10 އެޕްރީލް 2019
މީގެ ދުވަސްކޮޅެއް ކުރިން ޗައިނާގައި ބޭއްވި ކައިވެނި ޕާޓީ އަކަށް، ކައިވެނިކުރި ފިރިހެން މީހާގެ ކުރީގެ ލޯބިވެރިޔާ ވެޑިން ޑްރެސް ލައިގެން ވަދެ ފިރިހެން މީހާ ދެކެ ލޯބިވާ ކަމަށް ބުނެ ކައިވެންޏަށް ސަލާން ޖަހައިފި އެވެ.
މީގެ ދުވަސްކޮޅެއް ކުރިން ޗައިނާގައި ބޭއްވި ކައިވެނި ޕާޓީ އަކަށް، ކައިވެނިކުރި ފިރިހެން މީހާގެ ކުރީގެ ލޯބިވެރިޔާ ވެޑިން ޑްރެސް ލައިގެން ވަދެ ފިރިހެން މީހާ ދެކެ ލޯބިވާ ކަމަށް ބުނެ ކައިވެންޏަށް ސަލާން ޖަހައިފި އެވެ.
ޗައިނާގެ ސޯޝަލް މީޑިއާގައި ވައިރަލް ވެފައިވާ ވީޑިއޯގައި ފެންނަނީ ފިރިހެން މީހާ އޭނާގެ އަލަތު އަނބިމީހާގެ އަތުގައި ހިފައިގެން ހުއްޓާ، ކައިވެނީގެ ހެދުމުގައި ހުންނަ އެހެން އަންހެނަކު ކުއްލިއަކަށް ޕާޓީ ތެރެއަށް ވަދެގަނެ ފިރިހެން މީހާގެ އަތުގައި ހިފައި ދަމަނިކޮށެވެ.
މި އަންހެން މީހާ އަކީ ފިރިހެން މީހާގެ ކުރީގެ ލޯބިވެރިޔާ އެވެ. އޭނާ ފިރިހެން މީހާގެ އަތުގައި ހިފައި ދަމައި، ކުޑަކަކޫ ޖަހައިގެން އިށީނދެ އިނދެ ފިރިހެން މީހާގެ ކިބައިން މާފަށް ވެސް އެދެ އެވެ.
ބައެއް ނޫސްތަކުން ރިޕޯޓްކޮށްފައިވާ ގޮތުގައި އަންހެން މީހާ ރޮމުން އާދޭސްކުރީ އަލުން ރައްޓެހިވުމަށެވެ. އަދި ދެ މީހުން ވަކިވާން ޖެހުނީ ފިރިހެން މީހާގެ މައްސަލައެއް އޮވެގެން ނޫން ކަމަށް ބުނެ އަމިއްލަ ކުށަށް އިއުތިރާފުވި ކަމަށްވެ އެވެ.
ކައިވެނިކުރި އަންހެން މީހާ މި ކަންތައްގަނޑާ ހެދި ރުޅި ގަދަވެ ފިރިމީހާގެ އަތް ފޮޅާލައި ދުރަށް ދެ އެވެ. އެކަމަކު ވީޑިއޯ އިން ދެން ފެންނަނީ ފިރިހެން މީހާ އަވަސްކޮށްލާފައި، އޭނާގެ އަނބިމީހާ ހަމަޔަކަށް އަޅުވަން ފަހަތުން ދާ ތަނެވެ.
ވީޑިއޯ އިން އަޑު އިވޭ ގޮތުގައި، މިއީ ލޯބީގައި ކަންތައް ވާނެ ގޮތޭ ކިޔައި ބައެއް މީހުން ޖޯކު ޖަހައި ހަޅޭއް ވެސް ލަވަ އެވެ.
ހަތް ފޫޓް އުސް ވެޑިން ކޭކުގައި ޝެންޑެލިއާއެއް
ދުނިޔޭގެ އެންމެ ދުވަސްވީ ޕެންޑާ މަރުވެއްޖެ
ދިރޭ ބޯވައެއް ކާލަން އުޅެނިކޮށް މޫނުގައި ތަތްކޮށްލައިފި
އެއާޕޯޓެއްގެ "ބެގެޖް ކްލެއިމް" ގައި ކައިވެނިކުރަނީ
މޭވާ ޖޫސް އިންޖެކްޓްކުރި މީހަކު މަރުނުވީ ކިރިޔާ
ޗައިނާގައި ފޭރުނު މީހަކު ފައިސާ އަނބުރާ ދީފި
"ނަސީބު ރަނގަޅުކުރާ" ކޮއިން މަތިންދާބޯޓު އިންޖީނަށް
ބައިސްކަލަކުން ޖެހި ކާރަކަށް މިހާ ވަރު ވެދާނެ؟
ދަނޑުވެރިޔަކު އަމިއްލައަށް "މަތިންދާބޯޓެއް" ހަދައިފި
ބޮލުގައި މޮހޮރެއް؛ ވަނީ ކިހިނެއް ކަމެއް ނޭނގޭ