16 ޖެނުއަރީ 2020
މިއަހަރުގެ ބައެއް ދުވަސްތަކުގައި ކައިވެނިކޮށް ނުދޭ ގޮތަށް އޮތް އޮތުން ބަދަލުކޮށް، ހުރިހާ ދުވަހެއްގައި ވެސް ކައިވެނިކޮށް ދޭން ފެމިލީ ކޯޓުން މިއަދު ނިންމައިފި އެވެ.
މިއަހަރުގެ ބައެއް ދުވަސްތަކުގައި ކައިވެނިކޮށް ނުދޭ ގޮތަށް އޮތް އޮތުން ބަދަލުކޮށް، ހުރިހާ ދުވަހެއްގައި ވެސް ކައިވެނިކޮށް ދޭން ފެމިލީ ކޯޓުން މިއަދު ނިންމައިފި އެވެ.
ފެމިލީ ކޯޓުން ކުރިން ނިންމާފައިވާ ގޮތުން މިއަހަރު އެއްވެސް ހޮނިހިރު ދުވަހެއްގައި ކައިވެނިކޮށެއް ނުދޭނެ އެވެ. އަދި ރޯދަ މަހުގެ ފުރަތަމަ ދެ ދުވަހާއި އީދު ދުވަސްތަކާ ގުޅިގެން އަންނަ ބަންދު ދުވަސްތަކާއި މިނިވަން ދުވަހުގެ މުނާސަބަތުގައި އަންނަ ބަންދު ދެ ދުވަހު ވެސް ކައިވެނިކޮށް ނުދޭން އެ ކޯޓުން ކުރިން އޮތީ ނިންމައިފަ އެވެ.
ފެމިލީ ކޯޓުގެ އޮފިޝަލަކު ވިދާޅުވީ އެ ނިންމުން ބަދަލުކޮށް، މި އަހަރުގެ ހުރިހާ ދުވަހެއްހައި ވެސް ކައިވެނިކޮށް ދޭ ގޮތަށް އެ ކޯޓުގެ ފަނޑިޔާރުންގެ މަޖިލީހުން މިހާރު ނިންމާފައިވާ ކަމަށެވެ.
މީގެ ކުރިން ވެސް ބައެއް ދުވަސްތަކުގައި ފެމިލީ ކޯޓުން ކައިވެނިކޮށެއް ނުދެ އެވެ. އެހެންވެ، މިއީ ހުރިހާ ދުވަހެއްގައި ވެސް ކައިވެނިކޮށް ދޭން އެ ކޯޓުން ނިންމި ފުރަތަމަ ފަހަރެވެ.
އަންނަ އަހަރު ރީތި ތާރީހުތަކުގައި ކައިވެންޏެއް ނެތް
ޝޮބިތާ އާއި ނާގަގެ ކައިވެނި ޑިސެމްބަރުގައި
ސިޔާމް/ޒާރާގެ ކައިވެނި؛ ކަމަދޫގައި ބޮޑު ހަފުލާއެއް
ސަން ސިޔާމް އާއި ޒާރާ ކައިވެނި ބައްލަވައިގެންފި
ފެމިލީކޯޓުން ހަ މަސް ނިންމާލީ ބޮޑު ކާމިޔާބީއަކާ އެކު!
ކައިވެނީގެ ރަން ޔޫބީލްގެ ފޮޓޯތައް ކުރިއެކޭ އެއްގޮތަށް
ވަރުން ދަވަން ކައިވެނިކޮށްފި
ކައިވެނި ޕާޓީ ކެންސަލްކޮށް ކާންދިނީ ބަލި މީހުންނަށް
ލޮކްޑައުންގައި ކައިވެނި ޕާޓީ ބޭއްވުމުން ދައުވާކޮށްފި
ކައިވެނީގެ ކުރިން ފުރިހަމަކުރާ ޕްރޮގްރާމަށް ލުޔެއް