވަނީ މިފަދަ މައްސަލައެއް ދިމާވެ އިނގިރޭސި ރައްވެހިކަން އޭނާގެ ކިބައިން ނަގައިފަ އެވެ.
ޓެރަރިޒަމަށް ފަންޑުކުރާ 20 މީހަކާއި 29 ކުންފުނި
އެމެރިކާ އިން ހަމަލާދީ އައިއެސްގެ ލީޑަރު މަރާލައިފި
ގްރީސްއަށް ނުވެއްދި އައިއެސްމީހާ އެމެރިކާއާ ހަވާލުކުރަނީ
ބަޣުދާދީ މަރާލައިފި ކަމަށް އެމެރިކާ އިން ބުނެފި
އައިއެސް ދަނީ އަނެއްކާވެސް ބާރުގަދަ ކުރަމުން: އެމެރިކާ
"އައިއެސްގެ ސަލާމަތުން ތިބި ލީޑަރުން ބަލިކުރާނަން"
އައިއެސް އަކީ އެމެރިކާ އުފެއްދި ބައެއް: ޚާމަނާއީ
އައިއެސްއާ ގުޅެން އުޅުނު އެމެރިކާ މީހަކު 35 އަހަރަށް ޖަލަށް
ބާރުގަދަ ބޮމުގެ ދިފާއުގައި އެމެރިކާއިން ވާހަކަ ދައްކައިފި
އައިއެސްއާ ދެކޮޅަށް އެޅި ބޮމުން އެތައް ބަޔަކު މަރުވި