22 އޮކްޓޯބަރ 2020
ކޮވިޑް-19 އާ ހެދި އެއް ގައުމުން އަނެއް ގައުމަށް ދަތުރުކުރުމުގައި ހުރި ތާށިކަމާ ހެދި ދެ ފަރާތުގެ އާއިލާގެ މީހުން އެއް ތަނެއްގައި ތިބެގެން ކައިވެނީގެ ހަފުލާ ބޭއްވެން ނެތުމުން ކެނެޑާގެ ދެ މީހަކު އެ ގައުމާއި އެމެރިކާގެ ބޯޑަރު ކައިރީގައި ކައިވެނިކޮށްފި އެވެ.
ކޮވިޑް-19 އާ ހެދި އެއް ގައުމުން އަނެއް ގައުމަށް ދަތުރުކުރުމުގައި ހުރި ތާށިކަމާ ހެދި ދެ ފަރާތުގެ އާއިލާގެ މީހުން އެއް ތަނެއްގައި ތިބެގެން ކައިވެނީގެ ހަފުލާ ބޭއްވެން ނެތުމުން ކެނެޑާގެ ދެ މީހަކު އެ ގައުމާއި އެމެރިކާގެ ބޯޑަރު ކައިރީގައި ކައިވެނިކޮށްފި އެވެ.
މީޑިއާތަކުން ބުނީ ދެ ފަރާތުގެ އާއިލާގެ މީހުންނަށް އެއް ބަޔަކު އަނެއް ބަޔަކު ފެންނަ ގޮތަށް ބޯޑަރު ކައިރީގައި ކައިވެނީގެ ހަފުލާ ބޭއްވީ މި މަހުގެ 10 ގައި ކަމަށެވެ. ކެނެޑާގެ ނިއު ބްރަންޒްވިކްގެ އެސްޓީ ސްޓެފެންގެ އެސްޓީ ކްރޮއިޒް ކޯރުގައި ހަދާފައި އޮތް ފާލަމެއްގެ މަތީގައި އެލެކްސް ލެކީ އާއި ލިންޒީ ކްލޯވްސްގެ ކައިވެނީގެ ހަފުލާ 50 ވަރަކަށް މެހުމާނުންނާ އެކު ބޭއްވި އިރު، އެމެރިކާގައި ތިބި ލިންޒީގެ އާއިލާގެ މީހުން ކައިވެނީގެ ހަފުލާ ބެލީ މެއިންގެ ކެލައިސްގެ އައްސޭރި ފަށުގައި ޑިންގީގެ ތެރޭގައި ތިބެގެންނެވެ.
ޒޫމް ފަދަ ވީޑިއޯ ކޮންފަރެންސް ފްލެޓްފޯމެއް މެދުވެތިކޮށް ހަފުލާގައި ދެ ފަރާތުގެ އާއިލާގެ މީހުންނަށް ބައިވެރިވެވެން އޮތަސް ދެ ގައުމުގެ ބޯޑަރު ކައިރީގައި ހަފުލާ ބޭއްވީ އެމެރިކާގައި ތިބީ ލިންޒީގެ އާއިލާގެ މީހުންނަށް ހަމަލޮލުން ބަލައިލުމުގެ ފުރުސަތު ދިނުމުގެ ގޮތުންނެވެ.
Couple holds wedding at US-Canada border so family can attend https://t.co/TIwhio4tGU via @WRAL
— Adhushan (@Adhushan1) October 21, 2020
ކޮވިޑާ ހެދި، ކެނެޑާ އަށް އެހެން ގައުމުތަކުން ދަތުރުކުރާ މީހުން ދެ ހަފުތާ އަށް ކަރަންޓީނުވާން ޖެހޭތީ، އެއީ އަނެއްކާ ވެސް ކައިވެނީގެ ހަފުލާ ބޭއްވުން ދިގުލައިގެން ދާނެ ކަމަކަށްވާތީ ބޯޑަރު ކައިރީގައި ހަފުލާ ބޭއްވީ އެވެ. އަދި ހަފުލާ އާއިލާ އާއި ރައްޓެހިންނާއި ގާތްތިމާގެ ގިނަ ބަޔަކަށް ދެއްކުމަށްޓަކައި ފޭސްބުކުން ލައިވް ސްޓްރީމް ވެސް ކުރި އެވެ.
ލިންޒީ އާއި އެލެކްސް ކުރިން ނިންމައިގެން ތިބީ އޮގަސްޓް މަހުގެ ތެރޭގައި ކެނެޑާގެ ނޯވާ ސްކޯޓިއާގައި ކައިވެނިކުރާށެވެ. އެކަމަކު ރާވައިގެން ތިބި ގޮތަށް ކައިވެނީގެ ހަފުލާ ބޭއްވެން ނެތުމުން ދެން ލަސްނުކޮށް ކައިވެނިކުރަން ނިންމީ އެވެ.
މިކަމާ ބެހޭ ގޮތުން ލިންޒީ ބުނީ އެމެރިކާގައި ތިބި އާއިލާގެ ބަޔަކަށް ކައިވެނީގެ ހަފުލާގައި ބައިވެރިވާން ކެނެޑާ އަށް ނުދެވުނަސް މިހާރު ޝަކުވާއެއް ނެތް ކަމަށެވެ.
"މިގޮތް ވެސް އެންމެ ރަނގަޅު. ހަމަ ޔަގީނުން ވެސް ކައިވެނީގެ ހަފުލާވެގެން ދިޔައީ އުފާވެރި އަދި ޖަޒުބާތުކޮށްލި ކަމަކަށް،" އޭޕީ އަށް ލިންޒީ ބުންޏެވެ. "އަދި މިކަން ވަރަށް ހާއްސަ ކަމަކަށް ވެގެން ދިޔައީ. އެހެންވީމާ އަހަރެންގެ ނެތް ޝަކުވާއެއް ނެތް."
ކައިވެނީގެ ރަން ޔޫބީލްގެ ފޮޓޯތައް ކުރިއެކޭ އެއްގޮތަށް
ގެއްލުނު އަނގޮޓި 48 އަހަރު ފަހުން ހަދިޔާއަކަށް
ކައިވެނީގެ ހަފުލާގައި މައިންބަފައިންގެ އިސްކޮޅު ފޮޓޯއެއް
އަލަތު ކައިވެންޏަކީ ބަނދެވުމެއް: އެފްލެކް
ބްރިޓްނީ ކައިވެނިކުރާނެ ތަނަކާ ބެހޭގޮތުން ޚިޔާލު ހޯދަނީ
އެންޖެލީނާ އާއި ވީކެންޑް މާފޮޅުވަނީ؟
ޕާޓީއަށް ނުދިއުމުން ބަދަލު ހޯދަން އިންވޮއިސް ފޮނުވައިފި
ކިމް އާއި ކަންޔޭގެ ވަރީގެ އަސްލަކީ ޖެފްރީ ސްޓާ!
މަޝްހޫރު ޓީވީ ސްޓާރު ސައިމަން ކައިވެނިކުރަނީ
ކައިވެނިކުރެވުނީ ބައްދަލުނުވާތާ 20 މަސް ފަހުން