11 އޯގަސްޓް 2022
މުއްސަނދިން ކައިވެނީގެ ހަފުލާ ބާއްވާއިރު ޒާތްކޮޅު ބޮޑު އެއްޗެހި ބޭނުންކުރުމަކީ އާންމު ކަމެކެވެ. އެމެރިކާގެ ރިއަލިޓީ ތަރިއެއް ކަމަށްވާ ޓެރެސާ ގައިޑިސްގެ ކައިވެނީގެ ހަފުލާ ވެސް މިފަދަ އެވެ. އަގުބޮޑު ކައިވެނީގެ ހަފުލާއިން އެތައް ބައެއްގެ ސަމާލުކަން ހުއްޓިފައިވަނީ ވެޑިން ކޭކަށެވެ.
މުއްސަނދިން ކައިވެނީގެ ހަފުލާ ބާއްވާއިރު ޒާތްކޮޅު ބޮޑު އެއްޗެހި ބޭނުންކުރުމަކީ އާންމު ކަމެކެވެ. އެމެރިކާގެ ރިއަލިޓީ ތަރިއެއް ކަމަށްވާ ޓެރެސާ ގައިޑިސްގެ ކައިވެނީގެ ހަފުލާ ވެސް މިފަދަ އެވެ. އަގުބޮޑު ކައިވެނީގެ ހަފުލާއިން އެތައް ބައެއްގެ ސަމާލުކަން ހުއްޓިފައިވަނީ ވެޑިން ކޭކަށެވެ.
އެމެރިކާ "ރިއަލް ހައުސްވައިވްސް" ފްރެންޗައިޒްގައި ބައިވެރިވެފައިވާ ޓެރެސާ ވަނީ ދާދި ފަހުން ކައިވެނިކޮށްފަ އެވެ. ލުއިސް ރުއެލަސް ނަމަކަށް ކިޔާ މީހަކާ ކައިވެނި ކުރިއިރު ދެމީހުންގެ ކައިވެނީގެ ހަފުލާ ބޭއްވީ ވަރަށް އަގުބޮޑުކޮށެވެ.
ނަމަވެސް މުޅި އިވެންޓުގެ ހާއްސަ ކަމަކަށްވީ ހަފުލާއަށް ފަރުމާކޮށްފައިވާ ހުދުކުލައިގެ ކޭކެކެވެ. ޕެލީމޯ ބޭކަރީ ކިޔާ ތަނެއްގެ ވެރިޔާ ލިއޭން ވަޓްސަން އެޅި ކޭކުގައި ހަތް ޓިއާ ނުވަތަ ހަތް ބަރި ހިމެނެ އެވެ.
އެ ކޭކު އެހާ އުސްކޮށް ހަދާފައިވާއިރު ހަތަރުވަނަ ބަރިއަށް ފަހު ފެންނަނީ ހުސް ބައެކެވެ. އެބައިގައި ބޭނުންކޮށްފައިވަނީ ޝެންޑަލިއާއެކެވެ. އެއަށްފަހު އިތުރު ތިން ބަރީގެ ކޭކު ހިމެނެ އެވެ.
އުސްމިނުގައި ހަތް ފޫޓް ހުރި މި ކޭކުގެ އަގަކީ 5،000 ޑޮލަރެވެ.
މި ކޭކު އެޅުމަށް ކޮށްފައިވާ މަސައްކަތަށް އެއްބަޔަކު ތަރުހީބު ދެމުން އަންނައިރު އަނެއްބައި މީހުން ކިޔަމުން ދަނީ އެހާ ބޮޑު ހަރަދެއް ކޮށްގެން ކޭކެއް އެޅުމަކީ އިސްރާފެއް ކަމަށެވެ.
އެއާޕޯޓެއްގެ "ބެގެޖް ކްލެއިމް" ގައި ކައިވެނިކުރަނީ
ކުރީގެ ލޯބިވެރިޔާ ކައިވެނި ހަފުލާގައި އާދޭސްކޮށްފި
ވަގެއް ބައި ގަޑިއިރުގެ މަސައްކަތަށް ފަހު ނެގީ އަނބެއް
24-12-24، ރީތި ތާރީހުގައި 52 ކައިވެނި!
ބަންދު ދުވަސްތަކުގައި ވެސް ކޯޓުގައި ކައިވެނިކޮށްދެނީ
ކައިވެނީގެ އެންގޭޖުމަންޓުގެ މުހިންމުކަން
ޝޮބިތާ އާއި ނާގަ ކައިވެނިކޮށްފި
ނަސްރީނާ ދެކެ ވާ ލޯބިން އެހެންދިމާއަކަށް ނުބައްލަވާ
ޝޮބިތާ އާއި ނާގަގެ ކައިވެނި ޑިސެމްބަރުގައި
ސިޔާމް/ޒާރާގެ ކައިވެނި؛ ކަމަދޫގައި ބޮޑު ހަފުލާއެއް