08 ޑިސެމްބަރ 2020
އެމެރިކާ ބަޔަކު ކައިވެނީގެ އުފަލުގައި ބޮޑު ހަފުލާއެއް ބާއްވަން ނިންމި ނަމަވެސް ކޮވިޑް-19 ގެ ބަލިމަޑުކަމާ ހެދި އެ ޕްލޭން ކެންސަލޮށް، ބޮޑެތި ބައެއް ބަލިތަކަށް ފަރުވާ ހޯދާ ބަޔަކަށް ކާތަކެތި ހަދިޔާކޮށްފި އެވެ.
އެމެރިކާ ބަޔަކު ކައިވެނީގެ އުފަލުގައި ބޮޑު ހަފުލާއެއް ބާއްވަން ނިންމި ނަމަވެސް ކޮވިޑް-19 ގެ ބަލިމަޑުކަމާ ހެދި އެ ޕްލޭން ކެންސަލޮށް، ބޮޑެތި ބައެއް ބަލިތަކަށް ފަރުވާ ހޯދާ ބަޔަކަށް ކާތަކެތި ހަދިޔާކޮށްފި އެވެ.
އެމެރިކާގެ ޝިކާގޯގައި ދިރިއުޅޭ އެމިލީ ބަގް އާއި ބިލީ ލުވިސް ސިޓީ ހޯލްގައި ކައިވެނީ ކުރި ރަސްމިއްޔާތުގައި އިތުރު މީހަކަށް ބައިވެރިވީ ހަމައެކަނި ފޮޓޯގްރާފަރެކެވެ. އެ ކައިވެނީގެ ކޭޓަރިން އަށް ހަމަޖެއްސި 5،000 ޑޮލަރު (77,250 ރ.) އިން އެ މީހުން ނިންމީ ބަލި މީހުންނަށް ކާންދޭށެވެ.
ކައިވެނީގެ ޕާޓީ ބާއްވާނެ ތަނެއް މިފަދަ ދަނޑިވަޅެއްގައި ހޯދަން ދަތިވުމާއި ގިނަ ބަޔަކު އެއްތާކަށް ޖަމާކުރެވެން ވެސް ނެތުމުން ދެމަފިރިން ނިންމީ ނަފުސާނީ ބަލިތަކުގެ މީހުންނަށާއި މަސްތުވާތަކެތީގެ ޝިކާރައަކަށްވެފައިވާ މީހުންނަށް ހިލޭ ސާބަހަށް އެހީވާ ޖަމިއްޔާއެއް ކަމަށްވާ ތުރެޝްހޯލްޑްސްއާ ގުޅިގެން އެތަނުން ބަލަހައްޓާ މީހުންނަށް ކައިވެނީގެ ކެއުން ދޭށެވެ.
ކޭޓަރިންގެެ ހިދުމަތް ދޭ ޝިކާގޯގެ "ބިގް ޑިލިޝަސް ޕްލެޓްނެޓް" އާ ހަވާލުކޮށްގެން 200 މީހަކަށް ކައިވެނީގެ ކެއުން ދީފައިވެ އެވެ.
"މިހާރު ހިތަށް އަރާ ކައިވެނީގެ ބޮޑު ޕާޓީއެއް ނުބޭއްވުމަކީ އެއްވެސް މައްސަލައެއް ނޫނޭ. މިގޮތަށް ބަޔަކަށް އެހީވެވުނީމަ ލިބުނު ހިތްހަމަޖެހުން މާ ބޮޑު،" ދެމަފިރިން ބުންޏެވެ.
ތުރެޝްހޯލްޑުން ވަނީ ދެމަފިރިންގެ ފަރާތުން ދިން އެހީ އަށް ވަރަށް ބޮޑަށް ޝުކުރު އަދާކޮށް ބާއްޖަވެރި ހަޔާތަކަށް އެދިފަ އެވެ.
ކައިވެނީގެ ރަން ޔޫބީލްގެ ފޮޓޯތައް ކުރިއެކޭ އެއްގޮތަށް
ޕާޓީއަށް ނުދިއުމުން ބަދަލު ހޯދަން އިންވޮއިސް ފޮނުވައިފި
ގެއްލުނު އަނގޮޓި 48 އަހަރު ފަހުން ހަދިޔާއަކަށް
ކައިވެނީގެ ހަފުލާ އެމެރިކާ-ކެނެޑާ ބޯޑަރުގައި
ޝޮބިތާ އާއި ނާގަގެ ކައިވެނި ޑިސެމްބަރުގައި
ސިޔާމް/ޒާރާގެ ކައިވެނި؛ ކަމަދޫގައި ބޮޑު ހަފުލާއެއް
ސަން ސިޔާމް އާއި ޒާރާ ކައިވެނި ބައްލަވައިގެންފި
ކައިވެނިކުރެވުނީ ބައްދަލުނުވާތާ 20 މަސް ފަހުން
ކަންޔޭ އާ ގެއެއް ގަތީ ކިމްގެ ގެއާ ވަރަށް ކައިރިން
އަންކިތާގެ ކައިވެނި ހަދިޔާއަކީ ރާއްޖޭން ވިލާއެއް؟