ކައިވެނި ހަފުލާތައް ޒީނަތްތެރި ކޮށްދޭ ކަމަށް ބުނެ ސްކޭމް ހިންގާ "ޖަސްޓް މެރިޑް"ގެ ފޭސްބުކް ޕޭޖް ފާާޑުކިޔުންތަކާ އެކު، އެންމެ ފަހުން ޑީއެކްޓިވޭޓް ކޮށްފި އެވެ.
19 މެއި 2025
ކައިވެނި ހަފުލާތައް ޒީނަތްތެރި ކޮށްދޭ ކަމަށް ބުނެ ސްކޭމް ހިންގާ "ޖަސްޓް މެރިޑް"ގެ ފޭސްބުކް ޕޭޖް ފާާޑުކިޔުންތަކާ އެކު، އެންމެ ފަހުން ޑީއެކްޓިވޭޓް ކޮށްފި އެވެ.
އެ ޕޭޖު ހިންގާ ފަރާތުން ޕޭޖު "ޑީއެކްޓިވޭޓް" މި ކުރީ މިދިޔަ ބުރާސްފަތި ދުވަހު ބޭއްވި ކައިވެނީގެ ހަފުލާއެއްގެ އިންތިޒާމުތަކަށް ފައިސާ ދެއްކި ނަމަވެސް ޑެކަރޭޝަނާއި ކެއުމާ ގުޅޭ ކަންކަމަށް ދިން ލަނޑުގެ ވާހަކަތައް ސޯޝަލް މީޑިއާ އަށް ތިލަވެ، ގިނަ ބަޔަކު ފާޑުކިޔަން ފެށުމުންނެވެ.
އެ ވާހަކަތައް "މިހާރު" ގައި ރޭ އިރާކޮޅު ޖެހި ފަހުން "ޖަސްޓް މެރިޑް" ޕޭޖު ވަނީ ޑީއެކްޓިވޭޓްކޮށްފަ އެވެ.
ބުރާސްފަތި ދުވަހު ކައިވެނިކުރި އައިޝަތު ނަދާގެ ދެމަފިރިންގެ ކައިވެނީގެ ހަފުލާގެ އިންތިޒާމުތައް ހަމަޖައްސައިދޭން ހަވާލުކުރީ "ޖަސްޓް މެރިޑް ޕޭޖު ހިންގާ ގ. ލައުޒާން، މުހައްމަދު ހުނައިންއާ އެވެ. . ޑެކަރޭޝަނާއި ކެއުމަށާއި ތަނުގެ އަގު ވެސް ހިމައިގެން ފައިސާ ޖަމާކުރީ ވެސް ހުނައިންގެ އެކައުންޓުތަކަށެވެ.
ހައުސް އޮފް ޖޭޑުގައި ބޭއްވި ކައިވެނީގެ ޑެކަރޭޝަނަށް "ޖަސްޓް މެރިޑް" ޕޭޖަށް ނަދާގެ ދެމަފިރިން ފުރަތަމަ 20،000 ރުފިޔާ ދިނީ މިދިޔަ އެޕްރީލް 1 ގަ އެވެ. އެއީ 200 މީހުންގެ ކެއުން ވެސް ހިމެނޭ ޕެކޭޖަކަށެވެ. އިތުރަށް ދައްކަން ޖެހުނު 14،500ރ. އާއި 50 މީހުން އިތުރު ކުރަން ބޭނުން ވެގެން މިދިޔަ މަހުގެ 13 ވަނަ ދުވަހު 7،500ރ. ވެސް ދެއްކި އެވެ.
ނަދާ ބުނީ އެ ދެމަފިރިން ނެގި ޕެކޭޖަށް ދައްކަންޖެހޭ އެޑްވާންސް ޕޭމަންޓުތައް ދެއްކުމަށް ފަހު ބާކީ ނުދީ އޮތީ، 2،000ރ. ކަމަށެވެ. އެއީ، ކައިވެނި ޕާޓީ އޮންނަ ދުވަހު، ހުރިހާ ކަމެއް ފުރިހަމައަށް ނިމުމުން ދޭން އެއްބަސްވެފައިވާ އަދަދެއް ކަމަށް ނަދާ ބުންޏެވެ.
ނަދާގެ ޕޯސްޓު--
ޖަސްޓް މެރިޑް އަކީ ރަޖިސްޓްރީ ނުކޮށް ހިންގާ ޕޭޖެއްކަން އިކޮނޮމިކް މިނިސްޓްރީގެ ބިޒްނަސް ޕޯޓަލުން އެނގެ އެވެ. ހަމަ އެކަނި ފޭސްބުކުގައި ހިންގާ އެ ޕޭޖު ރެއާ ހަމައަށް އެކްޓިވް އެވެ. ނަމަވެސް މިހާރު އެ ޕޭޖު ވަނީ ޑީއެކްޓިވޭޓް ކޮށްފަ އެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލް މިއަދު ވިދާޅުވީ، ސޯޝަލް މީޑިއާގައި އެ ޕޭޖުގެ ޕޯސްޓުތަކެއް ދައުރުވަމުން ދާތީ އެކަމާ ގުޅޭ މައުލޫމާތު ސާފު ކުރުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.
"ޖަސްޓް މެރިޑް" ފޭސްބުކް ޕޭޖު، ޑީއެކްޓިވޭޓް ކޮށްފައި--
ނަދާގެ ޕޯސްޓް ޖެހުމުން ބައެއް މީހުން ކުރި ކޮމެންޓްތަކުގައިވާ ގޮތުގައި ޖަސްޓް މެރިޑްއާ އެކު އެ ތަޖުރިބާ ކުރަން ޖެހުނީ އެ ދެމަފިރިން އެކަންޏެއް ނޫނެވެ. އެ ޕޭޖުން އެހެން މީހުންނަށް ވެސް ވަނީ ލަނޑު ލިބިފަ އެވެ.
އެކަކު ބުނެފައި ވަނީ މިދިޔަ އަހަރު އޭނަގެ ކައިވެނީގެ ޑެކަރޭޝަނާއި ކެއުމަށް 145،000ރ. ޖަސްޓް މެރިޑް މީހުންނާ ހެދި ހަރަދުވި ކަމަށެވެ. ކުރިން ހުނައިންގެ މައްސަލަ ރިޕޯޓު ކޮށްފައިވާނެ ކަމަށާއި އޭނާގެ ކައިވެނީގައި ވެސް ކަންތައްވީ ހަމަ ނަދާމެންނަށް ދިމާވި ގޮތަށް ކަމަށް ބުނެފައިވެ އެވެ.
އެހެން މީހަކު ބުނެފައި ވަނީ 2023 ވަނަ އަހަރު އޭނަގެ ދަރިފުޅުގެ ކައިވެނި ޕާޓީގައި ވެސް ޖަސްޓް މެރިޑް މީހުން ކަންތައް ކޮށްފައި ވަނީ ހަމަ އެގޮތަށް ކަމަށެވެ.
އެ ޕޭޖަށް މީހުން ދީފައިވާ ރިވިއުތަކުގައި ވެސް ހުރީ ހުސް "ނެގެޓިވް" ކޮމެންޓެވެ.
"ޖަސްޓް މެރިޑް" ސްކޭމުން ކައިވެނި ހަފުލާ ކަރުނައަށް
ލޮކްޑައުންގައި ކައިވެނި ޕާޓީ ބޭއްވުމުން ދައުވާކޮށްފި
ކައިވެނީގެ އަގުދުގައި އިތުރު ޝަރުތުތައް ހިމެނުން
ޝޮބިތާ އާއި ނާގަގެ ކައިވެނި ޑިސެމްބަރުގައި
ސިޔާމް/ޒާރާގެ ކައިވެނި؛ ކަމަދޫގައި ބޮޑު ހަފުލާއެއް
ސަން ސިޔާމް އާއި ޒާރާ ކައިވެނި ބައްލަވައިގެންފި
ކައިވެނީގެ ރަން ޔޫބީލްގެ ފޮޓޯތައް ކުރިއެކޭ އެއްގޮތަށް
ވަރުން ދަވަން ކައިވެނިކޮށްފި
ކައިވެނި ޕާޓީ ކެންސަލްކޮށް ކާންދިނީ ބަލި މީހުންނަށް
ހުރިހާ ދުވަހަކު ވެސް ކައިވެނިކޮށްދޭން ކޯޓުން ނިންމައިފި