Roadha Mihaaru
ޗައިނާގައި ފޭރުނު މީހަކު ފައިސާ އަނބުރާ ދީފި

ފޭރުމަށް ފަހު އެކައުންޓުގައި ބާކީ ފައިސާއެއް ނެތުމުން ފައިސާ އަނބުރާ ދީފި

14 މާޗް 2019

ޗައިނާގައި، ތޫނު އެއްޗަކުން ބިރު ދެއްކުމަށް ފަހު، އަންހެނެއްގެ އަތުން ފޭރުނު ވަގަކު އަންހެން މީހާ އަށް ފައިސާކޮޅު ރައްދުކޮށްފި އެވެ.

އަހުމަދު އަދްޝަން އަހުމަދު އަދްޝަން

ޗައިނާގައި، ތޫނު އެއްޗަކުން ބިރު ދެއްކުމަށް ފަހު، އަންހެނެއްގެ އަތުން ފޭރުނު ވަގަކު އަންހެން މީހާ އަށް ފައިސާކޮޅު ރައްދުކޮށްފި އެވެ.

ފޭރުމަށް ފަހު، ފައިސާ ދިން މަންޒަރު ފެންނަ ވީޑިއޯ ވެސް ވަނީ އާންމުވެފަ އެވެ.

އޭގައި ފެންނަ ގޮތުގައި ހެޔުއާން ސިޓީގެ އިންޑަސްޓްރިއަލް އެންޑް ކޮމާޝަލް ބޭންކް އޮފް ޗައިނާ (އައިސީބީސީ) ގެ އޭޓީއެމަކުން އަންހެނަކު ފައިސާ ނަގައިގެން ނުކުންނަނިކޮށް، އޭޓީއެމް ތެރެއަށް ވަންނަ ފިރިހެނަކު ވަޅިއަކުން ބިރު ދެއްކުމަށް ފަހު، ފޭރި ގަނެ އެވެ. ލީ ކިޔާ އަންހެން މީހާ އޭޓީއެމުން ނެގީ 2،500 ޔުއާން އެވެ.

ވީޑިއޯ އިން ފެންނަ ގޮތުގައި ވަގުކަލޭގެ ދެން އަންހެން މީހާގެ ކާޑު އަލުން ލައްވައިގެން އެކައުންޓުން ފައިސާ ނަގުވަން މަސައްކަތް ކުރެ އެވެ. ނަމަވެސް ކާޑު އަލުން ޖަހައިގެން ބެލި އިރު، ލީގެ އެކައުންޓްގައި އިތުރު ފައިސާއެއް ނެތެވެ. އެ ކައުންޓްގައި ހުރި ނަމަ ހުރިހާ ފައިސާ އަކީ އޭރު ނަގާފައި އޮތް 2،500 ޔުއާން އެވެ.

އެހެންވެ، ފޭރުނު މީހާ ވަނީ ހިނިތުންވެލާފައި އަންހެން މީހާ އަށް ފައިސާ ރައްދުކޮށްފައި ދިޔައީ އެވެ. އެ ހިސާބުން އަންހެން މީހާ ހުރީ ބަސް ހުއްޓިފަ އެވެ.

އެކަމަކު އެ ހިސާބަކުން ވަގު ސަލާތަމެއް ވެސް ނުވި އެވެ. ސީސީޓީވީ ފޫޓޭޖްގެ އެހީގައި އެއީ ކާކުކަން ދެނެގަނެވޭތީ ފުލުުހުން ވަނީ އޭނާ ހައްޔަރުކޮށްފައި ކަމަށް ޗައިނާގެ މީޑިއާތަކުން ބުންޏެވެ.