ފޭސްބުކް ޕްރޮފައިލް ހަދާ ކޮންމެ ފަހަރަކު އެކައުންޓް ސަސްޕެންޑްކުރާތީ، އެމެރިކާގެ ގާނޫނީ ވަކީލެއް ކަމަށްވާ މާކް ޒަކަބާގް ފޭސްބުކް ގޮވައިގެން ކޯޓަށް ހިނގައްޖެ އެވެ.
ފޭސްބުކް ޕްރޮފައިލް ހަދާ ކޮންމެ ފަހަރަކު އެކައުންޓް ސަސްޕެންޑްކުރާތީ، އެމެރިކާގެ ގާނޫނީ ވަކީލެއް ކަމަށްވާ މާކް ޒަކަބާގް ފޭސްބުކް ގޮވައިގެން ކޯޓަށް ހިނގައްޖެ އެވެ.
ފޭސްބުކްގެ ވެރިޔާ މާކް ޒަކަބާގާ ނަން އެއްގޮތް، މާކް އެސް ޒަކަބާގް ބުނީ އޭނާގެ އެކައުންޓް އަށް އަހަރު ތެރޭ ފަސް ފަހަރަށް ސަސްޕެންޑްކޮށްފި ކަމަށާއި ކޮންމެ ފަހަރަކު އެ ފިޔަވަޅު އަޅަނީ "ސެލެބްރިޓީއެއްގެ ނަމުގައި އެކައުންޓް ހަދާތީ" ކަމަށް ބުނެފައި ކަމަށެވެ.
އިންޑިއާނާގެ ބޭންކްރަޕްސީ އެޓާނީއެއް ކަމަށްވާ ޒަކަބާގްގެ ދައުވާގައި ބުނެފައިވަނީ އޭނާ ވަކީލެއްގެ ގޮތުގައި މަސައްކަތްކުރާތާ 38 އަހަރު ވެއްޖެ ކަމަށާއި އޭނާ މަސައްކަތް ފެށި އިރު، މިހާރު ދުނިޔޭގެ އެންމެ މުއްސަނދި އެކަކު ކަމަށްވާ ފޭސްބުކްގެ ވެރިޔާ ޒަކަބާގަކީ ފިރުކިފައި އުޅޭ ވަރުގެ ތުއްތު ކުއްޖެއް ކަމަށެވެ.
ފޭސްބުކް ހިންގާ މެޓަ ކުންފުނިން ބުނީ ވަކީލް ޒަކަބާގްގެ އެކައުންޓުގެ ސަސްޕެންޝަން މިހާރު އުވާލާފައިވާ ކަމަށާއި އެކައުންޓް ސަސްޕެންޑްކުރެވޭ "ގޯސް" އަލުން ތަކުރާރު ނުވާނެ ގޮތް ހެދުމުގެ މަސައްކަތްކުރަމުން އަންނަ ކަމަށެވެ.
"މިއީ މަޖާ ކަމެއް ނޫން،" އިންޑިއާނާގެ ޓީވީ ޗެނަލަކަށް ދިން އިންޓަވިއުއެއްގައި ވަކީލް ވިދާޅުވި އެވެ. "އެ މީހުން އަހަރެންގެ ފައިސާ ވެސް ނަގާއިރު."
މެރިސަން ސުޕީރިއާ ކޯޓަށް ހުށަހަޅާފައިވާ މައްސަލައިގައި ބުނެފައިވަނީ ވަކީލް ޒަކަބާގް އޭނާގެ މަސައްކަތް ފޭސްބުކްގައި ޕްރޮމޯޓްކުރުމަށް 11،000 ޑޮލަރު ވެސް ހޭދަކޮށްފައި ވަނިކޮށް އެކައުންޓް ސަސެޕެންޑްކުރީ މެޓަ ކުންފުނިން އެއްބަސްވުމާ ހިލާފަށް ކަމަށެވެ.
"މިއީ ހައިވޭއެއްގެ އެއްފަރާތުގައި ޖަހާފައި ހުންނަ ބިލްބޯޑަކުން އިޝްތިހާރު ވިއްކުމަށް ފަހު އެ ނިވާވާ ގޮތަށް ފޮތިގަނޑެއް ދަމައި، ފައިސާ ދެއްކި ބޭނުން ނުފުދޭ ގޮތް ހެދުން ކަހަލަ ކަމެއް،" ވަކީލް ވިދާޅުވި އެވެ.
ވަކީލް މި މައްސަލަ ހައްލުކުރުމަށް ފޭސްބުކަށް ކޮށްފައިވާ މެއިލްތަކުގައި މެޓަ ކުންފުނިން ބުނެފައިވަނީ މައްސަލައަކީ "އަސްލު ނަން ބޭނުން ނުކުރުން" ކަމަށެވެ. އޭނާ ބުނެފައިވަނީ ކާކުކަމާއި ނަން ކަށަވަރުކޮށްދިނުމަށް ފޮޓޯ އައިޑީ އާއި ކްރެޑިޓް ކާޑާއި މޫނުގެ އެތައް ފޮޓޯއެއް ވެސް ހުށަހަޅާފައިވާނެ ކަމަށެވެ.
"އަހަންނަކީ މާކް ސްޓީވެން، އޭނާ އަކީ މާކް އެލިއޮޓް،" އިންޓަވިއުގައި ޒަކަބާގް ވިދާޅުވި އެވެ.
އޭނާގެ އެކައުންޓް އެންމެ ފަހުން ސަސްޕެންޑްކުރީ މެއި މަހު އެވެ. އެއާ އެކު ދައުވާކުރުމުން މިހާރު ވަނީ ސަސްޕެންޝަން އުވާލައިފަ އެވެ.
މާބޮޑަށް ސެންސަރުވާތީ ފޭސްބުކްގެ ފެކްޓް ޗެކް ހުއްޓާލަނީ
މެޓައިން ޓްވިޓާއާ ވާދަކުރާތީ "ކޮޕީ ކެޓް" ގޮވައިފި
ފޭސްބުކުން ވެސް ވެރިފައިޑް ބެޖް ވިއްކަނީ
ދުވާލަކު ދެ ބިލިއަން މީހުން ފޭސްބުކް ބޭނުންކުރޭ
ގޫގުލް އަށް ވުރެ ވެސް ޓިކްޓޮކް މާ މަގުބޫލު
އިންސްޓަގްރާމްގެ ޗީފް ކޮންގްރެސް އަށް ހާޒިރުކުރަނީ
އިންސްޓަގެ "ޓޭކް އަ ބްރޭކް" ފީޗާ އަންނަ މަހު
"މެޓަ" ގެ ނަމުގެ މައްސަލަ ބޮޑުވެދާނެ
ފޭސްބުކް ހިންގާ ކުންފުނީގެ ނަން "މެޓަ" އަށް
އެފްބީ އަކީ މުޖުތަމައުގެ ހަލާކު: ސްނެޕްޗެޓްގެ ސީއީއޯ