Roadha Mihaaru
މިދިޔަ ހަފުތާގައި 56 އެކްސިޑެންޓް

މިދިޔަ ހަފުތާގައި 56 އެކްސިޑެންޓް، 15 މީހަކަށް އަނިޔާވި

28 އެޕްރީލް 2019

މިދިޔަ ހަފުތާ ތެރޭ މާލޭގައި 56 އެކްސިޑެންޓެއް ހިނގައި 15 މީހަކަށް އަނިޔާވެފައިވާ ކަމަށް ފުލުހުން މިއަދު އާންމުކުރި ތަފާސް ހިސާބުން ދައްކައިފި އެވެ.

އަހުމަދު ސާއިލް އަލީ އަހުމަދު ސާއިލް އަލީ

މިދިޔަ ހަފުތާ ތެރޭ މާލޭގައި 56 އެކްސިޑެންޓެއް ހިނގައި 15 މީހަކަށް އަނިޔާވެފައިވާ ކަމަށް ފުލުހުން މިއަދު އާންމުކުރި ތަފާސް ހިސާބުން ދައްކައިފި އެވެ.

ޓްރެފިކް މައްސަލަތަކާ ގުޅޭގޮތުން ފުލުހުން ކޮންމެ ހަފުތާއަކު އާންމުކުރާ ތަފާސްހިސާބުތަކުން ދައްކާ ގޮތުން، މިދިޔަ ހަފުތާގެ ތެރޭގައި ޓްރެފިކާ ގުޅުން ހުރި ގިނަ މައްސަލަތަކެއް ބަލާފައިވެ އެވެ.

ނުގަވައިދުން ޕާކްކޮށްގެން އެކަނި ވެސް 1،082 އުޅަނދެއްގައި ސްޓިކާ ޖެހި ކަމަށް ހިސާބުތަކުން ދައްކަ އެވެ.

ތަފާސް ހިސާބުގެ ހުލާސާ

* ލައިސެންސް ނުނަގާ ދުއްވި 64 މައްސަލަ

* ޓްރެފިކް ލައިޓާ ހިލާފަށް ދުއްވި 19 މައްސަލަ

* ބާރު ސްޕީޑުގައި ދުއްވި 18 މައްސަލަ

* ލިޔެކިޔުން ފުރިހަމަ ނޫން 41 އުޅަނދެއްގެ މައްސަލަ

* 18 އަހަރުން ދަށުގެ ކުދިން ވެހިކަލް ދުއްވި 5 މައްސަލަ

ފުލުހުންގެ ތަފާސް ހިސާބު

މިދިޔަ ހަފާތާގެ ތެރޭގައި ގަވައިދާ ހިލާފަށް ޕާކްކުރި 46 ސައިކަލަކާއި ހަތަރު ފޮރޮޅުލީ 14 އުޅަނދެއް ފުލުހުން ވަނީ ޓޯކޮށްފަ އެވެ.

ފޯން ނުވަތަ ހެޑްސެޓް ބޭނުންކުރަމުން ދުއްވި 29 މައްސަލައެއް މިދިޔަ ހަފުތާގައި ފުލުހުން ބަލާފައިވާއިރު ހެލްމެޓު އުސޫލާ ހިލާފުވި 15 މައްސަލައެއް ވެސް ބެލި އެވެ.