Roadha Mihaaru
ލޮކްޑައުންގައި ކައިވެނި ޕާޓީ ބޭއްވުމުން ދައުވާކޮށްފި

ލޮކްޑައުންގައި ކައިވެނި ޕާޓީ ބޭއްވުމުން ހައްޔަރުކޮށް، ދައުވާކޮށްފި

12 އެޕްރީލް 2020

ކޮރޯނާވައިރަހުން ރައްކާތެރިވުމުގެ ފިޔަވަޅެއްގެ ގޮތުން ލޮކްޑައުން އިއުލާންކޮށްފައި ވަނިކޮށް އެކަމާ ހިލާފުވެ ކައިވެނި ޕާޓީ ބޭއްވި މައްސަލައެއްގައި ދެކުނު އެފްރިކާގެ ދެމަފިރިއަކު ޕާޓީގެ ތެރެއިން ހައްޔަރުކޮށްފި އެވެ.

އަހުމަދު އަދްޝަން އަހުމަދު އަދްޝަން

ކޮރޯނާވައިރަހުން ރައްކާތެރިވުމުގެ ފިޔަވަޅެއްގެ ގޮތުން ލޮކްޑައުން އިއުލާންކޮށްފައި ވަނިކޮށް އެކަމާ ހިލާފުވެ ކައިވެނި ޕާޓީ ބޭއްވި މައްސަލައެއްގައި ދެކުނު އެފްރިކާގެ ދެމަފިރިއަކު ޕާޓީގެ ތެރެއިން ހައްޔަރުކޮށްފި އެވެ.

މިކަމާ ގުޅިގެން ކައިވެނީގެ ފުރަތަމަ ރޭ ދެމަފިރިންނަށް ހޭދަކުރަން ޖެހުނީ ޖަލުގަ އެވެ.

މީޑިއާތަކުން ބުނި ގޮތުގައި މިދިޔަ ހަފުތާގެ އާދީއްތަ ދުވަހު އެންސެލެނީގައި ބޭއްވި ކައިވެނި ޕާޓީގެ ތެރެއަށް ފުލުހުން ވަދެ، ދެމަފިރިންގެ އިތުރުން ހަފުލާގައި ބައިވެރިވި 50 މީހަކު ވެސް ހައްޔަރުކޮށްފައިވެ އެވެ. އަދި އެ އެ އެންމެންގެ މައްޗަށް ވަނީ އަމުރަށް ނުކިމަންތެރިވުމުގެ ދައުވާ މިދިޔަ ހޯމަ ދުވަހު އުފުލައިފަ އެވެ.

ބައެއް މީޑިއާތަކުން ވަނީ ކައިވެނިކުރި ދެމަފިރިން ފުލުހުންގެ ވެހިކަލަކަށް އަރުވާ މަންޒަރު ފެންނަ ވީޑިއޯއެއް ވެސް އާންމުކޮށްފަ އެވެ. އޭގައި ފެންނަނީ ހުދު ކުލައިގެ ވެޑިން ޑްރެސްގައި އިން އަންހެނުން ވެހިކަލަށް އަރާ އިރު ކޯޓް ފަޓްލޫނުގައި އިން ފިރިމީހާ އެހީތެރިވާ ތަނެވެ. އެކަމަކު އެ ދެމަފިރިންގެ ވަނަވަރެއް ހާމަކޮށްފައެއް ނުވެ އެވެ.

ދެކުނު އެފްރިކާ އަކީ އެފްރިކާގެ ބައްރުގެ ގައުމުތަކުގެ ތެރެއިން ކޮރޯނާވައިރަހުގެ ކޭސް މިހާތަނަށް އެންމެ ގިނަ ގައުމެވެ. އެގޮތުން އެ ގައުމުން ބަލި ޖެހުނު މީހުންގެ އަދަދު 2000 އަށް ވުރެ މައްޗަށް އަރާފައިވާ އިރު، މަރުވި މީހުންގެ އަދަދު 30 އާ ގާތްްކުރެ އެވެ. އަދި ކޮވިޑް-19 އިން ރަނގަޅު މީހުންގެ އަދަދު 400 އަށް ވިރެ ގިނަ އެވެ.

ދެކުނު އެފްރިކާގައި ލޮކްޑައުން އިއުލާންކޮށް، އާންމުން ބޭރަށް ނުކުންނަން ހުއްދަ ދީފައި ވަނީ ހަމައެކަނި ކާނާ އާއި ސިއްހީ ބޭނުންތަކުގަ އެވެ. އެ ގައުމުން 21 ދުވަހުގެ ލޮކްޑައުނެއް އިއުލާންކުރީ މިދިޔަ މަހުގެ 26 ގަ އެވެ.